28 ޑިސެމްބަރ 2023
ރާއްޖެއަށް އެންމެ ގިނައިން ޕްރައިވެޓް ޖެޓްތައް އަންނަ މި ދުވަސްވަރާ ދިމާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓްތައް ޕާކުކުރާނެ ޖާގަ ރެކޯޑް އަދަދަކަށް އިތުރުކޮށްފި އެވެ.
ރާއްޖެއަށް އެންމެ ގިނައިން ޕްރައިވެޓް ޖެޓްތައް އަންނަ މި ދުވަސްވަރާ ދިމާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެޓްތައް ޕާކުކުރާނެ ޖާގަ ރެކޯޑް އަދަދަކަށް އިތުރުކޮށްފި އެވެ.
ވެލާނާ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް އަންނާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން އެއާޕޯޓުގައި 68 ޖެޓް ޕާކް ކުރެވޭނެ ޖާގަ ހަދާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ ވެލާނާ އެއާޕޯޓުގައި މަތިންދާބޯޓުތައް ޕާކް ކުރެވޭނެ ޖާގަ ހެދުމުގެ މަސައްކަތުގެ ތެރެއިން ޕްރައިވެޓް ޖެޓްތައް ޕާކުކުރާނެ ޖާގަ ވެސް އިތުރު ކުރެވިފައިވާ ކަމަށެވެ. މި ބަދަލު ގެނައުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ޖެޓުތައް ޕާކުކުރަން ހުރީ 39 ޖާގަ އެވެ.
"އެކަމަކު އާ ފިއުލް ފާމް އާއި އެއާޕޯޓުގެ ހުޅަނގު ދެކުނުގައި އިތުރުކުރެވުނު ޖާގަތަކާ އެކު، މިހާރު އެއްފަހަރާ 68 ޕްރައިވެޓް ޖެޓަށް ޕާކުކުރެވޭނެ ޖާގަ ހުންނާނެ،" އެމްއޭސީއެލް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
ޕްރައިވެޓު ޖެޓުތައް ވެލާނާ އެއާޕޯޓުގައި. --ފޮޓޯ: އެމްއޭސީއެލް
މި ބަދަލު ގެނައީ އެ ކުންފުނިން ބުނިގޮތުގައި އެއާޕޯޓުގެ ހުޅަނގު ދެކުނުން 27،257 އަކަމީޓަރުގެ ޖާގަ އާއި އާ ފިއުލް ފާމުގެ ކުރިމަތިން އެއާޕޯޓުގެ އުތުރުން 27،590 އަކަމީޓަރުގެ ސަރަހައްދެއްގައި ޕާކިން ޖާގަ ތަރައްގީ ކޮށްގެންނެވެ.
މިއީ ފިނި މޫސުމުގައި ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރާ އެކު ވައިގެ ދަތުރުތައް އިތުރުވާތީ އެއާޕޯޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށް ވެސް އެމްއޭސީއެލް އިން ބުންޏެވެ.
ކްރިސްމަސް އާއި އާ އަހަރު ދިމާކޮށް ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް އަބަދުވެސް ބާރު ބޮޑުވެ އެވެ. މަޝްހޫރު ކުޅިވަރު ކުޅުންތެރިންނާއި ފިލްމީ ތަރިންގެ އިތުރުން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތައް ޗުއްޓީ ހޭދަކޮށްލަން ކޮންމެ އަހަރެއްގެ މި ދުވަސްވަރު ރާއްޖެއަށް ޒިޔާރަތް ކުރެ އެވެ.
ބޭރުގެ މަހުޖަނުން ދަތުރުކުރާ ގިނަ އަދަދެއްގެ ޖެޓްތައް މިހާރު ވެސް ރާއްޖެއަށް ވަނީ އައިސްފަ އެވެ.
މަހުޖަނުން އަމިއްލަ ޖެޓުތަކުގައި ރާއްޖެ އަށް
ވީއައިއޭގެ އިރުމަތީ އޭޕްރަން ޖެޓްތަކަށް ހުޅުވާލައިފި
10 ދުވަހުގެ ތެރޭގައި 130 ޖެޓް އަންނާނެ
އާ އަހަރަށް ރެކޯޑް އަދަދަކަށް މުއްސަނދިން ރާއްޖެ އަށް
އާ ބެގޭޖް ހޭންޑްލިން ސިސްޓަމެއް ތައާރަފްކުރަނީ
ޓޫރިޒަމަށް، އޭވިއޭޝަން ހިދުމަތްތައް ވަރުގަދަކުރަންޖެހޭ
ވީއައިއޭގެ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް
މި ޓާމިނަލް ނުނިންމައި އެހެން ކަމެއް ކުރާނެކަމެއް ނެތް
ޖެޓް ތައް ގިނަވުމުން ފްލައިޓް މޫވްމަންޓްގެ އާ ރެކޯޑެއް
2،600 ޖެޓް ޖައްސައިފި، ބޮޑު ކުރިއެރުމެއް