Roadha Mihaaru
ހުރިހާ ރަށެއްގައި ވެސް މިރޭ ކޭތަ ނަމާދު ކުރާނެ

ހުރިހާ ރަށެއްގައި ވެސް މިރޭ ކޭތަ ނަމާދު ކުރާނެ

31 ޖެނުއަރީ 2018

މިއަދު އިރުއޮއްސޭއިރު ހިފާ ހަނދުކޭތައާ ގުޅިގެން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ މިސްކިތްތަކުގައި ޖަމާއަތުގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިއަދު އިރުއޮއްސޭއިރު ހިފާ ހަނދުކޭތައާ ގުޅިގެން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ މިސްކިތްތަކުގައި ޖަމާއަތުގައި ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

"ސުޕަ ބްލޫ ބްލަޑް މޫން"ގެ ނަން ދީފައިވާ މި ކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 5:50 ހާއިރު އެވެ. އަދި ކޭތަ ވީއްލާނީ 7:40 ހާއިރު އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުގެ މަޣްރިބް ނަމާދަށް ފަހު، ކޭތަ ނަމާދު ކުރާނެ ކަމަށެވެ. އަދި ކޭތަ ނަމާދަށް ފަހު ހާއްސަ ހުތުބާއެއް ކިޔާނެ ކަމަށް އެ ތަނުން ބުންޏެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް އެއް މިސްކިތުގައި މި ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ސްޕަ ބްލޫ ބްލަޑް މޫން ނޫކުލައެއްގައި ފެންނައިރު، ހަނދު މިހާރު ހުންނަ ވަރަށް ވުރެ މާ ބޮޑުކޮށް އަދި ރީތިކޮށް ފެންނާނެ އެވެ.