Roadha Mihaaru
ދިވެހި ފުރަތަމަ ޕައިލެޓްގެ 40 އަހަރުގެ ފަހު ދަތުރު

ރާއްޖޭގެ ފުރަތަމަ ޕައިލެޓް 40 އަހަރަށް ފަހު ދަތުރު ނިންމާލައިފި

04 މެއި 2023

ރާއްޖޭގެ އެންމެ ފުރަތަމަ ޕައިލެޓް، ކެޕްޓަން އިބްރާހިމް ރަޝީދު 40 އަހަރުގެ ހިދުމަތަށް ފަހު، އޭނާގެ އެންމެ ފަހު ފްލައިޓްގައި މިއަދު ދަތުރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ އެންމެ ފުރަތަމަ ޕައިލެޓް، ކެޕްޓަން އިބްރާހިމް ރަޝީދު 40 އަހަރުގެ ހިދުމަތަށް ފަހު، އޭނާގެ އެންމެ ފަހު ފްލައިޓްގައި މިއަދު ދަތުރުކޮށްފި އެވެ.

ވިލާ އެއާގެ ފްލައިމީގައި ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އިބްރާހިމް ރަޝީދު 40 އަހަރުގެ ހިދުމަތަށް ފަހު އުމުރުން 65 އަހަރުގައި ރިޓަޔާވެ ވަޑައިގަތުމުގެ ކުރިން އެންމެ ފަހު ދަތުރު ކުރެއްވީ މާލެއަށެވެ. އެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވޯޓާ ސެލިއުޓެއް ވެސް ދިނެވެ.

ކެޕްޓަން އިބްރާހިމް ރަޝީދު އޭނާގެ ފަހު ފްލައިޓްގައި މިއަދު ފޮޓޯއެއް ނަންގަވަނީ.

ކެޕްޓަން އިބްރާހިމް ރަޝީދު އޭނާގެ ފަހު ފްލައިޓްގައި މިއަދު ފޮޓޯއެއް ނަންގަވަނީ.

އެ ދަތުރަށްފަހު ފްލައިމީ އާއި އޭވިއޭޝަން ދާއިރާގެ ގިނަ މުވައްޒަފުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިބްރާހިމް ރަޝީދުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާއާ އެކު ފޮޓޯ ނަގައިފަ އެވެ.

ކެޕްޓަން އިބްރާހިމް ރަޝީދު --- ފޮޓޯ/އޭވިއޭޓާސް މޯލްޑިވްސް

ކެޕްޓަން އިބްރާހިމް ރަޝީދު --- ފޮޓޯ/އޭވިއޭޓާސް މޯލްޑިވްސް

ތައިލެންޑުން ޕައިލެޓް ޓްރެއިނިން ހެއްދެވުމަށް ފަހު އިބްރާހިމް ރަޝީދު ޕައިލެޓެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ 1983 ވަނަ އަހަރު އެއާ މޯލްޑިވްސްގަ އެވެ. އައިލެންޑް އޭވިއޭޝަނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިތުރުން އެމްއެންޑީއެފްގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

ގިނަ ބައެއްގެ މެދުގައި މަގުބޫލު ސިފައިންގެ އޮފިސަރު ކެޕްޓަން އިބްރާހިމް ރަޝީދު ފްލައިޓް ކެޕްޓަންކަމުގެ ލައިސަންސް ރާއްޖޭގައި ފުރަތަމަ ލިބިވަޑައިގަތް ބޭފުޅާ ވެސް މެ އެވެ.