02 ނޮވެމްބަރ 2023
އިންޑިއާގައި ފުޓްބޯޅަ ސްކޫލެއް ހުޅުވުމުގެ ޕްރޮޖެކްޓްގައި މަޝްވަރާ އާއި ލަފާ ދޭން، ފީފާގެ ފުޓްބޯލަ ޑިވެލޮޕްމެންޓްގެ ހެޑް އާސެން ވެންގާ އިންޑިއާ އަށް ދާން ހަމަޖައްސައިފި އެވެ.
އިންޑިއާގައި ފުޓްބޯޅަ ސްކޫލެއް ހުޅުވުމުގެ ޕްރޮޖެކްޓްގައި މަޝްވަރާ އާއި ލަފާ ދޭން، ފީފާގެ ފުޓްބޯލަ ޑިވެލޮޕްމެންޓްގެ ހެޑް އާސެން ވެންގާ އިންޑިއާ އަށް ދާން ހަމަޖައްސައިފި އެވެ.
އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔަން ޗައުބޭ ވިދާޅުވީ ވެންގާ އިންޑިއާ އަށް އަންނާނީ މި މަހުގެ 19-23 އަށް ކަމަށެވެ.
އޯގަސްޓް މަހު އޮސްޓްރޭލިއާގައި ކުޅުނު އަންހެނުންގެ ވޯލްޑް ކަޕް ފައިނަލް މެޗު ބަލަން ވަޑައިގެން ޗައުބޭ އާއި އޭއައިއެފްއެފްގެ ސެކްރެޓަރީ ޖެނެރަލް ޝާޖީ ޕްރަބާކަރަން ވަނީ މަރުކަޒީ ފުޓްބޯޅަ އެކަޑަމީއެއް ހުޅުވުމާ ބެހޭ ގޮތުން އާސެނަލްގެ ކުރީގެ ކޯޗާ އެކު އޮސްޓްރޭލިއާގައި މަޝްވަރާކޮށްފަ އެވެ.
ޓްވިޓާގައި ކުރި ޕޯސްޓްގައި ޗައުބޭ ވަނީ، އިންޑިއާގެ ފުޓްބޯޅަ ކުރިއެރުވުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެއްވާ އަހަމަިއްޔަތު ފާހަގަ ކޮށްފަ އެވެ.
އޭނާ ވިދާޅުވީ ފުޓްބޯޅަ ސްކޫލްގެ މަސައްކަތަށް ވެންގާ އިންޑިއާ އަށް ދާނެކަން، ކަށަވަރުކޮށް ދެއްވީ އިންފަންޓީނޯ ކަމަށެވެ.
"އަހަރެން ބޭނުން އިންޑިއަން ފުޓްބޯޅައިން ބާއްވާ ހާއްސަ ސެޝަނަކަށް އައިއެސްއެލް، އައިލީގް ކްލަބް ވެރިން އަދި ފުޓްބޯޅަ ޖަމިއްޔާތަށް ގެންނަން،" އެކްސްގައި ޗައުބޭ ލިޔުނެވެ.
ޗައުބޭ ކުރިން ވިދާޅުވީ ވެންގާގެ ތަޖުރިބާ އާއި އިންޑިއާގެ އެފްއޭގެ ބުރަ މަސައްކަތުން ކުރިމަގުގެ ތަރިން އުފެއްދުމަށް އިންޑިއާ އަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.
މީގެ ކުރިން ވެންގާ ވެސް ވަނީ އިންޑިއާގައި ހުނަރު ތަރައްގީ ކުރުމުގެ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރމަށް ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ. އޭނާ ބުނީ ފުޓްބޯޅަ އެޑިއުކޭޝަން މެދުވެރިކޮށް އިންޑިއާގެ ކުޑަކުދިންނަށް އުފާވެރިކަން ގެންނަން ބޭނުންވާ ކަމަށެވެ.
މިއަހަރު އެންމެ މެޗަކުން ވެސް އިންޑިއާ މޮޅެއް ނުވި
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުވައިތު ވާދަކުރަނީ
އައި-ލީގަކީ އިންޑިއާގެ އެއްވަނަ ލީގުކަމަށް ކަނޑައަޅަނީ
އިންޑިއާގެ ސުޕްރީމް ކޯޓުން އެފްއޭގެ ރައީސް ވަކިކޮށްފި
ފުޓްބޯޅަ ގަވާއިދަށް ވެންގާ ހަތަރު ބަދަލެއް ހުށަހަޅަނީ
ކޯޗިން އަށް އެނބުރި އަންނަން ވެންގާ ބޭނުންވެއްޖެ
ވެންގާ އަށް އިހުތިރާމް ކުރަން ޖެހޭ: ފާގަސަން
11 އަހަރަށް ފަހު އާސެނަލަށް ދެ ވަނަ، ޓޮޓެންހަމަށް ވެންގާ ބައްޔެއް ނުކުރެވުނު
ގުރައިދޫ އެއްވަނަ، ފުވައްމުލަކާއި ތިމަރަފުށި ގުރަކަށް
އޭދަފުށީގެ ދުވަހެއް، ދިއްދޫ ކަޓުވާލުމަށްފަހު ކުއާޓާއަށް