މިދިޔަ މަހުގެ 12 ވަނަ ދުވަހު 242 މީހުންނާ އެކު އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން، ދެ އިންޖީނުން ވެސް ތެޔޮ ކަނޑާލަން ސްވިޗް އޯފް ކޮށްލި ކަމަށް ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހު 242 މީހުންނާ އެކު އެއާ އިންޑިއާގެ މަތިންދާބޯޓު ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން، ދެ އިންޖީނުން ވެސް ތެޔޮ ކަނޑާލަން ސްވިޗް އޯފް ކޮށްލި ކަމަށް ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓުގައި ބުނެފި އެވެ.
އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ އިން މިއަދު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، އަހްމަދުއާބާދުގެ އެއާޕޯޓުން ލަންޑަނަށް ދާން ފުރިތާ ހިނދުކޮޅެއްގެ ތެރޭ ފިއުލް ސްވިޗް "ރަން" އިން "ކަޓްއޯފް" ޕޮޒިޝަނަށް ބަދަލުކޮށްފައިވެ އެވެ. މިއީ މަަތިންދާބޯޓު ވެއްޓުނު ސަބަބު ކަމަކަށް ރިޕޯޓްގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް ފިއުލް ސްވިޗް އޯފް ކޮށްލުމުން އެއް ޕައިލެޓަކު އަނެއް ޕައިލެޓު ގާތު، ތެޔޮ ކަނޑާލީ ކީއްވެތޯ ސުވާލުކުރި ކަމަށާއި އެކަމަކު އޭނާ އެހެން ނުހަދާ ކަމަށް ބުނެ އަނެއް ޕައިލެޓް ޖަވާބު ދިންކަން ވެސް ރިޕޯޓުން ހާމަވެ އެވެ.
ބޯއިން 787-8 ޑްރީމްލައިނާގައި ތިބި 242 މީހުންނާއި ބޯޓު ވެއްޓުނު ތަނުގައި ބިންމަތީ ތިބި 19 މީހަކު މަރުވި ހާދިސާއާ ބެހޭ، 15 ސަފުހާގެ ރިޕޯޓްގައި ބުނެފައިވަނީ އެއާކްރްފާޓް ވެއްޓުމުގެ ކުރިން ރެކޯޑް ކުރެވިފައިވާ އޭގެ އެންމެ ޓޮޕް ސްޕީޑާ ހިސާބަށް ދިއުމާ އެކު އިންޖީން 1 އާއި އިންޖީން 2 ގެ ފިއުލް ކަޓްއޯފް ސްވިޗުތައް "ރަން" އިން "ކަޓްއޯފް" އަށް އެއް ބަދަލުވެފައިވެ އެވެ. އަދި މި ދެ ސްވިޗް އޯފް ކޮށްލުމުގެ ދެމެދުގައި ހިނގާފައި ވަނީ އެންމެ ސިކުންތެއް ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
އެއާ އިންޑިއާގެ ބޯޓު ވެއްޓުނުތަނުން މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ
"ކޮކްޕިޓް ވޮއިސް ރެކޯޑިންގައި އެއް ޕައިލެޓަކު އަނެއް ޕައިލެޓް ގާތު، ތެޔޮ ކަނޑާލީ ކީއްވެތޯ ސުވާލުކުރާ އަޑު އިވެ އެވެ. އެ ޕައިލެޓް ޖަވާބު ދީފައިވަނީ އޭނާ އެކަން ނުކުރާ ކަމަށެވެ." ރިޕޯޓްގައި ބުނެފައިވެ އެވެ.
ރިޕޯޓްގައިވަނީ އޭގެ ފަހުން ބޯޓު ތިރިވާން ފެށި ކަމަށާއި އެއާ އެކު ފިއުލް ސްވިޗް އަނެއްކާވެސް "ރަން" އަށް ބަދަލުވި ކަމަށާއި ދެން ބޯޓުގެ ސްޕީޑް މަތިވާން ފެށި ނަމަވެސް އެއް ޕައިލެޓަކު "މޭޑޭ މޭޑޭ މޭޑޭ" ގޮވައި، ކަމެއް ގޯސްވެގެން އުޅޭކަން އެއާޓްރެފިކް ކޮންޓްރޯލަށް އެންގި ކަމަށެވެ.
އެއާ ޓްރެފިކް ކޮންޓްރޯލުން ވަނީ ވީ ކިހިނެއްތޯ އަހާފައި ކަމަށާއި އެކަމަކު ހަމަ އެ ވަގުތު ބޯޓު ވެއްޓުނީ ކަމަށް ރިޕޯޓްގައިވެ އެވެ.
އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ އިން ބުނީ "ފިއުލް ކޮންޓްރޯލް ސްވިޗް ލޮކިން ފީޗާ" ބައެއް ފަހަރު ލޮކް ނުވެ ޑިސްއެންގޭޖްވާ މައްސަލައަކާ ގުޅޭ ގޮތުން އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން 2018 ވަނަ އަހަރު އިންފޮމޭޝަން ބުލެޓިންއެއް ނެރެފައިވާ ކަމަށެވެ.
އެއީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ފާހަގަކުރުމުގެ ބަދަލުގައި އޭރު ބުނެފައި އޮތީ "މަޖުބޫރު ނޫން، އެދެވިގެންވާ" ކަމެއްގެ ގޮތުގައި ކަމަށާއި އެހެންވެ އެކަމާ ގުޅޭ އިންސްޕެކްޝަނެއް ނުކުރާ ކަމަށް އެއާ އިންޑިއާއިން ތަހުގީގަށް މައުލޫމާތު ދީފައިވެ އެވެ.
އެއާ އިންޑިއާއިން އެއާވޯތިނެސްއާ ގުޅޭ ހުރިހާ ކަމެއް، ވެއްޓުނު ބޯޓުގައި ފުރިހަމަކޮށްފައިވާކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
ވެއްޓުނު ބޯޓުގެ ބައިތައް އިމާރާތެއްގެ ތެރޭގައި: ބޯޓު ވެއްޓުނު ތަނުގައި ތިބި ބަޔަކު ވެސް ހާދިސާގައި ވަނީ މަރުވެފައި. -- ފޮޓޯ: އޭއެފްޕީ
އިންވެސްޓިގޭޝަން ބިއުރޯއިން ބުނީ ބީ787-8 އަދި/ނުވަތަ ޖީއީ ޖީއެންކްސް-1ބީ ގެ އިންޖީނު އޮޕަރޭޓަރުންނާއި މެނުފެކްޗަރާއިންނަށް ދީފައި އޮތް ލަފައެއް ނެތް ކަމަށެވެ. އޭގެ މާނައަކީ އިންޖީނު ނުވަތަ އެއާކްރާފްޓުގެ ޓެކްނިކަލް މައްސަލައެއް ނެތުމެވެ.
މި ރިޕޯޓާ ބެހޭ ގޮތުން ބޮއިން ކުންފުނިން އަދި ވާހަކައެއް ނުދައްކަ އެވެ.
އިންޑިއާގެ ތަހުގީގީ އިދާރާއިން ބުނީ އަދިވެސް އަންނަނީ ކަމާ ގުޅުން ހުރި ފަރާތްތައް މެދުވެރިވެގެން ތަހުގީގަށް އިތުރު ހެކި ހޯދަމުން ކަމަށެވެ. މި ތަހުގީގުގައި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ތަޖުރިބާކާރުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.
އެއާކްރާފްޓް އެކްސިޑެންޓެއް ހިނގުމާ އެކު އދ.ގެ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އިކާއޯ) އަށް، އެ ހާދިސާއެއް ހިނގި ގައުމަކުން މައްސަލަ ތަހުގީގުކޮށް، ހާދިސާ ހިނގިތާ 30 ދުވަހުގެ ތެރޭގައި އިބްތިދާއީ ރިޕޯޓެއް ހުށަހަޅަން ޖެހެ އެވެ.
ވެއްޓުނު މަތިންދާބޯޓުގައި ތިބި 230 ފަސިންޖަރުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 169 މީހަކާއި އިނގިރޭސި ވިލާތުގެ 53 މީހަކާއި ޕޯޗުގީޒްގެ ހަތް މީހަކާއި ކެނެޑާގެ މީހެކެވެ. މީގެ ތެރެއިން އިންޑިއާ ދަރިކޮޅުގެ އިނގިރޭސި ވިލާތު މީހަކު ވަނީ އާދަޔާ ހިލާފް ގޮތަކަށް ސަލާމަތްވެފަ އެވެ. އޭނާ ފެނުނީ ބޯޓު ވެއްޓި އަނދަމުން ދަނިކޮށް ބޯޓުގެ ބައިތަކުގެ ތެރެއިން ނުކުމެ ހިނގާފައި އަންނަނިކޮށެވެ. -- އޭއެފްޕީ
އެއާ އިންޑިއާގެ ވެއްޓުނު ބޯޓުން ތެޔޮ ކަނޑާލީ ކެޕްޓަން
ބޯއިންގެ ބޯޓުތަކުގެ ފިއުލް ކޮންޓްރޯލް ސްވިޗް ޗެކްކުރަނީ
އެއާ އިންޑިއާގެ ބޯޓު ވައްޓާލީތޯ ތަހުގީގުގައި ބަލަނީ
އެއާ އިންޑިއާގެ އިތުރު ބޯޓްތަކަކަށްވެސް މައްސަލަތަކެއް
އެއާ އިންޑިއާގެ ބޯޓު ވެއްޓި މަރުވި އަދަދު 279 އަށް
ވެއްޓުނު އެއާ އިންޑިއާގެ ބޯޓުން އެކަކު ސަލާމަތްވި
ވެއްޓުނު ބޯޓުން "އާދަޔާ ހިލާފް" ކަންތައްތަކެއް
242 މީހުންނާ އެކު އެއާ އިންޑިއާގެ ބޯޓެއް ވެއްޓިއްޖެ
ޓާޓާ: އެއާއިންޑިއާ ވޯލްޑް ކްލާސް އެއާލައިނަކަށް ހަދާނެ
އިންޑިއާގެ ވައިގެ ސިފައިން އަބަދު އެކްސިޑެންޓެއްގައި!