Roadha Mihaaru
ޓޫރިސްޓަކު މަރުވެފައި އޮއްވައި ދިއްފުށީ ފަޅުން ފެނިއްޖެ

އިންޑިއާ ޓޫރިސްޓަކު މަރުވެފައި އޮއްވައި ދިއްފުށީ ފަޅުން ފެނިއްޖެ

24 އެޕްރީލް 2021

ކ. ދިއްފުށީ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު އިންޑިއާ ޓޫރިސްޓަކު މަރުވެފައި އޮއްވައި އެ ރަށު ފަޅުތެރެއިން ފެނިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކ. ދިއްފުށީ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު އިންޑިއާ ޓޫރިސްޓަކު މަރުވެފައި އޮއްވައި އެ ރަށު ފަޅުތެރެއިން ފެނިއްޖެ އެވެ.

ފުލުހުން ބުނީ ދިއްފުށީ ފަޅުތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިގެން މިއަދު މެންދުފަހު 1:00 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށާއި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ.

މަރާ ބެހޭ ގޮތުން އަދި ތަފްސީލެއް ނުލިބެ އެވެ.

ރާއްޖެއަށް ކޮންމެ އަހަރަކު އެތައް ލައްކަ ޓޫރިސްޓުންނެއް ޒިޔާރަތްކުރާ އިރު، މޫދުގައި ހިނގާ އެކި ހާދިސާތަކުގައި ޓޫރިސްޓުން މަރުވުމުގެ ހާދިސާތައް ވެސް ހިނގަ އެވެ. މީގެ ތެރޭގައި ގިނައީ ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މަރުވާ ޓޫރިސްޓުންނެވެ.