Roadha Mihaaru
މަރުވި ދެމަފިރިންނާ ފިލިޕިންސް ސަރުކާރުން ހަވާލުވެއްޖެ

ގެނބިގެން މަރުވި ދެމަފިރިންގެ ހަށިގަނޑާ ފިލިޕީންސް ސަރުކާރުން ހަވާލުވެއްޖެ

15 ޖެނުއަރީ 2019

ކ. ދިއްފުށީގައި މޫދަށް އެރި އުޅެނިކޮށް އާދީއްތަ ދުވަހު ގެނބިގެން މަރުވި ފިލިޕީންސް ދެމަފިރިންގެ ހަށިގަނޑު އެ ގައުމަށް ފޮނުވުމުގެ ޚަރަދު ފިލިޕީންސް ފޮރިން މިނިސްޓްރީން ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ކ. ދިއްފުށީގައި މޫދަށް އެރި އުޅެނިކޮށް އާދީއްތަ ދުވަހު ގެނބިގެން މަރުވި ފިލިޕީންސް ދެމަފިރިންގެ ހަށިގަނޑު އެ ގައުމަށް ފޮނުވުމުގެ ޚަރަދު ފިލިޕީންސް ފޮރިން މިނިސްޓްރީން ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެރިކާ، 29، އާއި ލެއޯމާ، 30، މިދިޔަ ޑިސެމްބަރު މަހު ކައިވެނިކުރުމަށްފަހު ހަނީމޫނަށް ރާއްޖެ އައީ މިދިޔަ ބުދަ ދުވަހު އެވެ.

އެ ދެމަފިރިންގެ ހަށިގަނޑު ފިލިޕީންސަށް ފޮނުވަން ގާތްގަނޑަކަށް 300،000 ރުފިޔާ ހަރަދުވާ ކަމަށް އާއިލާއާ ހަވާލާދީ ފިލިޕިންސްގެ ނޫސްތަކުން ބުނެފައިވެ އެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ އެއްކުރަން އާއިލާ އާއު ރަހުމަތްތެރިން ސޯޝަލް މީޑިއާގައި ކެމްޕޭނެއް ވެސް ފެށި އެވެ. އެކަމަކު އެ މަސައްކަތްކުރި މީހުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ފޮރިން މިނިސްޓްރީން މިހާރު ވަނީ ދެމަފިރިންގެ ހަށިގަނޑު ފިލިޕިންސަށް ގެންދިއުމާ ހަވާލުވެފައި ކަމަށާއި އެހެންވެ ފައިސާ ހޯދަން ކުރި މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.

ދިއްފުށީ ކްރައުން ބީޗް ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރަން ގޮސް، އެ ރަށާއި މީރު އައިލެންޑް ރިސޯޓާ ދެމެދު އޮންނަ ތިލަ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ދެމަފިރިން މަރުވި ހާދިސާގައި ގެސްޓް ހައުސް އިން އާއިލާ އަށް މައުލޫމާތު ނުދޭ ކަމަށް ބުނެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވެސް ފިލިޕިންސްގެ ނޫސްތަކުން ބުންޏެވެ.

"އެ މީހުން (ގެސްޓް ހައުސް) އިން އަހަރެންގެ ބޭބެ އާއި ފަހަރި އަށް ވީ ގޮތް ތަފްސީލްކޮށް ކިޔައެއް ނުދޭ. އަސްލު މިކަން ހިނގި ގޮތެއް އަދިވެސް ކިޔައެއް ނުދޭ،" މަރުވި ފިރިހެން މީހާގެ އާއިލާގެ މީހަކު ފިލިޕިންސް ނޫހަކަށް ބުނެފައިވެ އެވެ.

އެ ދެމަފިރިން ސަލާމަތް ކުރަން މަސައްކަތް ކުރި ދިއްފުށީ މީހަކު ކިޔައިދިން ގޮތުގައި މޫދުން ނެގިއިރު ވެސް އެ މީހުންގެ ހާލު ބޮޑެވެ. އަދި ދިއްފުށީ ސިއްހީ މަރުކަޒުގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ އެތަނަށް ގެންދިޔައިރު ވެސް ދެ މީހުން މަރުވެފައިވާ ކަމަށެވެ.