Roadha Mihaaru
ޓީއެމްއޭގެ ބޯޓު ވެއްޓުނީ ބެލެންސް ނުވެގެން

ޓީއެމްއޭގެ ބޯޓު ވެއްޓުނީ ބެލެންސް ގެއްލޭ ގޮތަށް ބަރުކުރުމުން

21 ފެބުރުއަރީ 2017

ޅ. އަތޮޅު ކުރެއްދޫ ރިސޯޓް ކައިރިއަށް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭން ވެއްޓުނީ އެ ބޯޓުގެ ސެންޓަ އޮފް ގްރެވިޓީ ގެއްލުމުގެ ސަބަބުން ކަމަށް އެ ބޯޓު ވެއްޓުނު ހާދިސާއާ ބެހޭ ގޮތުން ސިވިލް އޭވިއޭޝަންގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީ (އޭއައިސީސީ) އިން ކުރި ތަހުގީގަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޅ. އަތޮޅު ކުރެއްދޫ ރިސޯޓް ކައިރިއަށް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީޕްލޭން ވެއްޓުނީ އެ ބޯޓުގެ ސެންޓަ އޮފް ގްރެވިޓީ ގެއްލުމުގެ ސަބަބުން ކަމަށް އެ ބޯޓު ވެއްޓުނު ހާދިސާއާ ބެހޭ ގޮތުން ސިވިލް އޭވިއޭޝަންގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޯޑިނޭޝަން ކޮމިޓީ (އޭއައިސީސީ) އިން ކުރި ތަހުގީގަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފި އެވެ.

ސެންޓަ އޮފް ގްރެވިޓީ ގެއްލިއްޖެ ނަމަ ބޯޓު ބެލެންސެއް ނުވާނެ އެވެ. އެއާކްރާފްޓްތައް ދަތުރަށް ފެށުމުގެ ކުރިން ސެންޓަ އޮފް ގްރެވިޓީ ކަލްކިއުލޭޓްކުރަންޖެހެ އެވެ.

ޖުލައި 2، 2015 ގައި 11 ފަސިންޖަރުންނާއި ތިން ކްރޫ ދަތުރުކުރި ބޯޓު ކުރެއްދު އަށް ފުރިއިރު ސެންޓަ އޮފް ގްރެވިޓީ ގެއްލިފައިވާ ކަމަށާއި ޕައިލެޓުންނަށް އެކަން ނޭނގުނީ ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް "މާސް އެންޑް ބެލެންސް" ކަލްކިއުލޭޓް ނުކުރުމުން ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ. މިދިޔަ ޑިސެމްބަރު މަހު 28 ގައި ނިންމައި އާންމުކުރި ރިޕޯޓްގައި ބުނެފައި ވަނީ ސެންޓަ އޮފް ގްރެވިޓީ ގެއްލި، ބޯޓު އޮންނަންޖެހޭ އުސްމިނުގައި ނުހިފެހެއްޓިގެން "ސްޓޯލް ވޯނިން" އައި ނަމަވެސް އެކަން ކޯ-ޕައިލެޓްގެ ސަމާލުކަމަށް ގެނެސްފައި ވެސް ނުވާ ކަމަށެވެ.

ތަހުގީގަށް ޕައިލެޓް ބުނި ގޮތުގައި، މި އެލާމްގެ ބޮކި ދިއްލުނުތަން ފެނުނެވެ. އެކަމަކު އެލާމްގެ އަޑު އިވުނުކަން ހަނދާން ނެތް ކަމަށް ޕައިލެޓް ވެސް އަދި ކޯ-ޕައިލެޓް ވެސް ވަނީ ބުނެފަ އެވެ. ތަހުގީގަށް އެނގުނު ގޮތުގައި މި އެލާމްގެ އަޑު ނީވުނީ "ސްޓޯލް ވޯނިން ސިސްޓަމް" ޑިއެކްޓިވޭޓްކޮށް، މަސައްކަތް ނުކުރާ ގޮތަށް ހަދާފައި ހުރުމުންނެވެ. އަދި މިހެން ހަދާފައި ހުރީ ބޯޓު ޖައްސާއިރު އާއި ނައްޓާލާއިރު، މައްސަލައެއް ކުރިމަތި ނުވާއިރު ވެސް އެލާމް އަޅައި ކްރޫންނަށް މިކަމުގެ ސަބަބުން އޮޅުން އަރާތީ އެވެ. ސްޓޯލް ވޯނިން ސިސްޓަމް ޑިއެކްޓިވޭޓް ކުރުމަކީ އެއާކްރާފްޓްތަކަށް ހުއްދަ ދޭ އިދާރާތަކުގެ އުސޫލުތަކާ ޚިލާފު ކަމެއް ނަމަވެސް މިކަން ސިވިލް އޭވިއޭޝަނަށް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ އަންގައިފަ އެވެ. އަދި އެއާ ވާތިނަސް ސަޓިފިކެޓް ވެސް ސިވިލް އޭވިއޭޝަނުން ވަނީ ބޯޓަށް ދީފަ އެވެ.

