ލަންޑަން (ޖެނުއަރީ 26) - ބޮޑު އަގުގައި ޔޫރަޕް ކުޅުންތެރިން ގަންނަން މިހާރު ޗައިނާގެ ކްލަބްތަކުން ޖެހިލުންވާ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
26 ޖެނުއަރީ 2018
ލަންޑަން (ޖެނުއަރީ 26) - ބޮޑު އަގުގައި ޔޫރަޕް ކުޅުންތެރިން ގަންނަން މިހާރު ޗައިނާގެ ކްލަބްތަކުން ޖެހިލުންވާ ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.
ފާއިތުވި ދެ އަހަރެއްހާ ދުވަހު ޔޫރަޕްގެ ކުޅުންތެރިންނަށް ޗައިނާގެ ކްލަބްތަކުން އެއް ބިލިއަން ޕައުންޑަށް ވުރެ ގިނައިން ހަރަދުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެހެން ނަމަވެސް އަހަރުން އަހަރަށް ބަލާނަމަ ފަހަކަށް އައިސް ނިސްބަތުން އެ އަދަދު އަންނަނީ މަދުވަމުންނެވެ. އޭގެ އެއް ސަބަބަކީ މިދިޔަ އަހަރު ޗައިނާ ސަރުކާރުން ކަނޑައެޅި ޓެކްސް ގަވާއިދެވެ. އެ ގަވާއިދުގައިވާ ގޮތުން ބިދޭސީ ކުޅުންތެރިޔެއް ގަންނަން ކްލަބަކުން ކުރާ ހޭދައާ އެއްވަރަށް ޗައިނާގެ ފުޓްބޯޅަ ޑިވެލޮޕްމެންޓަށް ޓެކްސް ދައްކަން ޖެހެ އެވެެ.
ވެންގާ ބުނީ ފުޓްބޯޅައިގައި ހަރަދުކުރުމުގައި އޮންނަން ޖެހޭ މިންގަނޑުތަކާއި ހާސިލްވާ މިންވަރު ޗައިނާ ކްލަބްތަކަށް ދަސްވީ ފަހުން ކަމަށެވެ.
"ޗައިނާގައި ވަރަށް ބޮޑަށް އެކަން ކޮންޓްރޯލް ވެއްޖެ. މީހުންގެ ލޮލުގައި އެކަން އަޅައިނުގަންނަނީ. ބައެއް ކްލަބްތަކުން ތިބޭ ޗައިނާ އިން ވަކި ކުޅުންތެރިން އަގުބޮޑުކޮށް ގަންނާނެ ކަމަށް ވިސްނައިގެން ވެސް. އެކަމަކު އެ ދުވަސް މިހާރު ދަނީ މާޒީވަމުން،" ވެންގާ ބުންޏެވެ.
ޔޫރަޕް ކުޅުންތެރިން ޗައިނާ އަށް ބަދަލުވަނީ ޕްރެޝަރެއް ނެތި ފުޓްބޯޅަ ކުޅުމަށް ކަމަށް ވެންގާ ވަނީ ބުނެފަ އެވެ.
"ހަގީގަތުގައި ގިނަ ކުޅުންތެރިން ޗައިނާ ކްލަބްތައް އިހުތިޔާރުކުރަނީ ޕްރެޝަރު ކުޑަކޮށް ފުޓްބޯޅަ ކުޅެން. ހަގީގަތުގައި ފައިސާއާ އެއްވަރަށް އޮންނަ ހިތްހަމަ ޖެހުމެއް އެއީ ވެސް. ފުޓްބޯޅަ އަކީ ހަމައެކަނި ފައިސާއެއް ނޫން،" ވެންގާ ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑުން 2016 ވަނަ އަހަރު 100 މިލިއަން ޔޫރޯ އަށް ޕައުލް ޕޮގްބާ ގަތުމުން ވެންގާ އޭރު ބުނީ ކުޅުންތެރިންގެ އަގު 200 މިިލިއަން ޔޫރޯ އަށް އަރާ ދުވަސް ވެސް ކައިރީގައި އޮތް ކަމަށެވެ. ޕޮގްބާގެ ރެކޯޑް ޓްރާންސްފާ މުގުރާލުމަށް ފަހު މި ސީޒަނުގައި ޕީއެސްޖީން ވަނީ ބާސެލޯނާ އިން ނޭމާ 222 މިލިއަން ޔޫރޯ އަށް ގަނެފަ އެވެ.
"ފުޓްބޯޅަ ބަދަލުވަމުންދާ ސްޕީޑް އަވަސް. އަހަރެންގެ ނަޒަރުގައި ދެން އަގުބޮޑުވާނީ ހަމައެކަނި ފީއެއް ނޫން. ދެން ބޮޑުވާނީ ކުޅުންތެރިންގެ މުސާރަ. ކުޅުންތެރިއަކަށް ހަފްތާ އަކު އެއް މިިލިއަން ޕައުންޑް ދޭ ދުވަސް ވެސް އަތުވެދާނެ،" ދާދި ފަހުން ޓީވީ އިންޓަވިއުއެއްގައި ވެންގާ ބުންޏެވެ.
ފުޓްބޯޅަ ސްކޫލެއްގެ ޕްރޮޖެކްޓްގައި ވެންގާ އިންޑިއާ އަށް
ހޯލް އޮފް ފޭމް: ފުރަތަމަ ކޯޗުންނަކީ ފާގީ އާއި ވެންގާ
ޖަރުމަނަށް ނާކާމިޔާބުވީ އެހެންކަންކަމާ އުޅެން ހަދައިގެން
ދެ އަހަރުން ވޯލްޑް ކަޕް ބާއްވަން ސަޕޯޓަރުން ބޭނުންވޭ
"ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވަން ފެނޭ"
ޗައިނާގައި ކުޅުންތެރިންގެ މުސާރަ ކޮންޓްރޯލްކުރަނީ
ފުޓްބޯޅަ ގަވާއިދަށް ވެންގާ ހަތަރު ބަދަލެއް ހުށަހަޅަނީ
ޔުނައިޓެޑް ދޫކޮށް އިގާލޯ އެނބުރި ޗައިނާ އަށް؟
ޗައިނީސް ސުޕަ ލީގު ޖޫންގައި ފަށަނީ؟
ޗައިނާގައި ބިދޭސީ ކުޅުންތެރިން ކަރަންޓީނު ކުރަނީ