14 ފެބުރުއަރީ 2021
މިއަދު ހެނދުނު ހުޅުލޭ ފަޅަށް ޖައްސަން އުޅެނިކޮށް މަންޓާ އެއާގެ ސީޕްލޭނެއް ނުވަ މީހުންނާ އެކު ވެއްޓިއްޖެ އެވެ.
މިއަދު ހެނދުނު ހުޅުލޭ ފަޅަށް ޖައްސަން އުޅެނިކޮށް މަންޓާ އެއާގެ ސީޕްލޭނެއް ނުވަ މީހުންނާ އެކު ވެއްޓިއްޖެ އެވެ.
މަންތާ އިން ބުނީ އޭގައި ތިބި ހަ ފަސިންޖަރުންނާއި ތިން ކްރޫން ބައެއް ޒަހަމްތަކާ އެކު ސަލާމަތްވެފައިވާ ކަމަށެވެ.
ހެނދުނު 7:30 ގައި ވެއްޓުނީ ކޮމޯ މާލިފުށިން ޓޫރިސްޓުން ގޮވައިގެން އައި ބޯޓެކެވެ.
ފޮޓޯ އިން ފެންނަ ގޮތުގައި ސީޕްލޭން ވެއްޓި، އެ އޮތީ ފުށުން ޖެހިފަ އެވެ. އެހެންވެ ފެނުން މައްޗަށް ފެންނަން އޮތީ އޭގެ ދެ ކަނދު އެކަންޏެވެ.
މަންޓާ އެއާ އިން ނެރުނު ބަޔާނެއްގައި ބުނީ ބޯޓު ވެއްޓުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސީޕްލޭން ރަންވޭގައި ޖައްސަން އުޅެނިކޮށް ކަމަށެވެ. ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން އަދި އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
މަންޓާގެ ސީޕްލޭން ވެއްޓިފައި
އެއާލައިނުން ބުނީ ފަސިންޖަރުންނާއި ކްރޫންގެ އާއިލާތަކަށް މި ހާދިސާގެ މައުލޫމާތު އަންގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ.
"މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ފަސިންޖަރުންނާއި ކްރޫންގެ އާއިލާތަކަށް މި ވަގުތަށް ބޭނުންވާ އެހީތެރިކަން ދިނުމަށެވެ." މަންޓާގެ ބަޔާނުގައިވެ އެވެ.
ހާދިސާއާ ބެހޭ މައުލޫމާތު ސާފުވަމުން ދިޔަ ވަރަކަށް ހާމަކުރަމުން ގެންދާނެ ކަމަށް ވެސް މަންޓާ އިން ބުންޏެވެ.
މަންޓާ އަކީ ރާއްޖޭގައި އެންމެ ފަހުން އޮޕަރޭޓްކުރަން ފެށި ޑޮމެސްޓިކް އެއާލައިނެވެ. އެއާލައިންގެ ދަތުރުތައް 2019 ވަނަ އަހަރު ފެށުމަށް ފަހު ފްލީޓް އަންނަނީ ބޮޑުކުރަމުންނެވެ. ޓޫރިސްޓުންނަށް ހާއްސަކޮށް ރިސޯޓްތަކަށް އޮޕަރޭޓްކުރާ ހަތް ސީޕްލޭނާއި ޑޮމެސްޓިކް އެއާޕޯޓްތަކަށް ދަތުރުކުރާ އޭޓީއާރް ތިން މަތިންދާބޯޓް މަންތާގެ ފްލީޓްގައި ހިމެނެ އެވެ.
މަންޓާ އެއާގެ ސީޕްލޭން ޓާމިނަލް ހުޅުވައިފި
އާ ޑޮމެސްޓިކް އެއާލައިނެއްގެ ޚިދުމަތް ފަށަނީ
ޓީއެމްއޭގެ ބޯޓު ވެއްޓުނީ ބެލެންސް ނުވެގެން
ވީއައިއޭގެ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް
އިސްކޮށް އުޅެން ޖެހޭނީ ދިވެހިން: ނައިބު ރައީސް
އިންޑިއާގެ ވައިގެ ސިފައިން އަބަދު އެކްސިޑެންޓެއްގައި!
ސީޕްލޭންތައް ދެން ހުޅުމާލެ މަތިން ނުދާނެ
މަންޓާގެ ޓޫރިސްޓު ދަތުރުތައް އަލުން ފަށައިފި
މަންޓާގެ ސީޕްލޭން ދަތުރުތައް ދިވެހިންނަށް ވެސް ހާއްސަ
ޓީއެމްއޭ އުދުއްސަން އެމްއޭސީއެލްގެ ބޮޑެތި ގޯސްތައް!