Roadha Mihaaru
ރާއްޖޭގައި ގުރުއާނާބެހޭ ރިސާޗް ސެންޓަރެއް ހަދަނީ

ރާއްޖޭގައި ގުރުއާނާބެހޭ ރިސާޗް ސެންޓަރެއް ގާއިމް ކުރަނީ

21 މާޗް 2018

ކީރިތި ގުރްއާނާ ބެހޭ ރިސާޗް ސެންޓަރެއް ރާއްޖޭގައި ގާއިމް ކުރުމަށް ނިންމައި ސޫދާނުގެ ޔުނިވާސިޓީ އޮފް ގުރްއާން އެންޑް އިސްލާމިކް ސައިންސަސް އާއި ކީރިތި ގުރްއާނާ ބެހޭ މަރުކަޒާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކީރިތި ގުރްއާނާ ބެހޭ ރިސާޗް ސެންޓަރެއް ރާއްޖޭގައި ގާއިމް ކުރުމަށް ނިންމައި ސޫދާނުގެ ޔުނިވާސިޓީ އޮފް ގުރްއާން އެންޑް އިސްލާމިކް ސައިންސަސް އާއި ކީރިތި ގުރްއާނާ ބެހޭ މަރުކަޒާ ދެމެދު އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފި އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހީމް ރަޝީދު މޫސާ އެ އެއްބަސްވުމުގައި ސޮއި ކުރެއްވި އިރު ސޫދާން ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސާ އަހުމަދު ސައީދު ސަލްމާނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ރިސާޗް ސެންޓަރެއް ގާއިމް ކުރުމުގެ އިތުރުން ގުރްއާނުގެ އިލްމު ފުޅާ ކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ މިދިޔަ އަހަރު ސޫދާނަށް ޒިޔާރަތް ކުރައްވައި ގުރްއާނުގެ އިލްމު ފުޅާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.

ސޫދާންގެ ޔުނިވާސިޓީ އޮފް ގުރުއާން އެންޑް އިސްލާމިކް ސައިންސަސް އަކީ 41،000 ދަރިވަރުން ތައުލީމު ހާސިލު ކުރަމުން އަންނަ ޔުނިވާސިޓީ އެކެވެ. އެ ޔުނިވާސިޓީން ތިން ގައުމެއްގައި އެ ފިލިއޭޓް މަރުކަޒުތައް ގާއިމްކޮށްފައިވެ އެވެ. އަދި 90 ގައުމަކާއެކު އެކިއެކި އެއްބަސްވުންތައް ވެފައިވެ އެވެ.