މިއަދު ވެއްޓުނު އެއާ އިންޑިއާ ފްލައިޓްގައި، އެ ހާދިސާގެ ދެ ގަޑިއެއްހާއިރު ކުރިން ދަތުރުކުރި ކަމަށް ބުނާ މީހަކު އެ ބޯޓުން ފާހަގަކުރެވުނު އާދަޔާ ހިލާފް ކަންތައްތަކެއްގެ ވާހަކަ ސޯޝަލް މީޑިއާގައި އާންމުކޮށްފި އެވެ.
މިއަދު ވެއްޓުނު އެއާ އިންޑިއާ ފްލައިޓްގައި، އެ ހާދިސާގެ ދެ ގަޑިއެއްހާއިރު ކުރިން ދަތުރުކުރި ކަމަށް ބުނާ މީހަކު އެ ބޯޓުން ފާހަގަކުރެވުނު އާދަޔާ ހިލާފް ކަންތައްތަކެއްގެ ވާހަކަ ސޯޝަލް މީޑިއާގައި އާންމުކޮށްފި އެވެ.
އާކާޝް ވަޓްޝާ ނަމަކަށް ކިޔާ މީހަކު އެ ބޯޓުގައި ނަގާފައިވާ ކަމަށް ބުނާ ފޮޓޯ އާއި ވީޑިއޯތަކާ އެކު ބުނެފައިވާ ގޮތުގައި އިންފްލައިޓް-އެންޓަޓައިންމަންޓު އެއްގޮތަކަށް ވެސް މަސައްކަތެއް ނުކުރެ އެވެ. ބޯޓުގެ އޭސީ ވެސް ނުޖެއްސި ތިބެންޖެހުނީ ގަދަ ހޫނުގައި ކަމަށް އޭނާ ބުނެފައިވެ އެވެ.
"އަހްމަދުއާބާދުން އެ ބޯޓު ފުރުމުގެ ދެ ގަޑިއިރު ކުރިން އަހަރެން އޭގައި އިނިން. ދިއްލީން އަހްމަދުއާބާދަށް އައި އިރު އާދަޔާ ހިލާފް ކަންތައްތަކެއް ފާހަގަވި،" އޭނާ ލިޔެފައިވެ އެވެ.
ވަޓްޝާ ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ދިއްލީން އެ ބޯޓު ފުރުމުގެ އިރުކޮޅެއް ކުރިން ވެސް ބޯޓުގެ އޭސީ މަސައްކަތް ނުކުރާތީ މީހުން ފޮތް ފަދަ ތަކެތިން ވިހެގެން ވައި ޖައްސާތީ ފެނެ އެވެ. އެ ވީޑިއޯގައި އޭނާ ބުނާ ގޮތުގައި މިއީ ދިއްލީއަށް ހޫނު ގަދަ ދުވަހެއް ނަމަވެސް އޭސީއެއް ނުޖެއްސެ އެވެ.
އެ ވީޑިއޯތަކުގައި މީހުން އޭސީން ފިނި އާދޭތޯ ބަލަން އަތް ނަގައިގެން ތިބޭތީ ވެސް ފެނެ އެވެ.
I was in the same damn flight 2 hours before it took off from AMD. I came in this from DEL-AMD. Noticed unusual things in the place.Made a video to tweet to @airindia i would want to give more details. Please contact me. @flyingbeast320 @aajtak @ndtv @Boeing_In #planecrash #AI171 pic.twitter.com/TymtFSFqJo
— Akash Vatsa (@akku92) June 12, 2025
ވެއްޓުނު ބޯޓުން ފެނުނު ކަމަށް ބުނާ މައްސަލަތައް ކިޔައިދޭ ވީޑިއޯތައް
ބޯއިން 787-8 ޑްރީމްލައިނާގައި އިނދެ ވަޓްޝާ ވާހަކަ ދައްކަމުން ނަގާފައިވާ ވީޑިއޯގައި އިންފްލައިޓް އެންޓަޓައިންމަންޓް ސިސްޓަމުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާއި އޭގެ ރިމޯޓަށް ފިތައި ބޮކިތައް ދިއްލަން އުޅެ އެކަން ވެސް ނުވި ކަމަށާއި ކެބިން ކްރޫންނަށް ގޮވުމަށް ބޭނުންކުރާ ބަޓަންތަކަށް ފިތުމުން އޭގެ މަސައްކަތް ވެސް ނުކުރާކަން ވަޓްޝާ ބުނެ އެވެ.
