14 އޯގަސްޓް 2017
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
މީރާއިން އާންމު ކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެކިއެކި ޓެކްސް އާއި ކުއްޔާއި ދައުލަތަށް ލިބެން ޖެހޭ އެހެނިހެން ވެސް ފީގެ ގޮތުގައި ލިބުނު 2.1 ބިލިއަން ރުފިޔާއަކީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 4.7 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީ އަށް ވުރެ 54 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް މީރާގެ އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު 2.1 ބިލިއަން ރުފިޔާގެ ތެރޭގައި 53.4 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ. މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އިންނެވެ. ޖުމްލަ އާމްދަނީގެ 42 ޕަސެންޓަކީ ބީޕީޓީގެ ގޮތުގައި ލިބުނު ފައިސާ އެވެ. ދެވަނަ އަށް އެންމެ ގިނައިން ފައިސާ ލިބުނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް(ޖީއެސްޓީ)ގެ ގޮތުގަ އެވެ.
މީރާއަށް ޖަމާކުރި އާމްދަނީގެ 30 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު ފައިސާ ކަމަށްވާއިރު ތިން ވަނަ އަށް އެންމެ ގިނައީ ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އެވެ. އެއީ ޖުމްލަ އާމްދަނީގެ 8.3 ޕަސެންޓެވެ.
އެ ހިސާބުތައް ދައްކާ ގޮތުން ޑޮލަރުން ލިބުނު ފައިސާގެ ތެރެއިން އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރީ ޖީއެސްޓީންނެވެ.
މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން
މިދިޔަ މަހު މީރާއަށް 1.2 ބިލިއަން ރުފިޔާ ލިބިއްޖެ
މިދިޔަ މަހު ދައުލަތަށް 2.1 ބިލިއަން ރުފިިޔާ ލިބުނު
މިދިޔަ މަހު މީރާ މެދުވެރިކޮށް އެއް ބިލިއަން ލިބިއްޖެ
މިދިޔަ މަހު މީރާ މެދުވެރިކޮށް 1.3 ބިލިއަން ލިބުނު
މިދިޔަ މަހު ދައުލަތަށް އެއް ބިލިއަން ރުފިޔާ ލިބުނު
ނުލިބި ހުރި ފައިސާއިން 639 މިލިއަން ރުފިޔާ ހޯދައިފި
ހަތް މަހުން ޓެކްސްއަށް 15 ބިލިއަން ރުފިޔާ
ކުލި/ޓެކްސް ނުދައްކާ މީހުން "ފިލިޔަ" ދީގެން ނުވާނެ!
މީރާއަށް ބަލައިގަތް އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށް