01 އޯގަސްޓް 2022
ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހިންގުން ސަލްމާން މިސްކިތަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހިންގުން ސަލްމާން މިސްކިތަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ މަރުކަޒުގެ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށާއިރު، އެ މަރުކަޒުން ހިންގާ ކޯސްތައް ފެށުމަށް މިހާރު ނިންމާފައި ވަނީ ސަލްމާން މިސްކިތުގައި ކަމަށެވެ.
ގުރުއާނާ ބެހޭ މަރުކަޒު ހިންގުމަށް ސަލްމާން މިސްކިތުގެ ތިންވަނަ ފުލޯއިން ވަނީ ޖާގަ ހަމަޖައްސައިފަ އެވެ.
ގުރުއާނާ ބެހޭ މަރުކަޒު މިހާރު ހިންގާ އިމާރާތް: އެތަން ވަނީ ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު
"އެތަނަށް ސާމާނު ބަދަލުކުރުމުގެ މަސައްކަތް މިހާރު ވެސް އަންނަނީ ކުރަމުން. އެކަމަކު އިންޓަނެޓް ކަހަލަ ބައެއް ވަސީލަތްތައް ސަލްމާން މިސްކިތުގައި އަދި ނެތީމަ އިދާރީ ބައެއް މަސައްކަތްތައް ދުވަސްކޮޅަކަށް އަދިވެސް ކުރިއަށްދަނީ މިހާރު ވެސް ބޭނުންކުރާ މަރުކަޒުގައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ މަރުކަޒުގެ ކޯސްތަކުގެ ކުލާސްތައް ބޭއްވުމަށް ސަލްމާން މިސްކިތުގެ ސެމިނާ ރޫމަކާއި ބައްދަލުވުންތައް ބޭއްވުމަށް އޮޑިޓޯރިއަމް ބޭނުންކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައިދީފައިވާ ކަމަށެވެ.
ގުރުއާނާ ބެހޭ މަރުކަޒު ހިންގުން ސަލްމާން މިސްކިތަށް ބަދަލުކުރާއިރު، އެ މަރުކަޒު މިހާރު ހިންގަމުން އަންނަ އިމާރާތް ވަނީ ވަރަށް ބޮޑަށް ބާވެ، ހަލާކުވެފަ އެވެ. އެތަނުގައި ޖާގައިގެ ދަތިކަން ވެސް ވަރަށް ބޮޑެވެ.
އެ މަރުކަޒަކީ އެކި އުމުރުފުރާގެ މީހުންނަށް ގުރުއާން ކުލާސްތަކާއި ކޯސްތަކާއި ގާރީ ކޯހާއި އިމާމް ކޯހުގެ އިތުރުން ހާފިޒުން ވެސް ތަމްރީނުކުރާ ތަނެކެވެ.
އޮންލައިންކޮށް ގުރުއާންގެ ކޯސްތައް ހިންގޭ ގޮތް ހަދައިފި
ގުރުއާން ތަފްސީރުގެ ފޮތެއް ދިވެހި ބަހުން ނެރެނީ
ރާއްޖޭގައި ގުރުއާނާބެހޭ ރިސާޗް ސެންޓަރެއް ހަދަނީ
ރާއްޖޭގައި ބައިނަލްއަގުވާމީ ގުރުއާން މުބާރާތެއް ބާއްވަނީ
ގުރުއާން މުބާރާތުން އެއްވަނަ އިއްފަވި އަށް
ގައުމީ ގުރުއާން މުބާރާތް ފަަށައިފި
މި ދެމަފިރިންގެ ހުރިހާ ދަރިން ހާފިޒުންނަށް
ރަން ތާޖު ހޯދި ރައީފް: އާދަޔާޚިލާފު ހާފިޒެއް
ގުރުއާން ހިތުދަސްކުރި 32 ހާފިޒަކަށް ތާޖު
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް ބާއްވަނީ