14 ފެބުރުއަރީ 2022
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަލުން ނުހުޅުވި އޮތީ ސަރުކާރުގެ ހިއްސާ ދޫނުކުރެވިގެން ކަމަށާއި ހިއްސާ ދޫކޮށްލުމަށް ފަހު، މި އަހަރު އެ ރިސޯޓް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަލުން ނުހުޅުވި އޮތީ ސަރުކާރުގެ ހިއްސާ ދޫނުކުރެވިގެން ކަމަށާއި ހިއްސާ ދޫކޮށްލުމަށް ފަހު، މި އަހަރު އެ ރިސޯޓް ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އައްޑޫ ޝަންގްރިއްލާ ރިސޯޓް ބަންދުކުރި ފަހުން މިއަދާ ހަމައަށް ވެސް ނުހުޅުވި އޮތް މައްސަލައިގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މައުސޫމް ވިދާޅުވީ، ޝަންގްރިއްލާ ރިސޯޓުގައި ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އޮންނައިރު، އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑާއެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ރިސޯޓަށް ލިބޭ ގެއްލުމުގައި ސަރުކާރުން ވެސް ބައިވެރިވާން ޖެހޭ ކަމަށެވެ.
ރިސޯޓަށް ލިބޭ މާލީ ގެއްލުން ފޫއްބައްދަން ދޭ ލޯނުގައި ސަރުކާރުން ބައިވެރިވާން ޖެހޭ ކަމަށާއި އެ ލޯނުގެ ފައިނޭންސިންގެ ގޮތުގައި ސަރުކާރުން އެ ކުންފުންޏަށް 68 މިލިއަން ޑޮލަރު (1.04 ބިލިއަން ރުފިޔާ) ދައްކަން ޖެހިފައިވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.
"[ސަރުކާރުގެ] ތިރީސް ޕަސެންޓް ހިއްސާ އޮވެ، ދައުލަތަށް އެއްވެސް އެއްޗެއް ނުލިބި އެހާ ގިނަ ދުވަސްވީމާ ދައުލަތުން ވެސް ބޮޑަށް ބޭނުން ވަނީ އެ ހިއްސާ އެ ބޭފުޅުންނަށް ދޫކޮށްލާފައި ކުރިއަށް ދެވޭނެ ގޮތް ހޯދަން،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަންގްރިލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލުމުގެ މަސައްކަތް ކުރުމަށް ޓޫރިޒަމްގެ ގާނޫނަށް އެއް އިސްލާހު ގެނައި ކަމަށާއި ނަމަވެސް އެ އިސްލާހުގެ ދަށުން ވެސް ހިއްސާ ބަދަލު ކުރުމަށް 80 މިލިއަނެއްހާ ރުފިޔާ ހަރަދުވާ ކަމަށް މައުސޫމް ވިދާޅުވި އެވެ.
އެހެންވެ، މިނިސްޓަރު ވިދާޅުވިގޮތުގައި ޓޫރިޒަމްގެ ގާނޫނަށް އާ އިސްލާހެއް މިހާރު ވެސް އަންނަނީ ޑްރާފްޓް ކުރަމުންނެވެ. އެ އިސްލާހުގެ ދަ،ށުން ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަޑަށް ގަނެވޭ ގޮތަށް މަގުފަހިވާނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.
އައްޑޫ ޝަންގްރިއްލާ ރިސޯޓް މި އަހަރު ހުޅުވާނެ ކަމަށް މިނިސްޓަރު މައުސޫމް މިއަދު ވިދާޅުވި.
"މި ވަގުތު މިނިސްޓްރީ އޮފް ފިނޭންސް އާއި އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓަަޑާ ވާހަކަ ދެއްކެވެމުން ދަނީ،" މައުސޫމް ވިދާޅުވި އެވެ.
ހިއްސާ ބަދަލު ކުރުމަށް ބޭނުންވާ އިސްލާހު، ޓޫރިޒަމްގެ ގާނޫނަށް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ އަށް ފަހު މި އަހަރުގެ ތެރޭގައި ޝަންގްރިއްލާ ރިސޯޓް ހުޅުވާނެ ކަމަށް ވިދާޅުވި އެވެ.
"މިއީ ފަތުރުވެރިކަމުގެ ރަން އަހަރަށް ވާތީ އައްޑޫ ސިޓީ އަށް ވެސް ފަތުރުވެރިކަމުގެ ރަން އަހަރު އޭގެ ރަނގަޅު ގޮތުގައި އަންނަން ޖެހޭ. އުންމީދަކީ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ޝަންގްރިއްލާ ވެސް މި އަހަރު ނިމުމުގެ ކުރިން ހުޅުވުން،" މިނިސްޓަރު ވިދާޅުވި އެވެ.
އައްޑޫގައި އޮތް ދެވަނަ ރިސޯޓު، ކެނަރީފް ވެސް ނުހުޅުވާ ގިނަ ދުވަސްތަކެއް އޮތުމަށް ފަހު ދާދި ފަހުން ވަނީ އެ ރިސޯޓް ހުޅުވައިފަ އެވެ.
އެކަމަކު، މައުސޫމް ވިދާޅުވިގޮތުގައި، 540 އެނދުގެ އެ ރިސޯޓު ހުޅުވިޔަސް ފުރިހަމަ އަށް އޮޕަރޭޝަނަކަށް ނުގެނެވޭ އެވެ. މުޅި އައްޑު އަށް ފައިދާ ވާ ވަރަށް އިގްތިސާދު ހިނގައި ނުގަންނަ ކަމަށް އޭނާ ވިދާޅުވެ އެވެ.
ޝަންގްރިއްލާގެ ހިއްސާ ސަރުކާރުން ދޫކޮށްލަން ނިންމައިފި
ޝަންގްރިއްލާ ހުޅުވާ ދުވަހަކީ މިނިސްޓަރަށް ބޮޑު ދުވަހެއް
އައްޑޫގެ ޓޫރިޒަމްގެ ކަންބޮޑުންތައް ޓޫރިޒަމް މިނިސްޓަރަށް
ޝަންގްރިލާގައި އޮތް ސަރުކާރުގެ ހިއްސާ ދޫކޮށްލައިފި
އައްޑޫގެ މަޝްރޫއުތައް ނިމޭއިރު 7،000 އެނދު
ޝަންގްރިއްލާ ނުހުޅުވި އޮތީ ސަރުކާރުގެ ފަރުވާކުޑަކަމުން
އައްޑޫގެ ދެ ރިސޯޓް ނުހުޅުވި ހާސްކަން އިތުރުވަނީ!
އައްޑޫގެ ރިސޯޓްތައް ހުޅުވަން ބާރުއަޅުއްވާ: މައުސޫމް
ޓޫރިސްޓްވިސާގެ މުއްދަތު ދިގުކުރަން މަޖިލީހަށް ހުށަހަޅަނީ
ވެކްސިނާ އެކު ޓޫރިޒަމަށް ކުރިއެރުން އަންނާނެ: މައުސޫމް