އއ. އުކުޅަހަށް މާލެއިން ޝެޑިއުލްކޮށް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވާން ފަށައިފި އެވެ.
03 ޖޫން 2025
އއ. އުކުޅަހަށް މާލެއިން ޝެޑިއުލްކޮށް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވާން ފަށައިފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް "މިހާރު" އަށް މިއަދު ވިދާޅުވީ ސީދާ ދަތުރުތައް ފެށުމުގައި އިސް ނެގީ، އުކުޅަހުގައި މި ވަގުތު 250 އެނދުގެ ސިޓީ ހޮޓަލެއް އަޅަމުން އަންނަ ކާނި ހޮޓަލުން ކަމަށެވެ.
އެ ކުންފުނީގެ ހަ ވަނަ ގެސްޓު އަންނަ ސެޕްޓެމްބަރު މަހު ހުޅުވާނެ އެވެ.
ޝައުކަތު ވިދާޅުވީ އެ ރަށަށް ކުރާ ސީޕްލޭންގެ އެކްސްކްލޫސިވިޓީ ދީފައިވަނީ މަންޓާ އެއާލައިނަށް އެކަނި ކަމަށެވެ. އޭގެ ދަތުރުތައް ފެށުމަށް މަންޓާގެ ޓީމެއް އިއްޔެ ވަނީ އުކުޅަހަށް ގޮސް ސާވޭކޮށްފަ އެވެ.
"ސިޓީ ހޮޓަލް ހުޅުވަން ވާއިރަށް ސީޕްލޭން ދަތުރުތައް ވެސް ފަށާނެ ކަމަށް ބެލެވެނީ." ޝައުކަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެއާ ކައިރީގައި އުކުޅަސް އޮތް ނަމަވެސް އެރަށަށް ސީޕްލޭން ދަތުރުތައް ފެށުމަކީ އާއްމުން އެދެމުން ދިޔަ ކަމެއް ކަމަށެވެ. އޭގެ އެއް ސަބަބަކީ މާލެ އާއި އުކުޅަސް ގުޅުވައިދޭ އަލިހުރަސްކަނޑު އާއްމު ގޮތެއްގައި ގަދަވާތީ، ދަތުރު ކުރުމުގައި ދަތިތައް ދިމާވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މަންތާއިން އުކުޅަހަށް ފަށާ ސީޕްލޭންގައި ޓޫރިސްޓުން އަދި ދިވެހިންނަށް ވެސް ދަތުރު ކުރެވޭނެ އެވެ. އެ އެއާލައިނުން ދިވެހިންނަށް ހާއްސަ ދެ ފެއާއެއް ތައާރަފް ކުރާނެ އެވެ.
އުކުޅަހުގައި މި ވަގުތު ޖުމްލަ 800 އެނދުގެ 35 ގެސްޓްހައުސްއެއް ހިންގަ އެވެ. އަލަށް ހަދަމުން އަންނަ ތަންތަނާއެކު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެނދުގެ އަދަދު 1،200 އަށް އަރާނެ ކަމަށް ޝައުކަތު ވިދާޅުވި އެވެ.
ރާ ވިއްކާ ކަމަށް ތުހުމަތުވާ ސަފާރީ ނެރެން އަމުރުކޮށްފި
އުކުޅަސް މާ ކުރީގައި، ތިން ދުވަހުން ތިން މިލިއަން!
އިސްކޮށް އުޅެން ޖެހޭނީ ދިވެހިން: ނައިބު ރައީސް
މަންޓާގެ ސީޕްލޭނެއް ހުޅުލޭ ފަޅަށް ވެއްޓިއްޖެ
މަންޓާގެ ޓޫރިސްޓު ދަތުރުތައް އަލުން ފަށައިފި
ހުރިހާ ޓޫރިސްޓުން ޓެސްޓުކުރުން ރަނގަޅެއް ނޫން: ޚަލީލް
މަންޓާ އެއާގެ ސީޕްލޭން ޓާމިނަލް ހުޅުވައިފި
އުކުޅަހު ކޮންވެންޝަން ސެންޓަރު ބޭކާރެއް ނުވާނެ
މަންޓާ އެއާއިން ހެޔޮ އަގެއްގައި ދަރަވަންދު އަށް ދެވޭނެ
މަންޓާ އެއާގެ ދަތުރުތައް ދަރަވަންދު އަށް