07 ޑިސެމްބަރ 2019
ރާއްޖޭގެ އެތެރޭގެ އުދުހުންތައް ޒަމާނީކުރުމަށްޓަކައި މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނެސް އޭވިއޭޝަން އެކްސިޑެންޓްތައް ތަހުގީގުކުރަން މުއައްސަސާއެއް އުފައްދަން ނިންމަވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތައް ޒަމާނީކުރުމަށްޓަކައި މަދަނީ ވައިގެ ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނެސް އޭވިއޭޝަން އެކްސިޑެންޓްތައް ތަހުގީގުކުރަން މުއައްސަސާއެއް އުފައްދަން ނިންމަވާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ އަންނަ އަހަރު ގެނެވޭ އެންމެ މުހިންމު ބަދަލަކީ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ގާނޫނު އިސްލާހުކުރުން ކަމަށެވެ. އޭގެ ސަބަބުން އެ ސިނާއަތް ކުރިއެރުވުމަށް ފުރިހަމަ ގާނޫނީ ތަރަހައެއް ގާއިމުކުރެވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ތަރައްގީވެފައިވާ ގައުމުތަކުގެ އެފަދަ ގާނޫނުތަކުގައި ހުންނަ މިންވަރަށް ސަލާމަތީ މިންގަނޑުތައް ގާއިމުވެގެން ދިއުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ އެކްސިޑެންޓްތައް ތަހުގީގު ކުރެވޭނެ ދައުލަތުގެ މުސްތަގިއްލު އިދާރާއެއް އުފެދިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންކަމުން ވައިގެ ދަތުރުފަތުރުގެ ދާއިރާއަށްވެސް އޮތީ އިރާދަކުރެއްވިއްޔާ ވަރަށް ފާގަތި ދުވަސްތަކެއް."
އަންނަ އަހަރުގެ ތެރޭގައި ފަސިންޖަރުންގެ ހައްގުތަކުގެ ގާނޫނެއްވެސް އެކުލަވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސިނާއަތަށް އިތުބާރު ބޮޑު ކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެފަދަ ގާނޫނެއް ވަރަށް މުހިންމު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންކަމުން ވައިގެ ދަތުރުފަތުރުގެ ދާއިރާއަށްވެސް އޮތީ އިރާދަކުރެއްވިއްޔާ ވަރަށް ފާގަތި ދުވަސްތަކެއް."
އޭވިއޭޝަން ދާއިރާއަށް ފަންނީ މުވައްޒަފުން އުފެއްދުމަށް ކުރުމަށް ހާއްސަ ސްކޮލާޝިޕްތަކެއް ތައާރަފް ކުރައްވާނެ ކަން މިނިސްޓަރު ކުރިން ވަނީ އިއުލާން ކުރައްވައިފަ އެވެ. މިނިސްޓަރު މިއަދު ވިދާޅުވީ އެ ސްކޮލާޝިޕްތައް ލިބޭ ދަރިވަރުންނަށް މިއަހަރުގެ "އޭވިއޭޝަން ނައިޓް" ގައި ލިޔުން ހަވާލު ކުރައްވާނެ ކަމަށެވެ.
"އޭވިއޭޝަން ނެކްސްޓް ޖެން" ނަމުގައި ދޭ އެ ސްކޮލާޝިޕްތަކަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ސިވިލް އޭވިއޭޝަން އޮތީރިޓީން ސިޔާސަތުތަކާއި ޕްލޭންތައް ތައާރަފް ކުރެވޭނެ ކަމަށެވެ. އަދި ސަލާމަތީ ޕްލޭންތައް އެކުލަވާލައި އެ ސިނާއަތުގެ ބޭފުޅުންނާ ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އޭވިއޭޝަން ދާއިރާގެ ރައްކާތެރިކަމުގެ ދާއިރާއިން އައިކާއޯގެ އޮޑިޓުގައި މަތީ ދަރަޖަ ހޯދައި އައިކާއޯ ކައުންސިލްގެ ރައީސްގެ ސެޓްފިކެޓް ރާއްޖެއަށް ލިބިފައިވުމަކީ އުފަލެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އައިކާއޯ ސަލާމަތީ އެސެސްމަންޓުން ރާއްޖެ ވަނީ "މެޗުއާ ސްޓޭޓް" ގެ ދަރަޖަ ހޯދައިފަ އެވެ.
މިިނިސްޓަރު ވިދާޅުވީ ދުރުމުސްތަގުބަލަށް ވިސްނައި ޖަޒީރާ ވަންތަ ދިރިއުޅުމެއް ގާއިމުކުރުމަށް މުޅި ރާއްޖެ ހިމެނޭ ވައިގެ ދަތުރުފަތުގެ ވިއުގައެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަން ކުރަނީ ދުރުވިސްނޭ ސިޔާސަތުތަކާއި ހަރުދަނާ ޕްލޭންތަކާއެކުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓިކެޓް އަގަށް އަންނާނީ އުފާވާ ކަހަލަ ބަދަލެއް: އައިޝާ
ހެލިކޮޕްޓަރުގެ ހިދުމަތް މާޗް މަހު ފަށާނެ: އަމީން
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުމުން ސުޕްރީމް ކޯޓަށް
އޮޓޯ ރިކްޝޯ ރާއްޖޭގައި ދުއްވަން ހުއްދައެއް ނުދޭނެ
ދައްކަނީ އަބުރުކަތިލުމުގެ ވާހަކަތަކެއް: ނަހުލާ
މިނިސްޓަރަށް ނޭނގި އެއްވެސް ކަމެއް ނުކުރަން: ޝިމާޒް
ހެލިކޮޕްޓަރު އޮޕަރޭޝަންތަކަށް ހުއްދަދިނުން ކުރިއަށް
ވިލާއާ ގުޅޭ ކަމެއްގައި ބައިވެރިވުމެއް ނޯންނާނެ: ނަހުލާ
"ކުރިން ކޮރަޕްޝަންގެ ހާއްޔެއް، މޫތައް ލުހެލެވިއްޖެ"
ޓްރާންސްޕޯޓުގެ ހިދުމަތް މިނިސްޓަރަށް ލަހެއް ނޫން!