11 އޮކްޓޯބަރ 2020
ޕެރިސް (އޮކްޓޫބަރު 11) - ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑްގެ މަގާމާ ހަވާލުވެ ހުރި މަޝްހޫރު ކޯޗު އާސެން ވެންގާ ފުޓްބޯޅައިގެ ގަވާއިދަށް ހަތަރު ބަދަލެއް ގެންނަން ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
ޕެރިސް (އޮކްޓޫބަރު 11) - ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓްގެ ހެޑްގެ މަގާމާ ހަވާލުވެ ހުރި މަޝްހޫރު ކޯޗު އާސެން ވެންގާ ފުޓްބޯޅައިގެ ގަވާއިދަށް ހަތަރު ބަދަލެއް ގެންނަން ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.
ބާވީސް އަހަރު އާސެނަލަށް ކޯޗުކޮށްދިިން ވެންގާ މީގެ ދެ އަހަރު ކުރިން އެ ޓީމު ދޫކޮށްލުމަށް ފަހު ފީފާގެ މަގާމާ ހަވާލުވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގަ އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ހާއްސަ ހުށަހެޅުއްވުމަކަށް އުމުރުން 70 އަހަރުގެ ވެންގާ ފީފާގެ އިސް މަގާމަކަށް ދިޔައީ ފުޓްބޯޅައިގެ ޑިވެލޮޕްމަންޓަށް ގިނަ މަސައްކަތްތަކެއް ކުރަން ބޭނުންވާތީ އެވެ.
ދާދި ފަހުން ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުނީ ޒަމާނަށް އަންނަ ބަދަލުތަކާ އެކު ފުޓްބޯޅަ އަށް ވެސް ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެ ގޮތުން ވެންގާ ހުށަހަޅަން ވިސްނާފައިވާ ހަތަރު ބަދަލަކީ އަމިއްލަ ހާފް ތެރެއިން ލިބޭ އެއްލުންތަކުގެ ބަދަލުގައި ފައިން ޖެހުން ޖެހޭ ގޮތަށް ހެދުމާއި ހަނި ތަފާތަކުން އޮފްސައިޑްވާ ގޮތަށް އޮތްއޮތުން ދޫކޮށްލާ ޑިފެންޑަރާއި ފޯވާޑް އެއް ލައިނެއްގައި ހުރެފިނަމަ އޮފްސައިޑް ނުވާގޮތަށް ހެދުމާއި ކޯނަރުތަކުގައި ބޯޅަ ބޭރުން އެތެރެއަށް އައި ކަމަށް ވިޔަސް އެ ގޮތަށް ކުރިއަށް ދެވޭ ގޮތް ހެދުމުގެ އިތުރުން ހިލޭ ޖެހުންތައް ރެފްރީގެ ކަށިގަނޑާ އެކު އަމިއްލަ އަށް ޓީމުގެ އެހެން ކުޅުންތެރިއަަށް ނުދީ ކުޅެވޭގޮތް ހެދުމެވެ.
"މިސާލަކަށް މެޗު ނިމެން ފަސް މިނިޓަށް ވެފައި އޮންނަ ވަގުތެއްގައި ލިބޭ އެއްލުމެއް ވެސް ޖެހޭ އެޑްވާންޓޭޖެއް ނެގޭ ގޮތަށް އޮންނަން. އެ އެޑްވާންޓޭޖް ދެވޭނެ ގޮތެއް އަމިއްލަ ހާފުގައި އެއްލުމަށް ލިބޭ ބޯޅަ ފައިން ޖެހޭ ގޮތަށް އޮތުމަކީ. ސްޓެޓްސްތަކުން ފެންނަން އޮތް ހަގީގަތަކީ މެޗުގެ އިތުރު ވަގުތުގައި އަމިއްލަ ހާފުން ލިބޭ އެއްލުން އެއްލައިގެން ކޮންމެ 10 ފަަހަރަކުން އަށް ފަހަރު އޮންނަނީ ގެއްލިފައި،" ވެންގާ ބުންޏެވެ.
ވެންގާ ބުނީ އޮފްސައިޑް ގަވާއިދަށް އޭނާ ހުށަހަޅާ ގަވާއިދުގެ ސަބަބުން ހައިލައިންގައި ކުޅޭ ޑިފެންސް ލައިނުތަކުގައި ތިބޭ ކުޅުންތެރިންނަށް އޮންނަ ޑިސެޑްވާންޓޭޖް ބޮޑު ނަމަވެސް އެ ގަވާއިދުގެ ސަބަބުން މުޅި ޓީމުގެ ކުޅުން ރަނގަޅުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ.
ފުޓްބޯޅަ އަށް ގެނައި ބޮޑެތި ބަދަލުތަކަށް ބަލާއިރު 1992 ވަނަ އަހަރު އަމަލުކުރަން ފެށި ބެކް ޕާސް ގަވާއިދާއި 2012 ވަނަ އަހަރުގެ ގޯލް ލައިން ޓެކްނޮލޮޖީ އަދި 2018 ވަަނަ އަހަރުގެ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ހިމެނެ އެވެ. މި ގަވާއިދުތަކުގެ ބަދަލުގައި ވެންގާ ޝައުގުވެރިވީ ގޯލްކިކު ޖަހާއިރު އަމިއްލަ ޓިމުގެ ކުޅުންތެރިން އޭރިއާތެރޭގައި ތިބެވޭ ގޮތަށް އޮތުމެވެ.
"މި ގަވާއިދުގެ ސަބަބުން ކީޕަރު އެބަވޭ ޕްލޭމޭކަރަށް. އެޓޭކްގެ ފެށުން ވެސް އެބަގުޅޭ ކީޕަރާ ހަމައިން. މިއީ ވަރަށް ޝައުގުވެރި އެކަމަކު ވަރަށް ބިރުވެރި ކަންތައްތަކެއް ވެސް ނުކުމެދާނެ ގަވާއިދަކަށް ވެފައި އޮތީ. އެއީ އެޓޭކް ފެށުން ދަނޑުގެ ދިގުމިނަށް ދެމިގެން މިދިޔައީ. ބޯޅަ ހިފަހައްޓައިގެން ދަނޑުގެ ޑިސްޓެންސް ކަވަރުކޮށްގެން ކުޅޭ ޓީމުތަކަށް އެޑްވާންޓޭޖް ބޮޑު،" ވެންގާ ބުންޏެވެ.
"ފަހުގެ ފުޓްބޯޅައިގައި ބޯޅައިގެ ހުނަރަށް ވުރެން ފިޓްނަސްގެ ވިސްނުން ތަފާތު ކުޅުންތެރިން ކުރި ހޯދާތަން މި ފެންނަނީ. އެއީ ފުޓްބޯޅައިގެ އެތުލެޓިސިޒަމް ފަޅީގެ ރޯލު ބޮޑުމިވަނީ. އެއީ ފިޓްކޮށް ހުންނަން ބޭނުންވާ ސިއްހީ ހޯދުންތައް ގިނަވާތީ،"
ފްރާންސްގެ ނޯންސީ އާއި މޮނާކޯ އަދި ޖަޕާނުގެ ނަގޯޔާ ގްރަމްޕެސް އަށް ކޯޗުކޮށްދިން ވެންގާ ހުށަހަޅަން ބޭނުންވާ ގަވާއިދުތައް ފުޓްބޯޅައިގެ ގަވާއިދުގެ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް)އާ އެކު އޮންނަ ބައްދަލުވުމުގައި އަންނަ އަހަރު ހުށަހަޅާނެ އެވެ. މާޗް ނޫނީ އޭޕްރީލްގައި ބާއްވަން ނިންމާފައިވާ އެ ޓެކްނިކަލް ބައްދަލުވުމުގައި ވެންގާގެ ހުށަހެޅުންތައް ފާސްކުރަން ބޮޑު އިންސައްތައެއްގެ ވޯޓު ބޭނުންވާނެ އެވެ.
އެފްއޭއެމަށް މާލީ ލަފާ ދޭން ކުންފުންޏެއް ހަމަޖައްސައިފި
ކެމެރޫންގެ މެޗުތަކަށް ދަނޑަށް ވަނުން އެޓޫއަށް މަނާ
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
އެފްއޭއެމްގެ ދަރަނި ދައްކަން މަގުޗާޓެއް އެކުލަވާލަނީ
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
އެފްއޭއެމުން ގެއްލުނު ފައިސާ ހޯދުން ކޮމިޓީ އަށް
ސިޔާސީ ހަމަނުޖެހުމާހުރެ ޓްރާންސްފާ މުއްދަތު އިތުރުކޮށްފި
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު
ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލައިފި
މި ބުރަތައް ނޯމަލައިޒޭޝަން ކޮމިޓީއަށް އުފުލިދާނެ ބާ؟