02 މެއި 2018
މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 4.99 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމުނުއިރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 4.99 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.
މީރާއިން އާންމުކުރި މިއަހަރުގެ ފުރަތަމަ ތިން މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ދައުލަތަށް ލިބުނު 4.99 ބިލިއަން ރުފިޔާއަކީ މިއަހަރުގެ އެ މުއްދަތުގައި ލިބުނު އަދަދަށް ވުރެ 18 ޕަސެންޓް އިތުރު އަދި މިއަހަރުގެ އެ މުއްދަތުގައި ލިބޭނެ ކަމަށް ލަފާކުރި މިންވަރަށް ވުރެ 9.5 ޕަސެންޓް އިތުރު އަދަދެކެވެ. އޭގެ ތެރެއިން ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 199 މިލިއަން ޑޮލަރެވެ.
އާމްދަނީ އިތުރުވި ސަބަބެއް ކަމަށް ތަފާސް ހިސާބުގައިވަނީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ވިތު ހޯލްޑިންގް ޓެކްސް އާއި ލޭންޑް ރެންޓް އިތުރުވުމެވެ.
ފުރަތަމަ ތިން މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ކަމަށްވާ ޖީއެސްޓީންނެވެ. ޖީއެސްޓީގެ ގޮތުގައި އެކަނި ވެސް 2.4 ބިލިއަން ރުފިޔާ ލިބުނުއިރު ދެވަނަ އަށް އެންމެ ގިނައީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް، ބީޕީޓީ އެވެ. ބީޕީޓީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބުނެވެ.
ޖުމްލަ އާމްދަނީގެ ތެރެއިން 658 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބުނީ މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެކި ފިޔަވަޅުތައް އަޅައިގެންނެވެ. އޭގެ ތެރޭގައި އެކައުންޓް ފްރީޒް ކޮށްގެންނާއި ކޯޓު މެދުވެރިކޮށް ފައިސާ ހޯދުން ވެސް ހިމެނެ އެވެ.
މީރާއިން ލަފާ ކުރާ ގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓާގައި އެ އޮތޯރިޓީ މެދުވެރިކޮށް 3.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ އެވެ. އެއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާ އަށް ވުރެ ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ.
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް
ލަފާކުރި ވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ އިތުރު
މާޗް މަހުގެ އާމްދަނީ 26 ޕަސެންޓް ދަށްވެއްޖެ
މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން ރުފިިޔާ ލިބުނު
މިދިޔަ މަހު ދައުލަތަށް 1.4 ބިލިއަން ރުފިޔާ ލިބިއްޖެ
ޓެކްސް ނުދެއްކުމުން އެކައުންޓް ފްރީޒްކުރާ ގޮތަށް ބަދަލު
މިދިޔަ މަހު މީރާއަށް ވަން އާމްދަނީ 93 ޕަސެންޓް ގިނަ