30 ޖެނުއަރީ 2022
ނިއު ދިއްލީ (ޖެނުއަރީ 30) - ބޮޑު ދަރަންޏަކާ އެކު އިންޑިއާގެ ގައުމީ އެއާލައިން ހިންގަން މިދިޔަ ބުރާސްފަތި ދުވަހު ހަވާލުވި ޓާޓާ ގްރޫޕުގެ އުއްމީދަކީ އެއީ ދުނިޔޭގެ ފެންވަރުގެ އެއާލައިނަކަށް ހެދުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ނިއު ދިއްލީ (ޖެނުއަރީ 30) - ބޮޑު ދަރަންޏަކާ އެކު އިންޑިއާގެ ގައުމީ އެއާލައިން ހިންގަން މިދިޔަ ބުރާސްފަތި ދުވަހު ހަވާލުވި ޓާޓާ ގްރޫޕުގެ އުއްމީދަކީ އެއީ ދުނިޔޭގެ ފެންވަރުގެ އެއާލައިނަކަށް ހެދުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
"މި ޕްރޮސެސް ފުރިހަމަވެ އެއާ އިންޑިއާ ހިންގަން ޓާޓާ އަށް ލިބުމުން ވަރަށް ބޮޑަށް އުފާވެއްޖެ،" ޓާޓާ ސަންސްގެ ޗެއާމަން އެން. ޗަންދަރަސެކަރަން ވިދާޅުވި އެވެ. "އުއްމީދު ކުރަނީ އެންމެންނާ ވެސް ގުޅިގެން އެއާ އިންޑިއާ އަކީ ދުނިޔޭގެ ފެންވަރުގެ އެއާލައިނަކަށް ހެދުން."
ޓާޓާ އިން އެއާ އިންޑިއާއާ ހަވާލުވާން ނިންމީ މިދިޔަ އޮކްޓޯބަރު މަހު އެވެ. ދަރަނި ބޮޑުވެގެން، އިންޑިއާ ސަރުކާރުން އެތައް ފަހަރަކު ވިއްކާލަން މަސައްކަތް ކުރި އެއާލައިންނާ ޓާޓާ އިން ހަވާލުވީ 180 ބިލިއަން ރުޕީސް (2.4 ބިލިއަން ޑޮލަރު) ދެއްކުމަށް ފަހު އެވެ.
އެއާ އިންޑިއާ 1932 ވަނަ އަހަރު އެންމެ ފުރަތަމަ އުފެއްދީ ވެސް ޓާޓާ އިންނެވެ. އެއާލައިނުގެ ފުރަތަމަ ފްލައިޓުގެ ޕައިލެޓަކީ ޓާޓާގެ އޭރުގެ ޗެއާމަން ޖޭއާރްޑީ ޓާޓާ އެވެ. ޓާޓާގެ ހިއްސާގެ ބޮޑު ބައެއް އިންޑިއާ ސަރުކާރުން ގަތީ 1953 ވަނަ އަހަރު އެވެ. ގެއްލުމާ އެކު އެއާ އިންޑިއާ ހިންގަން ފެށުމުން އިންޑިއާގެ ކުރީގެ ސަރުކާރުތަކުން ވެސް ވަނީ އެއާލައިން ވިއްކާލުމަށް އެތައް މަސައްކަތެއް ކޮށްފަ އެވެ. އެކަމަކު ޓާޓާ އިން އެއާލައިނާ ހަވާލުވުމުން އިންޑިއާ ސަރުކާރުން އުފުލަން ޖެހިފައިވާ 9.5 ބިލިއަން ޑޮލަރުގެ ދަރަންޏަށް ނިމުން އައީ އެވެ.
#FlyAI: A brand new chapter unfolds for Air India as part of the Tata Group.
— Air India (@airindiain) January 27, 2022
Two iconic names come together to embark on a voyage of excellence.
Looking forward to soaring high propelled by our rich legacy & a shared mission to serve our Nation.
Welcome Aboard. @TataCompanies pic.twitter.com/iCVh5ewI7q
އެއާ އިންޑިއާ އަށް ގެއްލުން ވާން ފަށާފައި ވަނީ ޑޮމެސްޓިކް އެއާލައިންސް، އިންޑިއަން އެއާލައިންސްއާ 2007 ވަނަ އަހަރު މާޖްކުރި ފަހުންނެވެ. ސަރުކާރުން ބުނެފައި ވަނީ އެއާލައިން ހިންގީ ދުވާލަކު 200 މިލިއަން ރުޕީސް (2.6 މިލިއަން ޑޮލަރު)ގެ ގެއްލުމާ އެކު ކަަމަށެވެ.
