03 ޖޫން 2018
ސީ ޕްލޭނާ އެކު، އާ ޑޮމެސްޓިކް އެއާލައިނެއްގެ ޚިދުމަތް އަންނަ އޮކްޓޯބަރު މަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ސީ ޕްލޭނާ އެކު، އާ ޑޮމެސްޓިކް އެއާލައިނެއްގެ ޚިދުމަތް އަންނަ އޮކްޓޯބަރު މަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
"މަންތާ އެއާ" ގެ ނަމުގައި އާ އެއާލައިނެއް އުފައްދަނީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި އެންމެ ވަރުގަދަ އެއް ކުންފުނި، ޔުނިވާސަލް އެންޓަޕްރައިސަސްގެ ބައެއް ހިއްސާދާރުންނާއި ދާލު އެއާޕޯޓު އަދި ކަނޑިންމަ ރިސޯޓު ވެސް ހިންގާ ރިއޮލޯ އިންވެސްޓްމެންޓު ގުޅިގެންނެވެ. ރިއޮލޯ އަކީ ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު ޑރ. އިބްރާހިމް މަނިކުގެ ދަރިކަލުން ސަންޖޭ މަނިކުގެ ހިއްސާވާ ކުންފުންޏެކެވެ.
މަންތާ އޭވިއޭޝަންގެ ނަމުގައި ހެދި ކުންފުނިން ނިންމާފައި ވަނީ ފުރަތަމަ ފަށައިގަންނައިރު ހަތަރު ސީ ޕްލޭން އަދި އޭޓީއާރު މަރުކާގެ 72 މީހުންގެ ޖާގައިގެ ތިން ބޯޓު ބޭނުން ކުރާ ގޮތަށެވެ.
"އަޅުގަނޑުމެންގެ ބޯޓުތައް އަންނަ ސެޕްޓެމްބަރު މަހު ރާއްޖެ އަންނާނެ. އަދި އަންނަ ޓޫރިސްޓު ސީޒަނާ ދިމާކޮށް އޮކްޓޯބަރު މަހު ދަތުރުތައް ފަށަން މި މަސައްކަތް ކުރަނީ،" ރިއޮލޯގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަންތާ އެއާލައިން އުފެއްދުމަށް ބޭނުންވާ ނޯ އޮބްޖެކްޝަން ލެޓާ ސިވިލް އޭވިއޭޝަން އޮތިރިޓީން މިދިޔަ ހަފުތާގައި ވަނީ ދީފަ އެވެ. އަދި އެއާލައިން ހިންގުމަށް އެންމެ އިސް މަގާމުތަކަށް ބޭނުންވާ މީހުން ހޮވައި، ރަސްމީކޮށް އެއާލައިންގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މަންތާ އެއާގެ ދަތުރުތައް ފަށައިގަންނައިރު، ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދ. ކުޑަހުވަދުއަށާއި ރ. އިފުރު، ބ. ދަރަވަންދޫ އަދި ތ. ތިމަރަފުއްޓަށެވެ.
ރާއްޖޭގައި މިވަގުތު އެތެރޭގެ އުދުހުމުގެ ޚިދުމަތް ދެނީ ސަރުކާރުގެ ވައިގެ ކުންފުނި، އައިލެންޑް އޭވިއޭޝަނާއި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ އެއާ އެވެ. އަދި، ސީ ޕްލޭންގެ ޚިދުމަތް އައިލެންޑް އޭވިއޭޝަންގެ އިތުރުން ޓީއެމްއޭ އިން ވެސް ދެމުން ގެންދެ އެވެ.
މަންތާ އެއާގެ ފުރަތަމަ މަތިންދާބޯޓު ރާއްޖެ ގެނެސްފި
މަންތާ އެއާގެ ދަތުރުތައް ފަށައިފި
މަންތާ އެއާއިން 300 އެއްހާ މީހުންނަށް ވަޒީފާ ދެނީ
މަންޓާގެ ސީޕްލޭނެއް ހުޅުލޭ ފަޅަށް ވެއްޓިއްޖެ
މަންޓާގެ ޓޫރިސްޓު ދަތުރުތައް އަލުން ފަށައިފި
މަންޓާ އެއާގެ ސީޕްލޭން ޓާމިނަލް ހުޅުވައިފި
މަންޓާ އެއާއިން ހެޔޮ އަގެއްގައި ދަރަވަންދު އަށް ދެވޭނެ
މަންޓާ އެއާގެ ދަތުރުތައް ދަރަވަންދު އަށް
މަންތާ އެއާގެ ދެވަނަ ބޯޓު ރާއްޖެ ގެނެސްފި
ޗައިނާގެ ބަޔަކާގުޅިގެން ބައިނަލްއަގްވާމީ އާ އެއާލައިނެއް