ގުރުއާނަށް އަމަލުކޮށްގެން ނޫނީ އިންސާނީ ކަރާމާތް ނުގެނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
27 މާޗް 2025
ގުރުއާނަށް އަމަލުކޮށްގެން ނޫނީ އިންސާނީ ކަރާމާތް ނުގެނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ހާފިޒުން ދަސްވެނިވުމަށް މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި، ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިންނާއި އާއިލީ މައްސަލަތަކުގެ ތެރެއިން ވެސް މީހުންގެ އަބުރަށް އަރައިގަތުން ރާއްޖޭގައި އާންމުވެފައިވާ ކަމަށެވެ.
އޮފީސް ތެރޭގައި ނުވަތަ ކުދި ޖަމާއަތްތަކުގެ ތެރޭގައި ވެސް އިންސާނީ ކަރާމާތަށް އަރައިގަންނަމުންދާ ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އަމަލުތައް ބައްޓަން ކުރަންވީ ގުރުއާނުގައިވާ ގޮތަށް ކަމަށެވެ.
މިރޭ ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވަޑައިގަންނަވަނީ .-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖޭގެ މުޖުތަމައުތަކުގައި މިހާރު ކަންތައް ހުރީ ގުރުއާނުގައި އަންގަވާފައިވާ ގޮތަށް ނޫން ކަމަށާއި އެ ފޮތުގައި އޮތްގޮތަށް އަމަލު ކޮށްގެން ނޫނީ އިންސާނީ ކަރާމާތް އަނބުރާ ނުގެނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކު މި ސުވާލު މިއަދު އަމިއްލަ ނަފްސާ ކުރަން ޖެހޭ. އަޅުގަނޑުމެންމެ އަނެއް މުސްލިމާ، ތިމަންނަގެ އަތާއި ދުލުގެ ނުބައިކަމުން ސަލާމަތްވެފައިތޯ ވަނީ. އެ ސުވާލު ކުރަން އެބަ ޖެހޭ... މިކަން އަޅުގަނޑުމެން ކޮށްފިއްޔާ އަދި ހެޔޮ ނިޔަތުގައި ކޮށްގެން އެ ކަންކަން ރަނގަޅު ކުރަން އުޅެފިއްޔާ އިސާހިތަކު މި މުޖުތަމައު ރަނގަޅުވާނެ،" ރައީސް ވިދާޅުވި އެވެ.
މިރޭ ބޭއްވި ހާފިޒުންގެ ދަސްވެނިވުމުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖެ އަކީ 100 ޕަސެންޓް މުސްލިމް ގައުމެއްކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ހައްގުތަކާ އެކު ހުދޫދު ތަކެއްވެސް އޮންނަ ކަމަށާއި އަދި އެ ނޫން ގޮތަކަށް އިންސާނީ މުޖުތަމައުއެެއް ކުރިއަށް ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކިހިނެތްތޯ ކަންތައްތައް ހުރީ. އެކަކު އަނެކަކުގެ އަބުރަށް އަރައިގަންނަނީ. ދެބައޮޑުވަނީ، ނެތިމޮށެނީ، ދޮގު ވާހަކަތައް އިންތިހާއަށް ފަތުރަނީ، މިހެން ގޮސް އަޅުގަނޑުމެންގެ ތެރޭގައި ނެތް ކަމެއް ނެތް. ގޯސް ހުރިހާ އާދައެއް، އިސްލާމް ދީނުގައި، ކީރިތި ގުރުއާނުގައި މަނާ ކުރައްވާފައިވާ، އެ ކަންކަމާ ދުރަަށް ދާން އަންގަވާފައިވާ ހުރިހާ ކަމެއް މި ސައްތައިން ސައްތަ އިސްލާމީ ގައުމުގައި އަޅުގަނޑުމެންގެ ތެރޭގައި އަޅުގަނޑުމެން މި ކުރަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިސްލާމީ ކަންކަން އެންމެން ގުޅިގެން ކުރިޔަށް ގެންދިއުމަށް މިފަދަ ރެއެއްގައި އަޒުމު ކަނޑައަޅަން ޖެހޭ ކަމަށެވެ.
ހާފިޒުންނަށް ތާރީހީ ރެއެއް، 24 ފަރާތެއް ހާފިޒުންނަށް
ގުރުއާން ހިތުދަސްކުރި 32 ހާފިޒަކަށް ތާޖު
އިސްލާމިކް މިނިސްޓަރުގެ ހަދިޔާ އާއި ހިތްވަރު ޔޫސުފަށް
ގުރުއާން ތަފްސީރުގެ ފޮތެއް ދިވެހި ބަހުން ނެރެނީ
ކޮންމެ ދުވަހަކު ގުރުއާނުން އާޔަތެއް ކިޔާލާ: މެންކް
ރާއްޖޭގައި ގުރުއާނާބެހޭ ރިސާޗް ސެންޓަރެއް ހަދަނީ
ނައިފަރު ގުރުއާން ކްލާހަށް ވަގުފު ފަންޑުން އެހީދީފި
މޮރޮކޯގެ ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު
މާދަމާއަކީ ފިތުރު އީދު ދުވަސް
ނައިފަރު ގުރުއާން ސެންޓަރަށް ވަގުފު ފަންޑުން އެހީވަނީ