12 ޖޫން 2019
އައްޑޫގައި ހިންގާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގައި މިއަދު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.
އައްޑޫގައި ހިންގާ ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާގައި މިއަދު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވީ އޮސްޓްރޭލިއާ އަށް ނިސްބަތްވާ 75 އަހަރުގެ ފިރިހެނެކެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށް މިއަދު މެންދުރެއްހާ އިރު އޭނާ ގެންދިޔަ އިރު މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ނަމަވެސް އެ ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް ނުލިބެ އެވެ.
ރާއްޖެ އަށް ޗުއްޓީ އަށް އަންނަ ޓޫރިސްޓުން މި ފަހަކަށް އައިސް ގެނބިގެން މަރުވާ ހާދިސާތައް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ޓޫރިޒަމް މިނިސްޓްރީން އަންނަނީ ރިސޯޓްތަކާއި ގެސްޓް ހައުސްތަކާ ގުޅިގެން މިފަދަ ހާދިސާތައް ހުއްޓުވޭނެ ގޮތްތަކެއް ހޯދަން މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.
އެގޮތުން "ވޯޓަ ސޭފްޓީ" ޕްރޮގްރާމެއް މިދިޔަ މަހުގެ ތެރޭގައި ފަށާފައިވެ އެވެ.
މިދިޔަ އަހަރު ހިނގި އެކި ހާދިސާތަކުގައި އެކަނި ވެސް 39 ޓޫރިސްޓަކު ރާއްޖޭގައި ގެނބިގެން މަރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެންމެ ބޮޑު ގެއްލުމަކީ ޝަންގްރިއްލާ ނުހުޅުވި ލަސްވުން
އައްޑޫގެ މަޝްރޫއުތައް ނިމޭއިރު 7،000 އެނދު
ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލަން ނިންމައިފި
ނަޝްވާގެ ހަށިގަނޑު ހިތަދު އަށް ގެންދަނީ
ގެއްލުންވާތީ ޝަންގްރިއްލާގެ ސަރުކާރުގެ ހިއްސާ ދޫކޮށްލަނީ
ޓޫރިސްޓަކު މަރުވެފައި އޮއްވައި ދިއްފުށީ ފަޅުން ފެނިއްޖެ
ޝަންގްރިއްލާ ވިލިގިލި ރިސޯޓް ވަގުތީ ގޮތުން ބަންދުކޮށްފި
ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