Roadha Mihaaru

އެއާ އިންޑިއާގެ މަތިންދާބޯޓެއް 242 މީހުންނާ އެކު ވެއްޓިއްޖެ

އެއާ އިންޑިއާގެ މަތިންދާބޯޓެއް ގުޖަރާތުގެ އަހްމަދުއާބާދުގެ މީހުން އުޅޭ ސަރަހައްދަކަށް ވެއްޓިއްޖެ އެވެ.

242 މީހުންނާ އެކު އެއާ އިންޑިއާގެ ބޯޓެއް ވެއްޓިއްޖެ

އެއާ އިންޑިއާގެ މަތިންދާބޯޓެއް ގުޖަރާތުގެ އަހްމަދުއާބާދުގެ މީހުން އުޅޭ ސަރަހައްދަކަށް ވެއްޓިއްޖެ އެވެ.

އޭއެންއައި އިން ރިޕޯޓްކޮށްފައިވާ އިނގިރޭސި ވިލާތުގެ ލަންޑަނަށް ދާން ފުރި ވަގުތު ވެއްޓުނު މި ބޯޓުގައި 230 ފަސިންޖަރުންނާއި 12 ކްރޫން ތިއްބެވެ.

ފްލައިޓް އޭއައި171 ވެއްޓުނު މަންޒަރުގެ ވީޑިއޯއެއް އާންމުވެފައި ވާއިރު ފެންނަނީ ފްލައިޓް މައްޗަށް އަރަން ދިޔައިރު، މަތީގައި ނުހިފެހެއްޓި މަޑުމަޑުން ގޮސް ވެއްޓި ހުޅުގަނޑު ފަޅައިގެންދާ ތަނެވެ. ބޯޓު ވެއްޓިފައިވަނީ ޑޮކްޓަރުންގެ ހޮސްޓެލްއެއްގެ މައްޗަށްވާ ގޮތަށެވެ. ބޯޓުގެ ބައެއް ބައިތައް އެ އިމާރާތުގެ ތެރޭގައި ވެސް އެބަހުއްޓެވެ.

އިންޑިއާ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ބޯއިން 787-8 ޑްރީމްލައިނާ ވެއްޓުނީ އެއާޕޯޓް ކައިރިއަށެވެ. މިއީ މި މަރުކާގެ ބޯޓެއް ވެއްޓުނު ފުރަތަމަ ފަހަރު ކަމަށް އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.

ބޯޓު ވެއްޓުނީ ބޯޓު ފުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. ނަމަވެސް ބޯޓު ވެއްޓެއް ދިމާވި ސަބަބަކާ ބެހޭ ގޮތުން ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތްވިކަމެއް ނުވަތަ ނޫން ކަމެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެއްވެސް މީހަކު ސަލާމަތްވި ކަމަކަށް ނުބެލެވެ އެވެ.

އެއާ އިންޑިއާގެ މަތިންދާބޯޓުގެ ބައިތައް، އެ ވެއްޓުނު ތަނުގައި ހުރި އިމާރާތެއްގެ ތެރޭގައި.

އެއާ އިންޑިއާގެ މަތިންދާބޯޓުގެ ބައިތައް، އެ ވެއްޓުނު ތަނުގައި ހުރި އިމާރާތެއްގެ ތެރޭގައި.

ވީޑިއޯއިން ފެންނަ ގޮތުގައި ބޯޓު ވެއްޓުނު އިރު ލޭންޑިން ގިއަރު ވެސް މައްޗަށް ނުނެގެ އެވެ.

ފްލައިޓްރާޑާއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ބޯޓު ވެއްޓުނީ ބެރޯމީޓާ އަލްޓިޓިއުޑުން 625 ފޫޓު (އެއާޕޯޓް އަލްޓިޓިއުޑް އިން ގާތްގަނޑަކަށް 200 ފޫޓް) މައްޗަށް އެރި ފަހުން އިތުރަށް މައްޗަށް ނާރައި ތިރިވަމުން ގޮހެވެ.

އެއާ އިންޑިއާގެ މަތިންދާބޯޓުގެ ބައިތައް، އެ ވެއްޓުނު ތަނުގައި ހުރި އިމާރާތެއްގެ ތެރޭގައި.

އެއާ އިންޑިއާގެ މަތިންދާބޯޓުގެ ބައިތައް، އެ ވެއްޓުނު ތަނުގައި ހުރި އިމާރާތެއްގެ ތެރޭގައި.

މިހާތަނަށް އާންމުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓު ވެއްޓި ވަރަށް ބޮޑަށް ހަލާކުވެފައި ވާއިރު އަލިފާނުގެ ސަބަބުން ވަނީ އެއްކޮށް އަނދައިފަ އެވެ.

ބޯޓުގައި ތިބީ އިންޑިއާގެ 169 މީހުންނާއި އިނގިރޭސި ވިލާތުގެ 53 މީހުންނާއި ކެނެޑާ މީހަކައި ޕޯޗްގީޒް ހަތް މީހެކެވެ.

އެއާއިންޑިއާ އޮޕަރޭޓްކުރާ ޓާޓާ ގްރޫޕްގެ ޗެއާމަން އެން ޗަންދްރަސޭކަރަން ނެރުއްވި ބަޔާނެއްގައި މި ހާދިސާ ހިނގިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ މިވަގުތު ހުރިހާ ވިސްނުމެއް ހުސްކޮށްފައިވަނީ ބޯޓުން ދަތުރުކުރި މީހުންނާއި އެ މީހުންގެ އާއިލާތަކަށް ކޮށްދެވެހެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ކަމަށެވެ.