12 ޑިސެމްބަރ 2018
އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އިއުލާނުކުރާނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެތެރޭގެ އުދުހުންތަކަށް ބަދަލު ގެނައުމާ ގުޅޭ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެކަމުގައި ދެން އޮތީ އަގުތައް ފައިނަލްކުރުން ކަމަށް ވިދާޅުވި އެވެ.
އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރަން ހަމަޖައްސާފައިވާ ކަމެކެވެ. އެ ވައުދު ފުއްދުމަށްޓަކައި ބާކީ އޮތީ ފަސް ދުވަހެވެ.
އައިޝާ ވިދާޅުވީ އުދުހުންތަކުގެ އަގުހެޔޮކުރަން ސިވިލް އޭވިއޭޝަން އޮތޯރިޓީއާއެކު މަސައްކަތްކޮށް އަގުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަން ފައިނަލް ކުރާނީ ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ސިވިލް އޭވިއޭޝަނުން ކުރަންޖެހޭ މަސައްކަތް އޮތީ ނިމިފައި.. ކަމާބެހޭ ގުޅުންހުރި މިނިސްޓްރީތަކާއި ކުންފުނިތަކާ ވާހަކަދެކެވި އިތުރަށް ހެޔޮ ބަދަލުތަކެއް ގެނެވޭތޯ އަޅުގަނޑުމެންގެ ވިސްނުން އަދިވެސް،" އައިޝާ ވިދާޅުވި އެވެ. "ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެކަން އެއްކޮށް ނިމިގެން ޕްރެސަށް މައުލޫމާތު ދެވޭނެ،"
އޭނާ ވިދާޅުވި ހެޔޮކުރާ އަގުތައް އިއުލާނުކުރިއަސް ސީދާ އެވަގުތު އެކަމަށް އަމަލުކުރަން ނުފެށޭނެ ކަމަށެވެ. ސިސްޓަމަށް ބަދަލުތަކެއް ގެނެސް އެކަން ތަންފީޒުކުރުމަށް ދެ ތިން ހަފުތާ ނަގާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ދެމުން މިވަގުތު އަންނަނީ ގައުމީ އެއާލައިން، މޯލްޑިވިއަނާއި ޖުމްހޫރީ ޕާޓީގެ ލީީޑަރު ގާސިމްގެ ވިލާ ކުންފުނިން ހިންގާ "ފްލައިމީ" އެވެ. އަދި އަލަށް ފަށާ "މަންތާ އެއާ" އިން ވެސް ރާއްޖޭގައި ދަތުރުތައް ވަރަށް އަވަހަށް ފަށާނެ އެވެ.
މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު، ބޭރުގެ ބަައެއް ގައުމަތަކަށް ދަތުރުކުރުމަށް ވުރެ ވެސް ބޮޑުކަމުން، ގިނަ ބައެއްގެ ފާޑުކިއުމާ އަބަދުވެސް ކުރިމަތިވެ އެވެ.
ވައިގެ ދަތުރުފަތުރުގެ އަގު ހެޔޮކުރާނަން: އައިޝާ
ދިވެހި ފުރަތަމަ ޕައިލެޓްގެ 40 އަހަރުގެ ފަހު ދަތުރު
މާމިގިލި އެއާޕޯޓު އަނެއްކާވެސް އިންޓަނޭޝަނަލް ވަނީ
އޭވިއޭޝަން އެކްސިޑެންޓްތަކަށް އިދާރާއެއް އުފައްދަނީ
ވަކި ބަޔަކަށް ފައިދާވާ ގޮތަށް ޓާމިނަލް ނުދޭނެ: ނަހުލާ
ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީ އަށް
ޓިކެޓް އަގަށް އަންނާނީ އުފާވާ ކަހަލަ ބަދަލެއް: އައިޝާ
ކުޅުދުއްފުށި: ޗާޓާ ފްލައިޓްތަކަށް ތައްޔާރު
ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ޔޫކޭގެ ލަފާ ހޯދަނީ
ހެލިކޮޕްޓަރުގެ ހިދުމަތް މާޗް މަހު ފަށާނެ: އަމީން