18 ޖެނުއަރީ 2019
އަންނަ އާދީއްތަ/ހޯމަ ދުވަހު ފުރިހަމަ ހަނދުކޭތައަކާ އެކު، ބުރު ހަމަ ހަނދު މުށި ރަތް ކުލައިން ބޮޑުކޮށް ފެންނާނެތީ އެމެރިކާ ސަރަހައްދުގައި އެ ހަނދު ބަލަން ފޯރީގައި ތައްޔާރުވަނީ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ބޯދާ ގަބޫލުކުރުންތަކާ ގުޅުވައިގެން އެއީ "ސުޕަ ބްލަޑް ވުލްފް މޫން" އޭ ކިޔަ އެވެ.
އަންނަ އާދީއްތަ/ހޯމަ ދުވަހު ފުރިހަމަ ހަނދުކޭތައަކާ އެކު، ބުރު ހަމަ ހަނދު މުށި ރަތް ކުލައިން ބޮޑުކޮށް ފެންނާނެތީ އެމެރިކާ ސަރަހައްދުގައި އެ ހަނދު ބަލަން ފޯރީގައި ތައްޔާރުވަނީ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ ބޯދާ ގަބޫލުކުރުންތަކާ ގުޅުވައިގެން އެއީ "ސުޕަ ބްލަޑް ވުލްފް މޫން" އޭ ކިޔަ އެވެ.
އެމެރިކާ ސަރަހައްދަށް ފުރިހަމަ ހަނދުކޭތައަކާ އެކު މި ނާދިރު މަންޒަރު ފެނުނަސް މި ސަރަހައްދަކަށް މިފަހަރު މި ނުފެންނާނެ އެވެ.
މީގެ ހަ މަސް ކުރިން މި ސަރަހައްދުގެ ބައެއް ގައުމުތަކަށް ބްލަޑް މޫނެއް ފެނުނެވެ. މިދިޔަ އަހަރުގެ ޖުލައި 27 ގައި ފެނުނު އެ ބްލަޑް މޫނަކީ މި ގަރުނުގައި އެންމެ ގިނަ ވަގުތަށް ފެންނަން ހުންނާނެ ބްލަޑް މޫނެވެ. އެއީ އެއް ގަޑިއިރާއި 40 މިނެޓަށެވެ. އެކަމަކު މިފަހަރު ހުންނާނީ އެއް ގަޑިއިރާ ދެ މިނެޓަށް ކަމަށް ނާސާ އިން އަންދާޒާކޮށްފައިވެ އެވެ.
ހަނދުކޭތަ އާއި ބްލަޑް މޫން ފެންނާނެ ގައުމުތައް ހައިލައިޓްކޮށްފައި. މުށި ރަތްކުލައިން ފާހަގަކޮށްފައި އެ ވަނީ ކޭތަ ހިފަން ފެށީންސުރެ ނިމެންދެން ފެންނާނެ ސަރަހައްދުތައް.
މިފަހަރު މި ސަރަހައްދަށް ބްލަޑް މޫން ނުފެންނާނީ ހަނދުކޭތާ މިފަހަރު ފެންނަނީ ހުޅަނގު ހެމީސްފެއާ އަށް ކަމަށް ވާތީ އެވެ. ކުރީ ފަހަރު ފެނުނީ އިރުމަތީ ހެމީސްފެއާއަށެވެ. މާނަ އަކީ ބްލަޑް މޫން ފެންނަ ގައުމުތަކަށް އެ ފެންނަން ފަށާއިރު އަހަރެމެންނަށް ދުވާލުގެ ވަގުތާ ދިމާވުމެވެ.
މިފަހަރު ކަން ދިމާވާ ގޮތުން ބްލަޑް މޫން ފެންނާނީ ދުނިޔޭގެ އަނެއް ފަރާތަށެވެ. އެހެންވެ ޔޫރަޕްގެ އެންމެ ހުޅަނގުގައިވާ ގައުމުތަކުން ފެށިގެން އެމެރިކާއާ ހިސާބަށް ވެސް ފެންނާނެ އެވެ.
ރާއްޖެއަށް ދެން ހަނދުކޭތައެއް ފެންނާނީ އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. އެއީ ވެސް ފުރިހަމަ ކޭތައަކަށް ނުވާނެ އެވެ.
މި ގަރުނުގެ އެންމެ ދިގު ހަނދު ކޭތަ މިރޭ، ބަލާނަން؟
މިރޭ ދަންވަރު ހަނދުކޭތައެއް
ހުރިހާ ރަށެއްގައި ވެސް ކޭތަނަމާދު ކުރުން މިރޭ އޮންނާނެ
ހުރިހާ ރަށެއްގައި ވެސް މިރޭ ކޭތަ ނަމާދު ކުރާނެ
ސުޕަ ބްލޫ ބްލަޑް މޫން 150 އަހަރު ފަހުން ފެންނަނީ
މި އަހަރުގެ އެންމެ ބޮޑު އަދި އަލިގަދަ ހަނދު
2030 ގައި ރޯދަމަސް ދެ ފަހަރަށް!
އާދީއްތަ ދުވަހުގެ އިރުކޭތަ: ރާއްޖެއަށް ފަޅި ކޭތައެއް
ކުރިއަށް އޮތީ މާ ހަނދުގެ ފޯވަހިތަކެއް
ރީިތި ކޭތައެއް، މުޅި ރާއްޖެ އަށް ވެސް ފެނުނު