އެއާ އިންޑިއާގައި ހިމެނޭ 130 މަތިންދާބޯޓުގެ އިތުރުން 4،400 ޑޮމެސްޓިކް އަދި 1،800 އިންޓަނޭޝަނަލް ލޭންޑިން އަދި ޕާކިން ސްލޮޓްތައް ގަންނަ ބަޔަކަށް ލިބޭނެ އެވެ. އެއާލައިނުގެ އާމްދަނީގެ ތިން ބައިކުޅަ ދެބައި ލިބެނީ އިންޓަނޭޝަނަލް އޮޕަރޭޝަންތަކުންނެވެ. އެއާ އިންޑިއާގެ ފިކްސްޑް އެސެޓުގެ އަގު ވެސް މިލިއަން ޑޮލަރަށް އަރަ އެވެ. އޭވިއޭޝަން މިނިސްޓްރީން ބުނި ގޮތުގައި ބިމާއި އިމާރާތްތަކާ އަދި މަތިންދާބޯޓުގެ އަދަދަށް ބަލާއިރު މިދިޔަ އަހަރުގެ މާޗު މަހުގެ ނިޔަލަށް އެއާލައިނުގެ އެސެޓުގެ އަގު 450 ބިލިއަން ރުޕީސް (ހަ ބިލިއަން ޑޮލަރު) އަށް އަރަ އެވެ. އެއާލައިނުގައި 13،000 ސްޓާފުން މަސައްކަތް ކުރެ އެވެ.
ޓާޓާ އިން މިހާރު ވެސް ދެ އެއާލައިނެއް ހިންގަ އެވެ. ވިސްޓާރާ ހިންގަނީ ސިންގަޕޫރު އެއާލައިންސްއާ ގުޅިގެންނެވެ. އަދި އެއާއޭޝިއާ އިންޑިއާ ހިންގަނީ މެލޭޝިއާގެ ބަޖެޓް އެއާލައިން އެއާއޭޝިއާއާ ޕާޓްނާޝިޕް ހަދައިގެންނެވެ. ތަފާތު އެތައް ވިޔަފާރިއެއް ކުރާ ޓާޓާ ކުންފުނީގައި 800،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
* 1932: ޓާޓާ ސަންސް އިން އެއާލައިން އުފެއްދި
* 1946: ޕަބްލިކް ކުންފުންޏަކަށް ހަދާ އެއާ އިންޑިއާގެ ނަމަށް ބަދަލުކުރި
* 1948: އިންޑިއާ ސަރުކާރުން 49 ޕަސެންޓުގެ ހިއްސާ ގަތް
* 1953: އެއާ އިންޑިއާ ސަރުކާރުގެ ކުންފުންޏަކަށް ހެދި
* 2007: އެއާ އިންޑިއާ އާއި އިންޑިއަން އެއާލައިންސް އެއްކޮށްލި
* 2007-2008: އެއާ އިންޑިއާގެ ގެއްލުން 334 މިލިއަން ރުޕީސް (4.6 މިލިއަން ޑޮލަރު) އަށް އެރި
* 2018: އެއާލައިނުގެ 76 ޕަސެންޓް ވިއްކާލަން މަސައްކަތް ކުރި ނަމަވެސް ޝައުގުވެރިވާނެ ބައެއް ނުލިބުނު
* 2019: އެއާ އިންޑިއާ އަށް 12.8 ބިލިއަން ރުޕީސްގެ ގެއްލުން ލިބުނު، އެއީ 2007 ވަނަ އަހަރު މާޖްކުރި ފަހުން އެންމެ ބޮޑު ގެއްލުމެއްވީ އަހަރު
* 2021: އެއާ އިންޑިއާ ޓާޓާ ގްރޫޕަށް ވިއްކާލި
ގެއްލުމާއެކު ހިންގި އެއާ އިންޑިއާ ޓާޓާއަށް ވިއްކާލައިފި
އެއާ އިންޑިއާގެ ބޯޓު ފުރުމުގެ ހުއްދަ އަދިވެސް ނުދޭ
އާ ރަންވޭއަށް ޖެއްސި ބޯޓުގެ ޕައިލެޓުން ސަސްޕެންޑްކޮށްފި
މީހުންނާ ބެހޭ ފަސިންޖަރުން ހުއްޓުވަން ބިޑި އަޅުވަނީ
އިންޑިއާގެ އެއާލައިންތަކަށް އިންޒާރު ދޭތީ ފިޔަވަޅުއަޅަނީ
އިންޑިއާގެ އެއާލައިންތަކަށް މި ހަފްތާގައި 12 އިންޒާރު
ވަރުގަދަ ވިޔަފާރިވެރިޔާ ރަޓަން ޓާޓާ އަވަހާރަވެއްޖެ
ޓާޓާގެ ފްލެޓްތައް ވިއްކަން ހުޅުވާލައިފި
އޯޑިއޯން އާއި ނާދީ ބިމުގައި މަސައްކަތް ފަށައިފި
އިންޑިއާ އިން ބައިނަލްއަގުވާމީ ދަތުރުތައް ފަށަނީ