ދިއްލީން އަހްމަދުއާބާދަށް އައުމަށް އެންމެން ފްލައިޓަށް އަރާފައި ވަނިކޮށް ފްލައިޓް ނަންބަރު ބަދަލުކުރި ކަމަށާއި އެހެންވެ ކަނެކްޓިން ފްލައިޓަކަށް ލަންޑަނަށް ދާން އޭގައި ތިބި މީހުން އެ ހިސާބުން ފައިބަން ޖެހުނު ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް ބޯޓު ވެއްޓެން ދިމާވި ސަބަބަކާ ގުޅޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭވިއޭޝަން ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ޑްރީމްލައިނާ 787-8 މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރެވެ.
އިނގިރޭސި ވިލާތުގެ ލަންޑަނަށް 230 ފަސިންޖަރުންނާއި 12 ކްރޫންނާ އެކު ބޯޓު ފުރިތާ ސިކުންތުކޮޅެއްގެ ތެރޭގައި، ބޯޓު މައްޗަށް ނާރައި މަޑުމަޑުން ތިރިވަމުން ގޮސް ވެއްޓުނީ އެއާޕޯޓް ކައިރީގައި ހުރި ޑޮކްޓަރުންގެ ހޮސްޓެލްއަކަށެވެ. އެ އިމާރާތުގެ ތެރެއަށް މަތިންދާބޯޓުގެ އެއް ބައި ވަދެފައި ވާއިރު އަލިފާނުގެ ސަބަބުން ވަނީ އިމާރާތާއި ބޯޓު ވެސް ވަރަށް ބޮޑަށް އަނދައިފަ އެވެ.
އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހުންނާއި ކެނެޑާ މީހަކައި ޕޯޗްގީޒް ހަތް މީހަކު ތިބި ބޯޓުން އެއްވެސް މީހަކު ސަލާމަތްވި ކަމަކަށް އަދި ނުބެލެވެ އެވެ.
އެއާ އިންޑިއާގެ ބޯޓު ވެއްޓި މަރުވި އަދަދު 279 އަށް
ވެއްޓުނު އެއާ އިންޑިއާގެ ބޯޓުން އެކަކު ސަލާމަތްވި
242 މީހުންނާ އެކު އެއާ އިންޑިއާގެ ބޯޓެއް ވެއްޓިއްޖެ
ނުކުމެވުނީ އިމަޖެންސީ ދޮރަކުން: ސަލާމަތްވި މީހެއް
އެއާއިންޑިއާގެ ބޯޓެއް ކެރަލާއަށް ޖައްސަނިކޮށް ވެއްޓިއްޖެ
އެއާ އިންޑިއާގެ އިތުރު ބޯޓްތަކަކަށްވެސް މައްސަލަތަކެއް
އެއާ އިންޑިއާގެ ބޯޓަކަށް މައްސަލައެއް ކުރިމަތިވެއްޖެ
ޓާޓާ: އެއާއިންޑިއާ ވޯލްޑް ކްލާސް އެއާލައިނަކަށް ހަދާނެ
އިންޑިއާގެ ވައިގެ ސިފައިން އަބަދު އެކްސިޑެންޓެއްގައި!
ގެއްލުމާއެކު ހިންގި އެއާ އިންޑިއާ ޓާޓާއަށް ވިއްކާލައިފި