06 މާޗް 2018
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މާދަމާ އިން ފެށިގެން ހެޔޮކުރާ ގޮތަށް އެ ކުންފުނިން މިރޭ ނިންމައިފި އެވެ.
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މާދަމާ އިން ފެށިގެން ހެޔޮކުރާ ގޮތަށް އެ ކުންފުނިން މިރޭ ނިންމައިފި އެވެ.
އެސްޓީއޯ އިން ބުނީ ޑީސަލް ލީޓަރަކުން 20 ލާރި އަގު ހެޔޮކޮށްފައި ވާއިރު ޕެޓްރޯލް ލީޓަރަކުން 30 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.
މާދަމާ އިން ފެށިގެން އެސްޓީއޯ އިން ޑީސަލް ލީޓަރެއް ވިއްކާނީ އެ ކުންފުނިން ބުނިގޮތުގައި 10.21 ލާރި އަށެވެ. ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.11 ލާރި އަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި ތެޔޮ ވިއްކާ އަގު ބޮޑުވީ ކަމަށް ބުނެ މިދިޔަ ޖެނުއަރީ މަހު އެސްޓީއޯ އިން ވަނީ ތެލުގެ އަގު ބޮޑުކޮށްފަ އެވެ. އެ ފަހަރު ޑީސަލް ލިޓަރަކުން 80 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 54 ލާރި އަގު ބޮޑުކުރި އެވެ.
މީގެ ކުރިން އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. އެ ފަހަރު ތެލުގެ އަގު ހެޔޮ ކުރީ، އެ އިން ނަގަމުން އައި ޑިއުޓީ 10 ޕަސެންޓުން ފަސް ޕަސެންޓަށް ކުޑަކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން ގެނައި އިސްލާހާ ގުޅިގެންނެވެ.
ތިން ހަފުތާގައި ދެވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި
އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑު ކޮށްފި
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި
އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި
އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި