އެއާ އިންޑިއާގެ މަތިންދާބޯޓެއް މިދިޔަ މަހު ވެއްޓި އެތައް ބަޔަކު މަރުވި ހާދިސާގެ ތަހުގީގުން މިހާތަނަށް ހާމަވި ކަންކަމަށް ބަލައި، ބޯއިން މަރުކާގެ މަތިންދާބޯޓުތަކުގެ ފިއުލް ކޮންޓްރޯލް ސްވިޗް ޗެކްކުރުމަށް އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލްއޭވިއޭޝަން (ޑީޖީސީއޭ) އިން އެ ގައުމުގެ އެއާލައިންތަކަށް އަންގައިފި އެވެ.
އެއާ އިންޑިއާގެ މަތިންދާބޯޓެއް މިދިޔަ މަހު ވެއްޓި އެތައް ބަޔަކު މަރުވި ހާދިސާގެ ތަހުގީގުން މިހާތަނަށް ހާމަވި ކަންކަމަށް ބަލައި، ބޯއިން މަރުކާގެ މަތިންދާބޯޓުތަކުގެ ފިއުލް ކޮންޓްރޯލް ސްވިޗް ޗެކްކުރުމަށް އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލްއޭވިއޭޝަން (ޑީޖީސީއޭ) އިން އެ ގައުމުގެ އެއާލައިންތަކަށް އަންގައިފި އެވެ.
އިންޑިއާގެ އަހްމަދުއާބާދުން އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން މިދިޔަ މަހުގެ 12 ވަނަ ދުވަހު ފުރިތަނާ ބޯއިން 787-8 ޑްރީމްލައިނާ ވެއްޓި އޭގައި ތިބި 242 މީހުންނާއި ބޯޓު ވެއްޓުނު ތަނުގައި ބިންމަތީ ތިބި 19 މީހަކު ވަނީ މަރުވެފަ އެވެ.
ހާދިސާގެ ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި ބޯޓު ފުރިތާ ހިނދުކޮޅެއްގެ ތެރޭ ފިއުލް ސްވިޗް "ރަން" އިން "ކަޓްއޯފް" ޕޮޒިޝަނަށް ބަދަލުކޮށްފައިވެ އެވެ. ފިއުލް ސްވިޗް އޯފް ކޮށްލުމުން އެއް ޕައިލެޓަކު އަނެއް ޕައިލެޓު ގާތު، ތެޔޮ ކަނޑާލީ ކީއްވެތޯ ސުވާލުކުރި ކަމަށާއި އެކަމަކު އޭނާ އެހެން ނުހަދާ ކަމަށް ބުނެ އަނެއް ޕައިލެޓް ޖަވާބު ދިންކަން ވެސް ރިޕޯޓުން ހާމަވެ އެވެ.
އެއާކްރްފާޓް ވެއްޓުމުގެ ކުރިން ރެކޯޑް ކުރެވިފައިވާ އޭގެ އެންމެ ޓޮޕް ސްޕީޑާ ހިސާބަށް ދިއުމާ އެކު އިންޖީން 1 އާއި އިންޖީން 2 ގެ ފިއުލް ކަޓްއޯފް ސްވިޗުތައް "ރަން" އިން "ކަޓްއޯފް" އަށް އެއް ބަދަލުވެފައިވެ އެވެ. އަދި މި ދެ ސްވިޗް އޯފް ކޮށްލުމުގެ ދެމެދުގައި ހިނގާފައި ވަނީ އެންމެ ސިކުންތެއް ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. އޭގެ ފަހުން ބޯޓު ތިރިވާން ފެށި ކަމަށާއި އެއާ އެކު ފިއުލް ސްވިޗް އަނެއްކާވެސް "ރަން" އަށް ބަދަލުވި ކަމަށާއި ދެން ބޯޓުގެ ސްޕީޑް މަތިވާން ފެށި ނަމަވެސް އެއް ޕައިލެޓަކު "މޭޑޭ މޭޑޭ މޭޑޭ" ގޮވައި، ކަމެއް ގޯސްވެގެން އުޅޭކަން އެއާޓްރެފިކް ކޮންޓްރޯލަށް އެންގުމާ އެކު ދެން ފެނުނީ އިމާރާތެއްގެ މައްޗަށް ގޮސް ބޯޓު ވެއްޓި ގޮވާތަނެވެ.
