މީގެ ތިން އަހަރު ކުރިން ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅުނު އިރު އޮތް ހާލަތަށް ވުރެ ދިވެހި ޓީމުގެ މިހާރުގެ ހާލަތު ރަނގަޅުވާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
25 މާޗް 2025
މީގެ ތިން އަހަރު ކުރިން ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅުނު އިރު އޮތް ހާލަތަށް ވުރެ ދިވެހި ޓީމުގެ މިހާރުގެ ހާލަތު ރަނގަޅުވާނެ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
އޭޝިއަން ކަޕް ކޮލިފިކޭޝަންގައި މިއަދު ފިލިޕީންސާ ދެކޮޅަށް ދިވެހި ޓީމުން ނުކުންނާނެ އެވެ.
މި ދެ ޓީމު އެންމެ ފަހުން ބައްދަލު ކުރީ 2021 ގައި ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގަ އެވެ. ފިލިޕީންސާ ދެކޮޅަށް އޭރު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
"މިދިޔަ ތިން އަހަރުތެރޭ އަހަރެމެން ގިން ކަންތަތަކުން އަރައިގެންފިން. ގިނަ ކަންތައްތަކެއް ރަނގަޅުކޮށްފިން. އަހަރެން އުއްމީދު ކުރަނީ (ތިން އަހަރު ކުރިން ކުޅުނު މެޗަށް ވުރެ) ވަރުގަދަ ޗެލެންޖެއް އަހަރެމެންނަށް ފިލިޕީންސަށް ދެވޭނެކަމަށް،" އޭރު ރާއްޖޭގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހުރި ސުޒޭން ބުންޏެވެ.
އޭނާ ބުނީ އިންޑިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން ވެސް ގިނަ ކަންތަތަކެއް ކުޅުންތެރިން ދަސްކުރި ކަމަށެވެ. އަދި އެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ފިލިޕީންސް މެޗަށް ޓީމު އޮތީ ތައްޔާރަށް ކަމަށް ބުންޏެވެ.
ޓީމުގެ މިޑްފީލްޑަރު އިބްރާހިމް އައިސަމް (ޓޯނީ) ބުނީ ކޮލިފިކޭޝަންގައި އެންމެ މުހިންމު މެޗަކީ އަބަދުވެސް ފުރަތަމަ މެޗު ކަމަށެވެ.
"ފުރަތަމަ މެޗުން މޮޅުވެގެން ކުރިއަށްދާން ފަސޭހަ ވާނީ. އެހެންވީމަ އަހަރެމެން އުއްމީދު ކުރަނީ މި މެޗުން މޮޅުވެވޭނެ ކަމަށް،" އައިސަމް ބުންޏެވެ.
މި ދެ ޓީމުގެ ފުރަތަމަ ލެގް މެޗު ކުރިން އޮތީ ރާއްޖޭގައި ކުޅޭ ގޮތަށެވެ. އެކަމަކު ރޯދަ މަހު ފަހު 10 އަކާ މެޗު ދިމާވާތީ ރާއްޖޭން އެދިގެން ފުރަތަމަ ލެގް މެޗު ފިލިޕީންސަށް ބަދަލު ކުރީ އެވެ.
ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ސުޒޭނާއި މިޑްފީލްޑަރު އައިސަމް
މެޗު ކުޅެން ހަމަޖައްސާފައި ވަނީ ފިލިޕީންސްގައި 2019 ގައި ބޭއްވި ސައުތު އީސްޓް އޭޝިއަން ގޭމްސްއާ ދިމާކޮށް ހުޅުވި ނިއު ކްލާކް ސްޓޭޑިއަމްގަ އެވެ.
ސުޒޭން ބުނީ އެ ދަނޑުގެ ޕިޗް ކޮންޑިޝަން ރަނގަޅުވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ފިލިޕީންސްގެ ކޯޗު އަލްބަޓް ކަޕޭޔަސް ވަނީ ގުދުރަތީ ވިނަ ހައްދާފައިވާ ދަނޑުގެ ޕިޗާ މެދު ހިތްހަމަޖެހޭ ކަމަށް ބުނެފަ އެވެ.
މިއަދުގެ މެޗު ފަށާނީ ރާއްޖޭ ގަޑިން ހަވީރު 16:00 ގަ އެވެ.
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް
ފިލިޕީންސް އަތުން ބަލިވެ ރާއްޖޭގެ ފެށުން ގޯސް
"ކަންބޮޑުވުމަކީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްނުކުރެވުން"
އިންޑިއާގެ މެޗު ދިވެހިންނަށް ވަރަށް މުހިންމު: ސުޒޭން
މިއީ ރާއްޖޭގެ ފުޓްބޯޅަ އަށް ތާރީހީ ވަގުތެއް: ސުޒޭން
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ބަންގްލަދޭޝްގެ ދަނޑު ރަނގަޅު، އެޑްވާންޓޭޖް ރާއްޖެއަށް
ކުޅުންތެރިންގެ ފަރާތުން ފެނުނީ ހުސް ޕޮޒިޓިވްކަންކަން
އަހްނަފަށް ދިފާއީ މަގާމު ދޭން ސުޒޭން ޖެހިލުމެއްނުވޭ
އުޒުރެއް ނުދައްކާނަން، ޓީމު ރަނގަޅަށް ތައްޔާރު