ސްޓޯލް ވޯނިން ސިސްޓަމް ޑިއެކްޓިވޭޓް ކުރުމުގެ އިތުރުން ހުއްދަ ނެތް އެހެން ބައެއް ބަދަލުތައް ވެސް ގެނެސްފައިވާ ކަމަށާއި ބޯޓު ވެއްޓުމުން، އެ އޮތް ތަނެއް އަންގައިދޭން އަމިއްލައަށް އެކްޓިވޭޓްވާންޖެހޭ އިމަޖެންސީ ލޮކޭޓާ ޓްރާންސްމިޓަ (އީއެލްޓީ) ވެސް ބޯޓު ވެއްޓުނު ވަގުތު އެކްޓިވޭޓް ވެފައި ނެތްކަން ތަހުގީގަށް އެނގުނު.

ބޯޓަށް ލަގެޖްތައް ބަރުކޮށްފައި ވަނީ ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށް ތަހުގީގުގައި ބުނެފައި ވާއިރު، ބޯޓަށް އެރުވި ލަގެޖްގެ ބަރުދަން ޕައިލެޓަށް އެންގި ކަމަށް ކޯ-ޕައިލެޓް ވަނީ ބުނެފަ އެވެ. އެކަމަކު އެ މައުލޫމާތު ދިންކަން ހަނދާން ނެތް ކަމަށް ޕައިލެޓް ވަނީ ތަހުގީގަށް ބުނެފަ އެވެ.

ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި، މާސް އެންޑް ބެލެންސް ކަލްކިއުލޭޓް ކުރުމަށް ޕައިލެޓް ބަލަންޖެހޭ އެކި ޑޮކިއުމަންޓްތަކުގައި ހުރި މައުލޫމާތުގައި ބޮޑެތި ފުށުއެރުންތައް ހުރުން ހިމެނެ އެވެ. ބޯޓަށް ލަގެޖްތައް ބަރުކުރީ އުސޫލާ ޚިލާފަށް ކަމަށް ވާއިރު މިކަން ކުރި ގޮތެއް ޕައިލެޓް ވެސް ބަލައިފައެއް ނުވެ އެވެ. އަދި ކޮމަންޑޫން ކުރެއްދޫއަށް ދާން ފުރުމުގެ ކުރިން ބޯޓުގެ ސެންޓަ އޮފް ގްރެވިޓީ ވެސް ބަލައިފައެއް ނުވެ އެވެ.

ސްޓޯލް ވޯނިން ސިސްޓަމް ޑިއެކްޓިވޭޓް ކުރުމުގެ އިތުރުން ހުއްދަ ނެތް އެހެން ބައެއް ބަދަލުތައް ވެސް ގެނެސްފައިވާ ކަމަށާއި ބޯޓު ވެއްޓުމުން، އެ އޮތް ތަނެއް އަންގައިދޭން އަމިއްލައަށް އެކްޓިވޭޓްވާންޖެހޭ އިމަޖެންސީ ލޮކޭޓާ ޓްރާންސްމިޓަ (އީއެލްޓީ) ވެސް ބޯޓު ވެއްޓުނު ވަގުތު އެކްޓިވޭޓް ވެފައި ނެތްކަން ތަހުގީގަށް އެނގުނެވެ.

"ބޯޓު ޖައްސަން އުޅުމުގެ ކުރިން، ބޯޓު ދުއްވަން އުނދަގޫވާ އެއްވެސް ކަމެއް ޕައިލެޓުންނަށް ފާހަގަކުރެވިފައެއް ނުވެ އެވެ. އަދި ބޯޓު ކޮންޓްރޯލް ނުވެ ވެއްޓެއް ދިޔަ ވަގުތު ފްލެޕްތައް އެއްކޮށް ޑިޕްލޯއި ކޮށްފައިވެ އެވެ."

ތަހުގީގަށް ފާހަގަކުރެވުނު މައްސަލަތަކަށް ބަލައި، 12 ކަމެއް އިސްލާހު ކުރުމަށް ވަނީ ލަފާ ދީފަ އެވެ.

ވެއްޓި އަޑިއަށް ދިޔަ ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބި ސަލާމަތް ކުރެވިފައި ވާއިރު ކުރެއްދޫގެ އިރު ދެކުނުން ތިން ކިލޯމީޓަރު ދުރުން، 36 މީޓަރު އަޑީގައި އޮއްވައި ބޯޓު ވެސް ވަނީ ނަގައިފަ އެވެ.