ބޯއިންގެ މަތިންދާބޯޓުތަކުގެ ފިއުލް ކޮންޓްރޯލް ސްވިޗް
ޑީޖީސީއޭ އިން ބުނީ ފިއުލް ކޮންޓްރޯލް ސްވިޗް ޗެކްކުރުމުގެ އެންގުމަށް އިންޑިއާ އާއި އެ ގައުމަށް ދަތުރުކުރާ އިންޓަނޭޝަނަލް އެއާލައިންތަކަށް ވެސް ހިނގާނެ ކަމަށެވެ. އަދި މި އެންގުމާ އެއްގޮތަށް މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ސްވިޗްތައް ޗެކް ކުރުމަށް އަންގާފައިވެ އެވެ. މިއީ "ފިއުލް ކޮންޓްރޯލް ސްވިޗް ލޮކިން ފީޗާ" ބައެއް ފަހަރު ލޮކް ނުވެ ޑިސްއެންގޭޖްވާ މައްސަލައަކާ ގުޅޭ ގޮތުން އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން 2018 ވަނަ އަހަރު ނެރެފައިވާ އިންފޮމޭޝަން ބުލެޓިންއެއްގެ ދަށުން އަޅާ ފިޔަވަޅެއް ކަމަށް ޑީޖީސީއޭ އިން ބުންޏެވެ. އެމެރިކާގެ އޭވިއޭޝަން އިދާރާގެ މި އެންގުން ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓްގައި ވެސް ފާހަގަކޮށްފައިވެ އެވެ. އެމެރިކާއިން އޭރު ބުނެފައިވަނީ އެ ސްވިޗް ޗެކްކުރުމަކީ "އެދެވިގެންވާ ކަމެއް" ކަމަށެވެ. އެކަން ކޮންމެހެން ކުރަން ނުޖެހޭ ކަމަށާއި ނުރައްކަލެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންވެ އެއާ އިންޑިއާގެ ބޯޓުތަކުގައި ވެސް އެ ސްވިޗް އިންސްޕެކްޓެއް ނުކުރެ އެވެ.
މި އެންގުމުގެ ކުރިން އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަނުން ވަނީ ބޯއިންގެ ބޯޓުތަކުގެ ފިއުލް ކޮންޓްރޯލް ސްވިޗްތައް ރައްކާތެރިކަމަށާއި މައްސަލައެއް ނެތް ކަމަށް ބުނެފަ އެވެ.
ނަމަވެސް މިހާރު ސުވާލަކަށް ވެފައިވަނީ ބޯއިންގެ ބޯޓުތަކުގައި ފިއުލް ކޮންޓްރޯލް ސްވިޗަކީ އޮޅިގެން އޯފްކޮށްލެވޭ ގޮތަކަށް ހުންނަ އެއްޗަކަށް ނުވާއިރު އެކަން އެހެންވީ ސަބަބާ މެދުގަ އެވެ.
އެއާ އިންޑިއާގެ މި ބޯޓު ވެއްޓުމުގެ ހާދިސާ ވެފައިވަނީ އޭވިއޭޝަން ދާއިރާގެ ތާރީހުގައި ވެސް އެންމެ ނުރައްކާތެރި އެއް ހާދިސާއަށެވެ.
އެއާއިންޑިއާގެ ވެއްޓުނު ބޯޓުގެ އިންޖީނުން ތެޔޮ ކަނޑާލި
އެއާ އިންޑިއާގެ ބޯޓު ވައްޓާލީތޯ ތަހުގީގުގައި ބަލަނީ
އެއާ އިންޑިއާގެ ވެއްޓުނު ބޯޓުން ތެޔޮ ކަނޑާލީ ކެޕްޓަން
އެއާ އިންޑިއާގެ އިތުރު ބޯޓްތަކަކަށްވެސް މައްސަލަތަކެއް
އެއާ އިންޑިއާގެ ބޯޓު ވެއްޓި މަރުވި އަދަދު 279 އަށް
ވެއްޓުނު އެއާ އިންޑިއާގެ ބޯޓުން އެކަކު ސަލާމަތްވި
ވެއްޓުނު ބޯޓުން "އާދަޔާ ހިލާފް" ކަންތައްތަކެއް
242 މީހުންނާ އެކު އެއާ އިންޑިއާގެ ބޯޓެއް ވެއްޓިއްޖެ
އެއާއިންޑިއާގެ ބޯޓެއްގެ ފާހާނާ ބްލޮކްވެ ދަތުރު ކެންސަލް
އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށައިފި