ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުން ދަނިކޮށް މަތިންދާބޯޓެއްގެ ބުރަފަތީ ޖެހި އަނިޔާވި ދިވެހި ދަރިވަރުގެ ބޭސްފަރުވާގެ ހުރިހާ އެހީތެރިކަމެއް އެ ދަރިވަރު ތަމްރީނު ހޯދަމުންދިޔަ ސްކޫލް "އެއާވޯކްސް އޭވިއޭޝަން އެކެޑަމީ" އިން ހަމަޖައްސައި ދެމުން އަންނަ ކަމަށް އެ ތަނުން ބުނެފި އެވެ.
18 އެޕްރީލް 2025
ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުން ދަނިކޮށް މަތިންދާބޯޓެއްގެ ބުރަފަތީ ޖެހި އަނިޔާވި ދިވެހި ދަރިވަރުގެ ބޭސްފަރުވާގެ ހުރިހާ އެހީތެރިކަމެއް އެ ދަރިވަރު ތަމްރީނު ހޯދަމުންދިޔަ ސްކޫލް "އެއާވޯކްސް އޭވިއޭޝަން އެކެޑަމީ" އިން ހަމަޖައްސައި ދެމުން އަންނަ ކަމަށް އެ ތަނުން ބުނެފި އެވެ.
ފްލައިން ސްކޫލްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވީ ސްޓޫޑަންޓް ލޯނުގައި ކިޔަވަމުން އަންނަ ހދ. ހަނިމާދޫ، އަބްދުލް މާނިއުއަށެވެ. އޭނާގެ މޫނު މައްޗާއި ބަނޑާއި ކޮނޑަށް އަނިޔާވުމުގެ އިތުރުން އިނގިއްޔެއް ވެސް ބުރިވެފައިވާ ކަމަށް އެނގިފައި ވެ އެވެ.
އެ އަނިޔާތަކަށް ފަރުވާދިނުމަށް ބޮޑެތި ސާޖަރީތަކެއް ވެސް މިހާރު ވަނީ ހަދައިފަ އެވެ. މިހާރުގެ އޭނާގެ ހާލު "ސްޓޭބަލް" ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެއާވޯކްސް އޭވިއޭޝަން އެކަޑަމީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދަރިވަރުގެ ބޭސްފަރުވާގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައި ދެމުން އަންނަ ކަމަށާއި އެ ދަރިވަރަށާއި އާއިލާ އަށް ބޭނުންވާ އެ ނޫން ވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. ދަރިވަރު މުޅިން ރަނގަޅުވެ، އާންމު ދިރިއުޅުމަކަށް ދިޔުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ވެސް އެ އެކަޑަމީން ބުންޏެވެ.
އެއާވޯކްސް އޭވިއޭޝަން އެކަޑަމީން ބުނިގޮތުގައި، އެކްސިޑެންޓުގެ މައްސަލަ ވަރަށް ގާތުން އަންނަނީ ބަލަމުންނެވެ. އެ އެކަޑެމީން ބޭނުން ވަނީ މިފަދަ ހާދިސާއެއް ދެން ނުހިނގާނެ ކަން ޔަގީން ކުރުން ކަމަށް ވެސް ބަޔާނުގައި ވެ އެވެ. އެ ތަނުން ބުނީ ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ އެކަޑަމީން އެންމެ އިސްކަން ދޭ ކަން ކަމަށެވެ.
އެކްސިޑެންޓް ހިނގުމާ ގުޅިގެން ތިން ދުވަހަށް ހުރިހާ ދަތުރުތަކެއް ސަސްޕެންޑްކުރި ކަމަށާއި އެއީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ކަމަށް ވެސް ބުންޏެވެ. ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެ ގައުމުގެ ފުލުހުން ގުޅިގެން ވަނީ އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކޮށްފަ އެވެ. ވަރަށް އަވަހަށް އެ ތަހުގީގު ރިޕޯޓް އާންމު ކުރާނެ ކަމަށް އެނގިފައި ވެ އެވެ.
ބޯ އަނބުރައިގަނެގެން މާނިއު ބޯޓުން ފޭބި ދަނޑިވަޅުގައި އެ ހާދިސާ ހިނގި ކަމަށް ބުނާއިރު، އޭނާ ވަނީ މެޑިކަލް ޓެސްޓުން ރަނގަޅު ނަތީޖާއަކާ އެކު ފާސްވެފައި ކަމަށް ވެސް އޭނާގެ ބައްޕަ ބުނެފައި ވެ އެވެ. އެ ހާދިސާއާ ގުޅިގެން މާނިއުގެ އާއިލާގެ ބަޔަކު މިހާރު ތިބީ ފިލިޕީންސްގަ އެވެ.
އަނިޔާވި ދަރިވަރުގެ އިތުރު ބޮޑެތި ސާޖަރީތަކެއް ހަދަނީ
ބޯޓެއްގެ ބުރަފަތީގައި ޖެހި ދަރިވަރަކު ޒަހަމްވެއްޖެ
ލުހެއިމްގެ އޮޕަރޭޝަނެއް ކޮށްފި، އަދިވެސް އައިސީޔޫގައި!
މަރުވި ދެމަފިރިންނާ ފިލިޕިންސް ސަރުކާރުން ހަވާލުވެއްޖެ
ރާއްޖެ-ފިލިޕީންސްއާ ދެމެދު ވައިގެ ދަތުރުތައް ފަަށަނީ
ތިން އަހަރު ކުރިއަށްވުރެ ޓީމުގެ ހާލަތު ރަނގަޅު: ކޯޗު
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ކެނެޑާގައި މަތިންދާބޯޓެއް ރަންވޭމައްޗަށް ފުށުންޖެހިއްޖެ
ފިލިޕީންސްގެ "ރޯޔަލް އެކަޑަމީ" އަށް ރާއްޖޭގެ ހުއްދަ
ސިޔާސަތުތަކުގެ ހުރިހާ ގެއްލުމެއް ޕައިލެޓުންނަށް!