05 ޖެނުއަރީ 2025
އަލަށް ހައްޖަށް ދާ މީހުންނަށް މި އަހަރުން ފެށިގެން އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމައިފި އެވެ.
އަލަށް ހައްޖަށް ދާ މީހުންނަށް މި އަހަރުން ފެށިގެން އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ ކެބިނެޓުގެ މިއަދުގެ ބައްދަލުވުމުގައި އެ މަނިކުފާނު އެ ގޮތަށް ނިންމެވީ އިސްލާމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ މެދު މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ. އެއާއެކު، ހައްޖު ކޯޕަރޭޝަންގެ ކިއު ކުޑަކުރަން، ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލަށް ހަތަރު ބަދަލެއް ގެންނަން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި؛
- އަލަށް ހައްޖުގެ އަޅުކަން އަދާކުރާ މީހުންނަށް އިސްކަންދިނުން
- ހައްޖުގެ އަޅުކަން އަދާ ނުކުރާ މީހުންގެ ތެރެއިން 65 އަހަރުން ފެށިގެން މީހުންނަށް ހައްޖު ކޯޕަރޭޝަނުން ކޮންމެ އަހަރަކު، ހައްޖު ކޯޓާއިން ވަކި އަދަދެއް ކަނޑައެޅުން
- ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ މީހުންނަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން. އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ ހައްޖުގެ އަޅުކަން އަދާކޮށްފައި ނުވާ މީހެއް އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކު އެހީތެރިއެއްގެ ގޮތުގައި ގެންދެވޭނީ، ހައްޖަށް ނުދާ މީހަކު ލިބެން ނެތް ހާލަތުގައި ކަމަށް ކަނޑައެޅުން
- ހައްޖުގެ އަޅުކަން ކުރިން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން އެ އަޅުކަން އަދާކުރިތާ ފަސް އަހަރު ވުމުން ކަމަށް ކަނޑައެޅުން
އެކަމަކު އެ ހާލަތުތައް، ކޯޕަރޭޝަންގެ އެހީތެރިންގެ ގޮތުގައި ދާ މީހުންނަށް އިސްތިސްނާވާނެ އެވެ.
ރައީސް އޮފީހުން ބުނީ ހައްޖު ކިއު ލިސްޓުން ޖާގަ ކަށަވަރުވިއަސް ފަރުޟު ހައްޖު އަދާކުރަން ދިގު އިންތިޒާރެއްގައި ތިބި މީހުންނަށް ހައްލެއް ހޯދައިދިނުމަށް، ހައްޖު ކޯޓާ އިތުރުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ހައްޖާ ބެހޭ ގަވައިދު މިހާރު އޮންނަގޮތުން އެ އަޅުކަން އަދާކުރަން ކިތަންމެ ގިނައިން ވެސް ސައުދީއަށް ދެވޭނެ އެވެ. ނަމަވެސް އެ އުސޫލު އެ ގޮތަށް އޮތުމުން، ރާއްޖެއިން ހައްޖަށް ދިއުމަށް ލިބޭ މަދު ކޯޓާއިން ފުރުސަތު ނުލިބޭ ކަންބޮޑުވުން އަބަދު ވެސް އޮވެ އެވެ.
މި ސަރުކާރުން ހިލޭ ހައްޖަށް ފޮނުވުން އަންނައަހަރު
ހައްޖު ކޯޓާ ހައްޖު ކޯޕަރޭޝަނަށް އެކަނި ދެނީ
ހައްޖު ނުވާ މީހުންނަށް އިސްކަންދޭ ވިސްނުން އެބަހުރި
ޖަމިއްޔާތަކުން ހިންގާ ދީނީ ހަރަކާތްތަކަށް މާލީ އެހީ
12 މިސްކިތެއްގައި ހުކުރު ކުރީ ޒުވާން ހަތީބުން
އާމްދަނީ ލިބޭ މީހަކު ހިލޭ ހައްޖަށް ފޮނުވި މައްސަލައެއް
ހައްޖު ކޯޓާ އިތުރުވުމުގެ ފުރުސަތު އެބައޮތް: ޝަހީމް
ރައީސްގެ މަންދޫބެއްގެ ގޮތުން ޝަހީމް އޯއައިސީގެ ސަމިޓަށް
އައްޑޫ މިސްކިތްތަކަށް 1.5 މިލިއަން ރުފިޔާ
ކިޔަވާ ކުދިން، ހާޖީންނަށް އެހީތެރިވުމުގެ ހުއްދަ ދީފި