01 ނޮވެމްބަރ 2021
ޓްރާންސްޕޯޓް އޮތޯރިޓީއާ މެދު އާއްމުން ކުރި ތުހުމަތުތަކުގައި ހަގީގަތްތަކެއް ހުއްޓެވެ. އެތަނުގެ ތެރޭގައި އޮތީ ކޮރަޕްޝަންގެ މޫލައިފަ އެވެ. ހިދުމަތް އަވަސްކުރުން އޮތީ އެ މޫތަކުގެ ތެރެއިންނެވެ. މިކަމަށް ފުރަތަމަ ފަހަރަށް އެ މިނިސްޓްރީގެ އިސްވެރިއަކު މިއަދު އެއްބަސްވެވަޑައިގެންފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީއާ މެދު އާއްމުން ކުރި ތުހުމަތުތަކުގައި ހަގީގަތްތަކެއް ހުއްޓެވެ. އެތަނުގެ ތެރޭގައި އޮތީ ކޮރަޕްޝަންގެ މޫލައިފަ އެވެ. ހިދުމަތް އަވަސްކުރުން އޮތީ އެ މޫތަކުގެ ތެރެއިންނެވެ. މިކަމަށް ފުރަތަމަ ފަހަރަށް އެ މިނިސްޓްރީގެ އިސްވެރިއަކު މިއަދު އެއްބަސްވެވަޑައިގެންފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލް ޣަނީ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު ޓްރާންސްޕޯޓް އޮތޯރިޓީގައި ކޮރަޕްޝަން ހިނގަމުން ދިޔަ ކަމަށެވެ. އެކަމަކު އެ މޫތައް ލުހެލައި އެކަން މިހާރު ހުއްޓުވިއްޖެ ކަމުގެ ޔަގީންކަން އޭނާ މިއަދު ދެއްވި އެވެ.
"ކޮރަޕްޝަނެއްގެ ހާއްޔެއްގެ ގޮތުގައި އޮތީ. ހުރިހާ ދިމާލަކުން ވެސް މަތިން ފެށިގެން ތިރިއަށް ތިބީ ކޮންމެވެސް ފައިދާއެއް، ކޮންމެވެސް ކަމެއް ކޮންމެވެސް މީހަކަށް ކޮށްދޭ ބައެއް،" ހަމަދު ވިދާޅުވި އެވެ.
"އޭރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ލެވެލް އިން ފެށިގެން ގޮސް ކައުންޓަރުގައި އިންނަ ސިވިލް ސާވިސްގެ އެންމެ ދަށް މަގާމާ ހަމައަށް އޮތީ [ކޮރަޕްޝަން] ފެތުރިފައި."
ހަމަދު ވިދާޅުވީ އެކަން ރަނގަޅު ކުރެއްވުމަށް މިނިސްޓަރު އައިޝަތު ނަހުލާ، އޭރު ހުންނެވި ޕާމަނަންޓް ސެކްރެޓަރީ އަށް އެންގެވި ކަމަށެވެ. ޖަވާބުދާރީ ކުރުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރެއްވުމަށް ވެސް އެދިވަޑައިގަތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަންއާ ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވިގެން 11 މުވައްޒަފުންގެ މައްސަލައެއް ވެސް ފެންމަތިވި،" ހަމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މައްސަލަތައް ހައްލުކުރުމަށް މީހަކާ މެދު ފިޔަވަޅު އަޅާ ހިސާބުން ހުރިހާ ދިމާލަކުން ވެސް ސުވާލުތައް އާދެ އެވެ. ޕްރެޝަރު ވެސް ކުރާ ކަމަށް ވިދާޅުވި އެވެ.
"ހަގީގަތުގައި ކޮރަޕްޝަން ނައްތާލާނީ ހުރިހާ ދިމާލެއްގައި ތިބި އިންފްލުއެންސްކުރާ މީހުން އެއްބަސްވެގެން. އެއީ ކޮރަޕްޝަނަކީ އެކަކަށް ނައްތާލެވޭނެ ކަމެއް ނޫން،" ހަމަދު ވިދާޅުވި އެވެ.
ކޮރަޕްޝަން ނައްތާލަން މަސައްކަތްކުރުމުން އެކަމުގައި އުޅުނު އެންމެންނަށް އެކަމުގެ އަސަރުކުރި ކަމަށް ވިދާޅުވެ ފާހަގަކުރެއްވީ ޓްރާންސްޕޯޓުގެ ވެހިކަލް ރަޖިސްޓްރީކޮށްދިނުމުގެ މައްސަލައެއްގައި އޭނާގެ މައްޗަށް ވެސް ތުހުމަތުތަކެއްކޮށްފައިވާ ކަމެވެ.
