ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް 4،000ރ. އަށް ބޮޑުކޮށްފި އެވެ.
04 އޯގަސްޓް 2025
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ހާފިޒުންނަށް ދޭ އެލަވަންސް 4،000ރ. އަށް ބޮޑުކޮށްފި އެވެ.
ހާފިޒުންނަށް އިނާޔަތުގެ ގޮތުގައި މިހާރު ދެމުން އަންނަނީ މަހަކު 2،000ރ. އެވެ.
އެ އެލަވަންސް ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް ފުރަތަމަ އިއުލާން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި 16 ގައި ބޭއްވި ހާފިޒުންގެ ދަސްވެނިވުމާއި ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގަ އެވެ.
އިސްލާމިކް މިނިސްޓްރީން ރޭ ބުނީ ކީރިތި ގުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން މިދިޔަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް މިހާރު ބޮޑުކޮށްފައިވާ ކަމަށެވެ.
އެއާއެކު މީގެ ކުރިން ސަރުކާރުން ދެމުން ދިޔަ 2،000ރ. ގެ އެލަވަންސް 4،000ރ. އަށް ބޮޑުކޮށް، އިއްޔެ ހާފިޒުންނަށް އެ ފައިސާ ޖަމާކޮށްފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ ބަދަލާ އެކު އެ އިނާޔަތަށް މަހަކު މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވާނެ އެވެ.
ގުރުއާނާ ބެހޭ މަރުކަޒުން މިދިޔަ އޭޕްރީލް މަހު "މިހާރު" އާ ހިއްސާކުރި މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގައި މި ވަގުތު 266 ހާފިޒުން އެބަތިއްބެވެ. އެއީ 126 އަންހެނުންނާއި 140 ފިރިހެނުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހާފިޒުން ތަމްރީނުކުރުމާއި އެ މީހުންނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަކީ ގުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގައި ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ހާފިޒުންނަށް އިނާމާއި މެޑަލް ދެން ދޭނީ 27 ވިލޭރޭ
މޮރޮކޯގެ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު
ގުރުއާނާ ބެހޭ މަރުކަޒު ސަލްމާން މިސްކިތަށް ބަދަލުކުރަނީ
ގުރުއާން ތަފްސީރުގެ ފޮތެއް ދިވެހި ބަހުން ނެރެނީ
ރާއްޖޭގައި ގުރުއާނާބެހޭ ރިސާޗް ސެންޓަރެއް ހަދަނީ
ރާއްޖޭގައި ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބާއްވަނީ
ގުރުއާން މުބާރާތުން އެއްވަނަ އިއްފަވި އަށް
ގައުމީ ގުރުއާން މުބާރާތް ފަަށައިފި
ފޮއްދޫގެ ފުރަތަމަ ހާފިޒަކަށް އިޔާން
1،400 އަށްވުރެ ގިނަ ކުދިން ގުރުއާން ހިތުދަސްކުރޭ