Roadha Mihaaru
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުވައިތު ވާދަކުރަނީ

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުވައިތު ވާދަކުރަނީ

04 މެއި 2023

އިންޑިއާގައި މި އަހަރު ބާއްވާ، ސާފް ޗެމްޕިއަންޝިޕްގައި ކުވައިތު ވާދަ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އިންޑިއާގައި މި އަހަރު ބާއްވާ، ސާފް ޗެމްޕިއަންޝިޕްގައި ކުވައިތު ވާދަ ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އަންނަ މަހު ބާއްވާ މުބާރާތުގައި އަށް ޓީމު ބައިވެރި ކުރުމަށް އިންޑިއާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ކުވައިތަށް ދިން ދައުވަތު އެ ގައުމުގެ އެފްއޭއިން ވަނީ ގަބޫލުކޮށްފަ އެވެ. އަދި ވެސް އިތުރު ގައުމެއް މުބާރާތުގައި ވާދަ ކުރާނެ އެވެ. މި އަންނަ ހަފުތާގައި ބާއްވާ ސާފްގެ ބައްދަލުވުމުގައި އެ ޓީމު އިއުލާން ކުރާނެ އެވެ. ސާފް މެންބަރު ގައުމެއް ކަމަވާ ސްރީ ލަންކާ ފީފާގެ ސަސްޕެންޝަންގައި އޮތުމުން އެ ޓީމަށް ވާދަ ނުކުރެވޭނެ އެވެ.

އިންޑިއާއިން ވަނީ އުރުދުން އާއި ބަހްރެއިން އަދި ސިންގަޕޫރު އަދި އިންޑޮނޭޝި އަށް ވެސް މުބާރާތުގައި ދައުވަތު ދީފަ އެވެ.

ދުނިޔޭގެ ރޭންކިންގެ 143 ވަނައިގައި އޮތް ކުވައިތާ އެކު ސާފް ޗެމްޕިއަންޝިޕްގެ ފުޓްބޯޅައިގެ ފެންވަރު މަތިވާނެ ކަމަށް ސަރައްދީ ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.

ކުވައިތަކީ އަށްޑިހައިގެ އަހަރުތަކުގެ ކުރީކޮޅު އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރެކެވެ. އެ ގައުމުން ވަނީ ސްޕެއިން ގައި 1982 ގައި ބޭއްވި ވޯލްޑް ކަޕުގައި ވާދަކޮށްފަ އެވެ. އެކަމަކު ފަހުން އެ ގައުމުގެ ފުޓްބޯޅަ އަޑިއަޅާލި އެވެ.