ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރަކު މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި މިއަދު ޒަހަމްވެއްޖެ އެވެ.
12 އެޕްރީލް 2025
ފިލިޕީންސްގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރަކު މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި މިއަދު ޒަހަމްވެއްޖެ އެވެ.
އެ ހާދިސާގައި އެ ދަރިވަރަށް އަނިޔާވީ ނިއްވާލަމުންދިޔަ މަތިންދާބޯޓެއްގެ އިންޖީނެއްގެ ބުރަފަތީގައި ޖެހިގެންނެވެ. އޭނާ އަށް އެކިވަރުގެ އަނިޔާތައް ވެފައި ވާއިރު، މިހާރު ސާޖަރީތަކެއް ހަދަމުން އަންނަ ކަމަށް އެ ގައުމުގައި ކިޔަވަން ހުރި އެހެން ދަރިވަރަކު ބުންޏެވެ.
އެ ދަރިވަރު ކިޔައިދިން ގޮތުގައި އަނިޔާވި ދަރިވަރު ސްޓޭބަލް ނަމަވެސް، ހާލަތާ ގުޅޭ މާބޮޑު ތަފްސީލެއް އަދި ނޭނގެ އެވެ. އަނިޔާވި ދަރިވަރުގެ އާއިލާގެ މެންބަރުން ފިލިޕިންސް އަށް ދަތުރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ބުންޏެވެ.
އެ ހާދިސާއާ ގުޅިގެން ރާއްޖޭގެ އިދާރާތަކުން އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އަންނަ ވެސް އޭނާ ބުންޏެވެ. އެކަން ހިނގި ގޮތުގެ ތަހުގީގެއް ކުރަން ވެސް ނިންމާފައިވާ ކަމަށް ވެސް ދަރިވަރު ބުންޏެވެ.
ދަރިވަރުގެ ފަރުވާގެ ހަރަދުތައް އެކަޑަމީން ހަމަޖައްސަނީ
އަނިޔާވި ދަރިވަރުގެ އިތުރު ބޮޑެތި ސާޖަރީތަކެއް ހަދަނީ
ރާއްޖެ-ފިލިޕީންސްއާ ދެމެދު ވައިގެ ދަތުރުތައް ފަަށަނީ
ސިޔާސަތުތަކުގެ ހުރިހާ ގެއްލުމެއް ޕައިލެޓުންނަށް!
ދިވެހި ފުރަތަމަ ޕައިލެޓްގެ 40 އަހަރުގެ ފަހު ދަތުރު
ލުހެއިމްގެ އޮޕަރޭޝަނެއް ކޮށްފި، އަދިވެސް އައިސީޔޫގައި!
މަރުވި ދެމަފިރިންނާ ފިލިޕިންސް ސަރުކާރުން ހަވާލުވެއްޖެ
"ވަޒީފާ ނުލިބިފައި 200 އެއްހާ ޕައިލެޓުން އެބަތިބި"
ތިން އަހަރު ކުރިއަށްވުރެ ޓީމުގެ ހާލަތު ރަނގަޅު: ކޯޗު
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް