15 މާޗް 2019
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިފެން ބޮޑުކޮށްފި އެވެ.
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު މިއަދުން ފެށިފެން ބޮޑުކޮށްފި އެވެ.
އެ ކުންފުނިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.79ރ. އަށް ކަމަށެވެ. އެންމެ ފަހުން ޕެޓްރޯލް ލިޓަރެއް ވިއްކީ 10.19ރ. އަށެވެ. އެހެންކަމުން މިއީ 60 ލާރީގެ ބޮޑުވުމެކެވެ.
ޑީސަލް ލިޓަރެއް މިހާރު ވިއްކާނީ 11.61ރ. އަށެވެ. މިއީ 72 ލާރީގެ ބޮޑުވުމެކެވެ.
We have revised our diesel and petrol prices effective today, as a result of price increase in the international market. pic.twitter.com/8Q5pmLbKqU
— STO Plc (@sto_mkt) March 14, 2019
އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގަށް ގެނައި ބަދަލު ފެންނަ ޗާޓު.
އެސްޓީއޯ އިން ބުނީ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި އަގު ބޮޑުވަމުންދާތީ ކަމަށެވެ. އެގޮތުން ސާފުނުކުރާ ތެލުގެ އަގު މި އަހަރުގެ ކުރީކޮޅުން ފެށިގެން ގާތްގަނޑަކަށް 30 ޕަސެންޓު ބޮޑުވެފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
އެސްޓީއޯ އިން ބުނިގޮތުގައި ތެލުގެ ބާވަތްތަކުން ބޮޑު ފައިދާއެއް ނެގުމަކީ އެ ކުންފުނީގެ އަމާޒެއް ނޫނެވެ.
"އަދި އެސްޓީއޯއިން ތެލުގެ އަގު ބޮޑޮ ކުރަން ނިންމަނީ ގަންނަން ލިބޭ އަގު ބޮޑުވެ، ދިގުދެމިގެންދާ ހާލަތްތަކުގަ އެވެ. އަދި އަގު ހެޔޮ ވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް އަގަށް ހެޔޮ ބަދަލު ގެނައުމަކީ އެސްޓީއޯ އިން އަބަދުވެސް އިސްކަންދޭ ކަމެކެވެ،" އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ވެ އެވެ.
އެސްޓީއޯ އިން ބުނީ ދުނިޔޭގެ ބާޒާރުގައި އުފެދިފައިވާ ސަޕްލައި ސާޕްލަސް މަދުވާނެ ކަމަށް، ތެލުގެ ވިޔަފާރި ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ކަމަށެވެ. އެ ލަފާކުރުންތަކުގެ ނަތީޖާ އަކީ އެ ކުންފުނިން ބުނިގޮތުގައި، ނޮވެމްބަރު 2018 ގައި ތެލުގެ އަގު ހުރި މިންވަރަށް ވުރެ މިދިޔަ ބުދަ ދުވަހުން ފެށިގެން އަގު މައްޗަށް ދިއުމެވެ. މިގޮތުން، ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގުގެ ބެންޗްމާކް ގޮތުގައި ބަލާ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއު.ޓީ.އައި) އަދި ބްރެންޓް ވިކިފައި ހުރީ އަގު ބޮޑުކޮށް ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
"ދިވެހިރާއްޖެ އަށް އެތެރެ ކުރަނީ ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކެވެ. ސާފު ކޮށްފައި ހުންނަ ތެޔޮ ބާޒާރުގައި ލިބެން ހުންނަނީ ސާފުނު ނުކުރާ ތެލަށް ވުރެ އަގު ބޮޑުކޮންނެވެ. އެހެން ނަމަވެސް ބެންޗްމާކްތަކުގެ އަގަށް އަންނަ ބަދަލުތަކާ އެއް މިންވަރަކަށް، ސާފުކޮށްފައި ހުންނަ ތެލުގެ ބާވަތްތަކަށް ވެސް ބަދަލު އާދެ އެވެ،" ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރި ސަބަބު، ކުރީ ފަހަރުތަކަށް ވުރެ ތަފުސީލްކޮށް ހާމަކޮށް އެސްޓީއޯ އިން ނެރުނު ބަޔާނުގައި ވެ އެވެ.
ތިން ހަފުތާގައި ދެވަނަ ފަހަރަށް ތެލުގެ އަގު ބޮޑުކޮށްފި
އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ބޮޑު ކޮށްފި
އެސްޓީއޯއިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި
އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި
ޕެޓްރޯލާއި ޑީސަލްގެ އަގު އެސްޓީއޯ އިން ހެޔޮކޮށްފި
ތެލުގެ އަގު މިމަހުގެ ތެރޭގައި ދެވަނަފަހަރަށް ބޮޑުކޮށްފި