ރާއްޖޭގައި ދުއްވާ އެއްގަމު ހުރިހާ އުޅަނދެއްގެ ނަމްބަ ޕްލޭޓް ވަސާޖިއޯއަށް ހަވާލުކުރި މައްސަލައިގައި އޭސީސީން ދައުވާކުރަން ފޮނުވި ޓްރާންސްޕޯޓުގެ އިސް ބޭފުޅުންގެ ތެރޭގައި ހަމަދު ހިމެނެ އެވެ.
އޭނާ ހިމެނޭ ގޮތުން ހަ މީހެއްގެ މައްޗަށް ދައުވާކޮށްދޭން އެދުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައިގަ އެވެ ޖުމުލަ އަގު 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އެ މަޝްރޫއު ހަވާލުކުރަން ޖެހޭނީ ނެޝަނަލް ޓެންޑަ ބޯޑު މެދުވެރިކޮށެވެ. އެކަމަކު އެޓާނީ ޖެނެރަލް އާއި ފިނޭންސްގެ ލަފަޔާ ވެސް ހިލާފަށް ޓްރާންސްޕޯޓުން މި މައްސަލައިގައި ގިނަ ކަންކަން ކޮށްފައިވެ އެވެ. އޭގެ ފަހުން ވަސާޖިއޯ އަށް ބަދަލު ނަގައިދޭން ފިނޭންސަށް ވެސް ހުށަހެޅި އެވެ.
އެކަމަކު މިނިސްޓްރީން ނިންމީ ބަދަލު ނަގައި ނުދިނުމށެވެ.
ހަމަދު ވިދާޅުވީ ނުބައިކޮށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކުގެ މައްސަލަތައް ހައްލުކުރަން އުޅުމުން މަރުގެ އިންޒާރު ވެސް ދީފައި އެބަހުރި ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެއްވަ އެވެ.
މިއިން މައްސަލައެއް ފުލުހަށް ރިޕޯޓް ކުރި ކަމަކަށް ވެސް ކޮމިޓީގައި ވިދާޅެއް ނުވެ އެވެ.
"އެހެންވީމަ ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރެވޭ. މިވަރުގެ ތަނެއް ނޯންނާނެ ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރެވޭ. އަޅުގަނޑު ފިޒިކަލީ އޭގައި އިންވޯލްވެގެން އުޅޭތީ ދަންނަވާ އެއްޗެއް،" ހަމަދު ވިދާޅުވި އެވެ.
ހަމަދު ވިދާޅުވީ އަންނަ ޖެނުއަރީން ފެށިގެން ޓްރާންސްޕޯޓު އޮތޯރިޓީގެ އާ ސިސްޓަމާ އެކު ކޮރަޕްޝަން އެއްކޮށް ނައްތާލެވޭނެ ކަމަށެވެ. އެއީ ހުރިހާ އެކްޓިވިޓީއެއް ސިސްޓަމަށް ރެކޯޑުވާނެތީ އެވެ.
އެޕްލިކޭޝަން ނަމްބަރު އެކަކަށް ހިދުމަތް ނުދީ އޭގެ މާ ފަހަތުގެ ނަމްބަރަކަށް ހިދުމަތް ދީފައިވާ ނަމަ އެއީ ކާކު ކަން ވެސް އެނގޭނެ ކަމަށް ހަމަދު ވިދާޅުވި އެވެ. އެއާއެކު ރައްޔިތުންނަށް ދެވޭ ހިދުމަތަކީ ހާމަކަން ބޮޑު، ފަސޭހަ ހިދުމަތަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
ވިލާއާ ގުޅޭ ކަމެއްގައި ބައިވެރިވުމެއް ނޯންނާނެ: ނަހުލާ
ޓްރާންސްޕޯޓުގެ ހިދުމަތް މިނިސްޓަރަށް ލަހެއް ނޫން!
ފިއްތުންތަކާ ހެދި ޓްރާންސްޕޯޓުގެ ޕީއެސް އިސްތިއުފާ!
ސިނަމާލެ ބްރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތް: ނަހުލާ
އޮޅުވާލައިގެން ވެހިކަލް ރަޖިސްޓްރީކުރަނީ ބަޔަކާ ގުޅިގެން
ސިފައިންގެ އުޅަނދުތައް ފުލުހުން ޗެކްކުރާ ސަބަބު ހޯދަނީ
ނަހުލާ ކޮމިޓީއަށް ހާޒިކުރަން ޖާބިރު އެދިވަޑައިގެންފި
ޓެކްސީ އަގާ ބެހޭ ފޯރަމް: ދެކޮޅުން ބަހުގެ ހަމަލާތަކެއް
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުމުން ސުޕްރީމް ކޯޓަށް
އޮޓޯ ރިކްޝޯ ރާއްޖޭގައި ދުއްވަން ހުއްދައެއް ނުދޭނެ