Roadha Mihaaru
މިދިޔަ މަހު މީރާ މެދުވެރިކޮށް އެއް ބިލިއަން ލިބިއްޖެ

ލަފާކުރި ވަރަށް ވުރެ އާމްދަނީ އިތުރުވެ، ދައުލަތަށް އެއް ބިލިއަން ރުފިޔާ ލިބިއްޖެ

12 ސެޕްޓެމްބަރ 2018

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް އެއް ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މީރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ލިބުނު އެއް ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން އެމެރިކާ ޑޮލަރުން 38.5 މިލިއަން (593 މިލިއަން ރުފިޔާ) ލިބުނެވެ. އެކަމަކު މިއީ މިދިޔަ މަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 16 ޕަސެންޓް އިތުރު އަދަދެކެވެ.

އާމްދަނީ އިތުރުވި ސަބަބެއްގެ ގޮތުގައި، އެ ހިސާބުތަކުން ދައްކަނީ ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 10 ޕަސެންޓް މައްޗަށް ދިއުމާއި ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރި ތަންތަނުގެ ލީޒް މުއްދަތު އިތުރުކުރުމުގެ ފީ މިދިޔަ މަހު ލިބުމެވެ.

އެހެން މަސްތަކެކޭ އެއްގޮތަށް މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. ޖީއެސްޓީގެ ގޮތުގައި އެކަނި ވެސް 529 މިލިއަން ރުފިޔާ ލިބުނުއިރު، އެއީ ޖުމުލަ އާމްދަނީގެ 52 ޕަސެންޓެވެ.

އާމްދަނީގެ ދެވަނަ އަށް އެންމެ ބޮޑު ޕަސެންޓެއް ހިއްސާ ކުރާ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) ގެ ގޮތުގައި 121 މިލިއަން ރުފިޔާ ލިބުނެވެ. އަދި ތިން ވަނާގައި އޮތް ލީސް މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި 76 މިލިއަން ރުފިޔާ ލިބުނެވެ.

ލަފާކުރި ވަރަށް ވުރެ މިދިޔަ މަހު އާމްދަނީ އިތުރު ވިޔަސް، މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު މަދު އަދެދެކެވެ. ސަބަބެއްގެ ގޮތުގައި އެ ހިސާބުތަކުގައިވަނީ މިދިޔަ އަހަރު އަލަށް ކުއްޔަށް ދޫކުރި ރަށްތަކުގެ ފީތައް މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުމެވެ.