24 ސެޕްޓެމްބަރ 2024
ބޫޓާނުގައި ކުރިއަށްދާ 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން 3-0 ން ބަލިވެ ރާއްޖެ އަށް މުބާރާތް ނިމިއްޖެ އެވެ.
ބޫޓާނުގައި ކުރިއަށްދާ 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން 3-0 ން ބަލިވެ ރާއްޖެ އަށް މުބާރާތް ނިމިއްޖެ އެވެ.
ރާއްޖޭން ނިންމާލީ ބަންގްލަދޭޝް އަތުން ހޯދި އެންމެ ޕޮއިންޓަކުންނެވެ.
ރާއްޖޭގެ ފުރަތަމަ 11 އިގައި އާންމުކޮށް ކުޅޭ ކުޅުންތެރިންނަށް އަނިޔާގެ ބައެއް މައްސަލަތަކާ ހެދި މިއަދުގެ މެޗުގައި ނުކުޅެވުނެވެ.
ޓީމުގެ ކޯޗު މުހައްމަދު އާދަމް ބުނީ، ދިވެހި ޓީމަށް ކުރިމަތިވި އެންމެ ބޮޑު މައްސަލަ އަކީ މޫސުމުގެ މައްސަލަ ކަމަށެވެ. ފަރުބަދަމަތީ ގައުމު ބޫޓާންގެ ފިނިމިން މިއަދު ހުރީ މައިނަސް 21 ޑިގްރީގަ އެވެ.
"މޫސުމުގެ ސަބަބުން އަހަރެންގެ މުހިންމު ދެ ކުޅުންތެރިން ބަލިވި. ފުރަތަމަ 11 ގައި އެ ދެ ކުޅުންތެރިން ޖަހައިގެން އަހަރެން ހުރީ. އެކަމަކު އެންމެ ފަހު ވަގުތު ހޮޑުލާން ފެށީމަ އެ ކުޅުންތެރިންނާ ވާހަކަ ދައްކާފަ އަހަރެން ނިންމީ ބަދަލު ގެންނަން،" މުބާރާތަށް ދިޔައިރު ވެސް ފާޑުކިޔުން އަމާޒުވެފައިވާ މުހައްމަދު ބުންޏެވެ.
އެންމެ ފަހުގެ ޗެމްޕއިން އިންޑިއާ އަދި ރަނަރަފް ބަންގްލަދޭޝްއާ އެކު ލައްވާލުމުން އޭނާ ސިފަ ކުރީ ރާއްޖޭގެ ގުރޫޕަކީ މަރުގެ ގުރޫޕްގެ ގޮތުގަ އެވެ.
އޭނާ ބުނީ މޫސުމުގެ ސަބަބުން ދިވެހި ޓީމަށް ކުރިމަތިވި ބަދު ނަސީބު ހާލަތެއް ކަމަށެވެ. ކުޅުންތެރިންނަށް ގަދަ ފިނީގެ ސަބަބުން މައްސަލަ ކުރިމަތި ނުވިނަމަ، މިއަށް ވުރެ ރަނގަޅު ކުޅުމެއް ދެއްކުނީސް ކަމަށް އޭނާ ބުންޏެވެ.
"އަހަރެމެންނަށް ކުރިމަތިވީ ބަދު ނަސީބު ހާލަތެއް. މިބުނީ މި މޫސޫމަށް އަހަރެމެންގެ ކުޅުންތެރިން ހޭނެން ވީ އުނދަގޫ ކަމަކަށް. މެޗަށް ކުޅުންތެރިން ތައްޔާރުކުރަން އަހަރެމެންނަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރިން. އަހަރެމެންގެ ކުޅުންތެރިން ހަމަކޮށް ތިބިނަމަ މިއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކުނީސް،" ސާފްގެ މީޑީއާ އާ ވާހަކަ ދައްކަމުން މުހައްމަދު ބުންޏެވެ.
ހިތްދަތި ނަތީޖާއަކުން ރާއްޖެއަށް މުބާރާތް ނިމިއްޖެ
ބޫޓާން އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުގެ ބިރު
މުބާރާތަށް ދާންޖެހޭނީ ބައިވެރިވެލާކަށް ނޫން: ރާފިއު
ސާފްގެ ނާކާމިޔާބީގެ ޒިންމާ ނަގާނެ ބަޔަކު ނެތް؟
މުސާރައިގެ ވާހަކަ އެހުމުން އެފްއޭއެމަށް ވީ ނެގެޓިވް
ސާފްގެ ގުރޫޕް ސްޓޭޖުން އަލަށް ރާއްޖެ ކަޓައިފި
އަހަރެންގެ ވެސް އެފްއޭގެ މައްސަލައެއް ވެސް ނެތް: ކޯޗް
ޓޮމްގެ ވާހަކަ: ކުޅުންތެރިންނަށް ނެގެޓިވް އެނަޖީ ނުދީ!
ޕްރެޝަރު ކުރިމަތިވުމުން ބައްސާމް ޕްރެސް ކޮންފަރެންސަކަށް
ކްލަބްތަކުގެ މައްސަލަ އަޑިއަށް، ކޯޗަށް އަދަބު ދެނީ