Roadha Mihaaru
މަންޓާގެ ޓޫރިސްޓު ދަތުރުތައް އަލުން ފަށައިފި

މަންޓާ އެއާލައިންގެ ޓޫރިސްޓު ދަތުރުތައް އަލުން ފަށައިފި

15 ޖުލައި 2020

މަންޓާ އެއާލައިނުން ބ. އާއި ދ. އަތޮޅަށް ކުރަމުން އައި ޓޫރިސްޓު ދަރުތައް އަލުން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މަންޓާ އެއާލައިނުން ބ. އާއި ދ. އަތޮޅަށް ކުރަމުން އައި ޓޫރިސްޓު ދަރުތައް އަލުން ފަށައިފި އެވެ.

މަންޓާ އިން ޓޫރިސްޓުންނަށް ހާއްސަ ދަތުރުތައް ކުރަމުން އަންނަނީ އެ އެއާލައިންގެ ކަނޑަށް ޖައްސާ ބޯޓުތަކުގަ އެވެ. އެގޮތުން މިއަދު ބ. އާއި ދ. އަތޮޅަށް އެ އެއާލައިންގެ ދަތުރުތައް ވަނީ ކޮށްފަ އެވެ.

މަންޓާ އެއާލައިންގެ ސީއީއޯ މުހައްމަދު ހަލީލް މިއަދު ވިދާޅުވީ، ކޮވިޑް-19 އަށް ފަހު ފުރަތަމަ ފަހަރަށް ދަތުރުތައް ފެށުމަކީ ލިބޭ އުފަލެއް ކަމަށެވެ. ކުރިން ވެސް ދެމުން އައިި ފެންވަރުގެ ހިދުމަތް އެ އެއާލައިނުން ޓޫރިސްޓުންނަށް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލުން ދަތުރުތައް ފެށުމުގެ ގޮތުން މަންޓާ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. އެގޮތުން، އަލުން ދަތުރުތައް ފެށުމުގެ ގައިޑްލައިނާ އެއްގޮތަށް ސޯޝަލް ޑިސްޓެންސިން ބެހެއްޓުމާއި މާސްކު އެޅުން ޓުރިސްޓުންނާއި ކްރޫންނަށް މަޖުބޫރުވާނެ އެވެ. ކޮންމެ ދަތުރަކަށް ފަހު ބޯޓުތައް ޑިސްއިންފެކްޓު ވެސް ކުރާނެ އެވެ.

މަންޓާ އިން ވަނީ މި ދުވަސްވަރު ޗާޓަރުކޮށްގެން ސީޕްލޭނާއި ޑޮމެސްޓިކް ފްލައިޓުގެ ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކޮށް، މާލެ ސަރަހައްދުގައި ލޮކްޑައުން އިއުލާން ކުރުމާ ގުޅިގެން، މިދިޔަ މާޗު މަހުގެ ތެރޭގައި މަންޓާ އިން ވަނީ އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް ހުއްޓާލައިފަ އެވެ. ނަމަވެސް ކޮންމެހެން ދަތުރު ކުރަންޖެހޭ މީހުންނަށް ޚިދުމަޔް ދިނުމުގެ ގޮތުން އެކި މަންޒިލްތަކަށް އެ އެއާލައިންގެ ސީ ޕްލޭންގެ ހިދުމަތް އައިީ ދެމުންނެެވެ. އެހެންވެ، މިހާރު ވެސް ދިވެހިންނަށް އެ ހިދުމަތް ލިބޭނެ ކަމަށް މަންޓާއިން ބުންޏެވެ.