Roadha Mihaaru
ތަމްރީނުގައި އުޅުނު ކަރެކްޝަންސްގެ އޮފިސަރަކު ނިޔާވެއްޖެ

ތަމްރީނެއްގައި އުޅުނު ކަރެކްޝަންސްގެ ޒުވާން އަންހެން އޮފިސަރަކު ގެނބިގެން ނިޔާވެއްޖެ

30 އޮކްޓޯބަރ 2022

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު، ތަމްރީނެއްގައި އުޅެނިކޮށް ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރަކު، ތަމްރީނެއްގައި އުޅެނިކޮށް ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ޖަލުތައް ބަލަހައްޓާ އިދާރާ އިން ބުނީ، ނިޔާވީ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒްގެ ބޭސިކް ޓްރޭނިން ކޯސް މާފުށީ ޖަލުގައި ހަދަމުން ދިޔަ އާމިނަތު ނަޝްވާ، 18 ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާފުށީގައި ޓްރެއިނިން ހަދަމުންދިޔަ ކަރެކްޝަންސްގެ މުވައްޒަފަކު ގެނބިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު އެ އިދާރާ އަށް ލިބުނީ މިއަދު ހެނދުނު 11:15 ހާއިރު ކަމަށެވެ.

އެ މުވައްޒަފު އިތުރު ފަރުވާ އަށް މާލެ ގެނެސް ފަރުވާދެމުން އަންނަނިކޮށް، ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ. އެ މަރާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލާ ކަމަށް ފުލުހުން ބުނެ އެވެ.