11 ޖޫން 2017
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) މެދުވެރިކޮށް ދައުލަތަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެފި އެވެ.
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ(މީރާ) މެދުވެރިކޮށް ދައުލަތަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެފި އެވެ.
މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 1.2 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މެއި މަހު މީރާއަށް ލިބުނު އަދަދަށް ވުރެ 5.9 ޕަސެންޓް އިތުރު އަދަދެކެވެ. އާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ބުނަނީ ޖީއެސްޓީ އާއި ވިތުހޯލްޑިން ޓެކްސާއި އެއާޕޯޓް ސާވިސް ޗާޖް އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު މިންވަރު އިތުރުވުމެވެ.
މިދިޔަ މަހު ލިބުނު ފައިސާގެ ތެރެއިން އެންމެ ބޮޑު ޕަސެންޓަކީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ އެވެ. ޖީއެސްޓީގެ ގޮތުގައި 598 މިލިއަން ރުފިޔާ ލިބުނުއިރު ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ލިބުނީ ބޭންކް ޕްރޮފިޓް ޓެކްސް އިންނެވެ.
ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 371 މިލިއަން ރުފިޔާ ލިބުނުއިރު ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ނުވަތަ ބީޕީޓީގެ ގޮތުގައި 72 މިލިއަން ރުފިޔާ އާއި ގްރީން ޓެކްސްގެ ގޮތުގައި 63 މިލިއަން ރުފިޔާ އަދި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި 49 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުންޏެވެ.
މީރާއިން ބުނި ގޮތުގައި މިދިޔަ މަހު ލިބުނު ފައިސާގެ ތެރެއިން 539 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ އެމެރިކާ ޑޮލަރުން ލިބުނު ފައިސާ އެވެ. އެއީ 35 މިލިއަނަށް ވުރެ ގިނަ ޑޮލަރެވެ.
މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން
މިދިޔަ މަހު 2.1 ބިލިއަން ރުފިޔާ މީރާއަށް!
މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން ރުފިިޔާ ލިބުނު
މިދިޔަ މަހު މީރާ މެދުވެރިކޮށް އެއް ބިލިއަން ލިބިއްޖެ
މިދިޔަ މަހު މީރާ މެދުވެރިކޮށް 1.3 ބިލިއަން ލިބުނު
މިދިޔަ މަހު ދައުލަތަށް އެއް ބިލިއަން ރުފިޔާ ލިބުނު
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް