28 މާޗް 2021
ހިޖުރީ އަހަރާއި މީލާދި އަހަރުގައި އަހަރުން އަހަރަށް ތަފާތުތަކެއް އަންނާތީ ދެ ކަލަންޑަރަށް ރިއާޔަތްކުރާ އިރު 2030 ވަނަ އަހަރު ރޯދަ މަސް ދެ ފަހަރަށް މުސްލިމުންނާ ބައްދަލުކުރާނެ ކަމަށް ފަލަކީ ހިސާތަކުން ދައްކާ ކަމަށް ބުނެފި އެވެ.
ހިޖުރީ އަހަރާއި މީލާދި އަހަރުގައި އަހަރުން އަހަރަށް ތަފާތުތަކެއް އަންނާތީ ދެ ކަލަންޑަރަށް ރިއާޔަތްކުރާ އިރު 2030 ވަނަ އަހަރު ރޯދަ މަސް ދެ ފަހަރަށް މުސްލިމުންނާ ބައްދަލުކުރާނެ ކަމަށް ފަލަކީ ހިސާތަކުން ދައްކާ ކަމަށް ބުނެފި އެވެ.
ދެހާސް ތިރީހުގައި ދެ ފަހަރު ރޯދަ ދަމަހާ ކުރިމަތިވާނެ ވާހަކަ މި ދޭތެރެ އިން ވެސް ވަރަށް ގަދައަށް ދެކެވިފައިވެ އެވެ. އަދި މިކަން ވަރަށް އާދަޔާހިލާފު ކަމަކަށްވެގެން ވަރަށް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވެސް އެ ވާހަކަ ދައްކާފައިވެ އެވެ. މިއީ އިންސާނީ ތާރީހުގައި ވެސް މުސްލިމުންނާ އެއް އަހަރެއްގެ ތެރޭގައި ދެ ފަހަރަށް ބަރަކާތްތެރި ރޯދަ މަހާ ބައްދަލުވާނެ ފުރަތަމަ ފަހަރެވެ. އެގޮތުން 2030 ވަނަ އަހަރު ރޯދަ މަސް ފުރަތަމަ ބައްދަލުކުރާނީ އެ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އަދި ދެވަނަ ރޯދަ މަހާ ބައްދަލުވާނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
Subhan’Allah
— ???⚕️شهرين (@ssn1999x) March 23, 2021
In 2030, Ramadan will occur TWICE in one year following the lunar calendar. Such a blessing ?❤️ pic.twitter.com/DemVndyZ8v
މި ގޮތަށް ދިމާވަނީ ހިޖުރީ އަހަރާއި މީލާދީ އަހަރުގެ ދުވަސްތަކުގައި 10-11 ދުވަހުގެ ތަފާތުތަކެއް އުޅޭތީ ކަމަށް ކަމުގެ ފަލަކީ އިލްމުވެރިން ވިދާޅުވެ އެވެ. ރޯދަ މަހާ މުސްލިމުން ކުރިމަތިލަނީ ހަނދު ސާތިބުކޮށްގެންނެވެ.
ramadan moves back 11 days every year and by the time we’re in 2030 there will be one in january and december
— min⁷? (@ughseokk) February 9, 2021
މިކަމާ ބެހޭ ދުބާއީގެ އެސްޓްރޮނޮމީ ގްރޫޕްގެ ޗީފް އެކްޒެކެޓިވް އޮފިސަރު (ސީއީއޯ) ހަސަން އަހުމަދު އަލް ހަރީރީ ވިދާޅުވީ އެއް އަހަރެއްގައި ދެ ފަހަރަށް ރޯދަ މަސް އައުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ގުދުރަތީ ނިޒާމުގެ ތެރެއިން ދިމާވާ ކަމަކަށްވާތީ އެކަމާ މާ ބޮޑު ބަހުސަކަށް ވެސް ދާން ނުޖެހޭ ކަމަށް ވިދާޅުވި އެެވެ.
"މީގައި މި ކަހަލަ ތަފާތެއް ފެންނަނީ ހިޖުރީ ކަލަންޑާއި މީލާދީ ކަލަންޑަރާ އެކު އަންނަ ތަފާތަކާ ގުޅިގެން. އެގޮތުން ސޯލާ ކަލަންޑަރު ގުޅިފައި އޮތީ އިރާ ކަމަށްވެފައި، ހިޖުރީ ކަލަންޑަރާއި ހަނދުމަހާ ގުޅޭތީ ހިޖުރީ ކަލަންޑަރުގެ ދުވަސްތައް ދިހައެއް ނުވަތަ އެގާރަ ވަރަކަށް ދުވަހަށް އެބަ ކުރުވޭ،" ހަސަން ވިދާޅުވި އެވެ. "އަދި އެއީ އަބަދު ވެސް އެކަން ހިނގާ ގޮތް ވެސް މެ. އެހެންވީމަ ދެހާސް ތިރީހުގައި ދެ ފަހަރަށް ރޯދަ މަހާ ކުރިމަތިވުމަކީ ގުދުރަތީ ނިޒާމާ ގުޅިފައި އޮތް ހިކުމަތެއް."
ޔޫއޭއީގެ ފަލަކީ އިލްމުވެރިޔާ ހަސަން.
އޭނާ ވިދާޅުވި ގޮތުގައި ކަލަންޑަރީ އިންސާނުން އެކުލަވައިލާ އެއްޗަކަށްވެފައި މިފަދަ ބަދަލެއް ކަލަންޑަރުން ފާހަގަވުމަކީ ދުވަސްތައް ގުނުމުގައި އަންނަ "ބެންޗްމާކަކަށް" ވާނެ އެވެ.
"އެހެންވެ މިކަން ހަގީގަތުގައި މާ ހައިރާން ކުރުވަނިވި ކަމެއްގެ ގޮތުގައި ދެކޭކަށް ނުޖެހޭ." ހަސަން ވިދާޅުވި އެވެ.
މުސްލިމުންނަށް ބޮޑު އުފާވެރި ކަމެއް ގެނެސްދޭ ރޯދަ މަހަކީ އަބަދު ވެސް މުސްލިމުން އެންމެ އިންތިޒާރުކުރާ މަހެވެ. އެ މަހުގެ 29-30 ދުވަހު މުސްލިމުން ތިބޭނީ ރޯދައަށެވެ.
މި އަހަރުގެ ރޯދަ މަހާ މުސްލިމުން ކުރިމަތިލާނީ އަންނަ އަންނަ މަހުގެ 12-13 ގަ އެވެ. ރޯދަ މަހާ ވިދިގެން މުސްލިމުންނަށް ދެން އަންނަ އެންމެ އުފާވެރި ދުވަހަކީ ފިތުރު އީދެވެ.
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2
އާއިލާތައް ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-1
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު
އާއިލާތައް ހިމާޔަތް ކުރުމުގެ މަސްއޫލިއްޔަތު-1
ކައިވެންޏަށް ހިތްވަރު ދިނުމަށް ކުރެވިދާނެ ކަންކަން
އާއިލާގެ މަގުސަދު: އަބުރުވެރިކަމާއި ދީންވެރިކަން
ނަސްލު ރައްކާތެރިކުރުމާއި އާއިލީ ލޯބި އިތުރުކުރުން
ކައިވެނި ހަރާމްވާ ބަޔަކު ތިބުމުގެ ހިކުމަތް
އިސްލާމީ ނަޒަރުން އާއިލާގެ ވެރިޔާގެ މުހިންމުކަން
ޝަރުއީ ކައިވެނިން ނަފްސު ތަހުޒީބު ކުރަން އެހީވެދޭ