12 އޯގަސްޓް 2018
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް 2.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް 2.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.
މީރާއިން އާންމުކުރި ތަފާސް ހިސާބު ދައްކާ ގޮތުން މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އަދަދާ އަޅާބަލާއިރު، ދެ ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ ވެސް އެއް ޕަސެންޓް އިތުރު އަދަދެކެވެ. މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރެއިން 730 މިލިއަން ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުންނެވެ. އެއީ 47.7 މިލިއަން ޑޮލަރެވެ.
އާންމުކޮށް، މީރާ މެދުވެރިކޮށް ދައުލަތަށް ލިބޭ އާމްދަނީގެ އެންމެ ބޮޑު ޕަސެންޓަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ކަމަށް ވިޔަސް، މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ޕަސެންޓަކީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ކަމަށްވާ ބީޕީޓީ އެވެ. މިދިޔަ މަހު އާމްދަނީގެ 43 ޕަސެންޓަކީ ބީޕީޓީގެ ގޮތުގައި ލިބުނު ފައިސާ އެވެ. އެއީ 934 މިލިއަން ރުފިޔާ އެވެ.
ދެވަނަ އަށް އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރަނީ ޖީއެސްޓީންނެވެ. އެއީ 24 ޕަސެންޓެވެ. ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އާމްދަނީގެ 16 ޕަސެންޓްގައި އޮތްއިރު، ބާކީ ހުރީ ޓޫރިޒަމް ލޭންޑް ރެންޓާއި ގްރީން ޓެކްސްގެ އިތުރުން އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ.
އާމްދަނީ އިތުރުވި ސަބަބެއްގެ ގޮތުގައި މީރާއިން ބުނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ނުވަތަ ބީޕީޓީ ދެއްކުމުގެ މުއްދަތު މިދިޔަ މަހު ހަމަވުމުން ބީޕީޓީގެ ގޮތުގައި ލިބުނު މިންވަރު އިތުރުވުމެވެ.
މިދިޔަ މަހު 2.1 ބިލިއަން ރުފިޔާ މީރާއަށް!
މިދިޔަ މަހު މީރާއަށް 1.2 ބިލިއަން ރުފިޔާ ލިބިއްޖެ
މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން ރުފިިޔާ ލިބުނު
މިދިޔަ މަހު މީރާ މެދުވެރިކޮށް އެއް ބިލިއަން ލިބިއްޖެ
މިދިޔަ މަހު މީރާ މެދުވެރިކޮށް 1.3 ބިލިއަން ލިބުނު
މިދިޔަ މަހު ދައުލަތަށް އެއް ބިލިއަން ރުފިޔާ ލިބުނު
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް