Roadha Mihaaru
ނަޝްވާގެ ހަށިގަނޑު ހިތަދު އަށް ގެންދަނީ

ނަޝްވާގެ ހަށިގަނޑު ހިތަދު އަށް ގެންދަނީ

30 އޮކްޓޯބަރ 2022

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތަމްރީނެއްގައި އުޅެނިކޮށް މިއަދު ނިޔާވި ޒުވާނާގެ ހަށިގަނޑު އޭނާގެ އުފަން ރަށް އައްޑޫ ހިތަދު އަށް ޖަނާޒާގެ ކަންކަން ފުރިހަމަ ކުރަން ގެންދަން ނިންމައިފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތަމްރީނެއްގައި އުޅެނިކޮށް މިއަދު ނިޔާވި ޒުވާނާގެ ހަށިގަނޑު އޭނާގެ އުފަން ރަށް އައްޑޫ ހިތަދު އަށް ޖަނާޒާގެ ކަންކަން ފުރިހަމަ ކުރަން ގެންދަން ނިންމައިފި އެވެ.

އެ ރަށު އަސުރުމާގޭ އާމިނަތު ނަޝްވާ ނަސީމް، 18 މިއަދު މެންދުރު ނިޔާވީ ޖަލުތައް ބަލަހައްޓާ އިދާރާއާ އަލަށް ގުޅި، އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސާވިސް އިން ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯސް ހަދަމުން ދިމާވި ކަމަކަށް ފަރުވާ ދެނިކޮށް މެންދުރު 2:02 ގަ އެވެ.

ކަރެކްޝަނަލް ސާވިސް އިން ބުނީ، ފެތުމާ ބެހޭ ސެޝަންގައި މިއަދު ހެނދުނު 11:30 ހާއިރު ފަތަން އުޅުމުގެ ތެރޭގައި ނަޝްވާ އަށް އާދަޔާ ހިލާފު ގޮތްތަކެއް ވާކަން ފާހަގަކުރެވިގެން އޭނާ ވަގުތުން މޫދުން ނެގި ކަމަށެވެ.

ހަށިގަނޑުގެ ވިންދު އޭރު ނެތްކަން ފާހަގަކުރެވިގެން، އަވަސް ފަރުވާ ދޭން މާފުށީ ހެލްތު ސެންޓަރަށް ގެންދިއުމުން އެ ސެންޓަރުގެ ޑޮކްޓަރުގެ ލަފާގެ މަތިން އިމަޖެންސީގައި މާލެ ގެނެސް އައިޖީއެމްއެޗުގައި އަވަސް ފަރުވާ ދިން ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ. ނަމަވެސް ފަރުވާ ދެނިކޮށް އޭނާ ނިޔާވީ އެވެ.

ނަޝްވާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގަ އެވެ. ހިތަދު އަށް ގެންދާ ވަކި ވަގުތެއް އަދި ނޭނގެ އެވެ.