05 ޑިސެމްބަރ 2022
ފީފާ ވޯލްޑް ކަޕް ގައި ވާދަކުރާ ގަދަ ބާރުތަކުގެ ތެރެއިން ގިނަ ޓީމުތަކަށް ނާކާމިޔާބުވީ ފުޓުބޯޅައަށް ވުރެ ބޮޑައް ސިޔާސީ ކަންކަން ފަތުރަން އުޅެގެން ކަމަށް، ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑެވެލޮޕްމަންޑް، އާސެން ވެންގާ ބުނެފި އެވެ.
ފީފާ ވޯލްޑް ކަޕް ގައި ވާދަކުރާ ގަދަ ބާރުތަކުގެ ތެރެއިން ގިނަ ޓީމުތަކަށް ނާކާމިޔާބުވީ ފުޓުބޯޅައަށް ވުރެ ބޮޑައް ސިޔާސީ ކަންކަން ފަތުރަން އުޅެގެން ކަމަށް، ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑެވެލޮޕްމަންޑް، އާސެން ވެންގާ ބުނެފި އެވެ.
ވެންގާ ހާމަކުރާ ގޮތުގައި ޖަރުމަނާއި ޑެންމާކް ފަދަ ގައުމުތަކުން ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗާ ކުރިމަތިލީ ފުޓުބޯޅައަށް ވުރެ ބޮޑަށް ސިޔާސީގޮތުން ކަންކަން ޕްރޮމޯޓް ކުރަށް އިސްކަން ދީގެން ކަމަށެވެ.
ޑެންމާކުން ގުރޫޕް ސްޓޭޖްގެ ފުރަތަމަ މެޗުގައި ޓިއުނީޝީއާއާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރުވި އިރު، ޖަޕާނުން ވަނީ ފަހަތުން އަރައި ޖަރުމަން 2-1 އިން ބަލިކޮށްފަ އެވެ.
ޖަރުމަނާއި ޑެންމާކަކީ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަން 'ވަންލަވް' ކެޕްޓަން ބޭންޑް އަޅަން ބޭނުންވި ޔޫރަޕުގެ ހަތް ގައުމުގެ ތެރޭން ދެ ގައުމެކެވެ. މިކަމަށް ތާއީދުކުރި އަނެއް ފަސް ގައުމަކީ ބެލްޖިއަމް، ސްވިޒަލެންޑް، ނެދަލެންޑްސް، އިންގްލެންޑް އަދި ވޭލްސް އެވެ.
ނަމަވެސް އެފަދަ ޝިއާރުތައް ފާޅުކުރުމަކީ ގަތަރު ފަދަ މުސްލިމް ގައުމެއްގެ ސަގާފަތާ ހިލާފް އަމަލަކަށް ވާތީވެ ފީފާއިން ވަނީ އޭގެ ކެޕްޓަން ބޭންޑް އަޅައިފި ނަމަ ޑިސިޕްލިނަރީ ފިޔަވަޅު އަޅާނެ ކަމަށް އަންގައިފަ އެވެ. މި ހަތް ގައުމުން ވެސް ފީފާ ކުރިމަތީ ގޮތް ދޫކޮށް 'ވަންލަވް' ބޭންޑް ނާޅަން ނިންމީ ފީފާގެ މި ނިންމުމާ ގުޅިގެންނެވެ.
ފީފާގެ އިންޒާރާ އެކު ޖަރުމަނުން ވަނީ ފުރަތަމަ މެޗުގެ ކުރިން ނެގި ޓީމް ފޮޓޯ ގައި، ހުރިހާ ކުޅުންތެރިންގެ އަނގަމަތީ އަތް އަޅައިގެން ހިމޭން ހަޅުތާލެއް ކޮށްފަ އެވެ. ނަމަވެސް ހަޅުތާލަކުން ފެށި މެޗުން ބަލިވީ އެވެ.
"ފުރަތަމަ މެޗުގެ ކުޅުމާ މެދު މާޔޫސް ނުވާ ޓީމުތައް، ވޯލްޑް ކަޕާ ކުރިމަތިލާއިރު، ފުރަތަމަ މެޗުން ބަލިވާކަށް ނޭދޭނެ ކުރީގެ މުބާރާތްތަކުގައި ނަތީޖާ ނެރެ، ތަޖުރިބާ ހޯދާފައިވާ ޓީމުތަކެއް. ފްރާންސާއި އިންގްލެންޑް އަދި ބްރެޒިލް ފަދަ ޓީމުތައް،" ދޯހާ ގައި އޮތް މީޑީއާ ބްރީފިން ގައި ވެންގާ ބުންޏެވެ.
"އެ ޓީމުތައް (ފްރާންސް، އިންގްލެންޑް، ބްރެޒިލް) މޮޅަށް ކުޅުނު، މެންޓަލީ ވަރަށް ބޮޑަށް ތައްޔާތު ވެގެން ކުޅުންތެރިން ތިބީ މުބާރާތަށް ފޯކަސް ކޮށްގެން، ސިޔާސީ ކަންކަން ޕްރޮމޯޓް ކުރާކަށް ނޫން."
ޑެންމާކުގެ ކޯޗު ކޯޗު ކެސްޕާ ހިޔުލްމަންޑް ވެސް ވަނީ ސިޔާސީ ކަންކަމާ ގުޅިގެން ޓިމަށް އުނދަގޫތަކެއް ކުރިމަތިވީ ކަމަށް އެއްބަސް ވެފަ އެވެ. ޖަރުމަން ވެސް ވަނީ ގުރޫޕް ސްޓޭޖާ ހަމައިން މުބާރާތުން ކަޓައިފަ އެވެ.
މި ހުރިހާ ކަމަކާއެކު ވެސް ގަތަރަކީ ކޮންމެ ގައުމެއްގެ ބަޔަކަށް ވެސް މަރުހަބާ ކިޔާނެ ގައުމެއް ކަމަށް، އެ ގައުމުން ހާމަ ކުރެ އެވެ. ނަމަވެސް އެއީ މުސްލިމު ގައުމަކަށް ވެފައި، ގައުމުގެ އުސޫލް ތަކާއި ސަގާފަތަށް އިހުތިރާމް ކުރަން، ގަތަރަށް ޒިޔާރަތްކުރާ ފަރާތްތައް ކިބައިން އެ ގައުމުން އެދެ އެވެ.
ފުޓްބޯޅަ ސްކޫލެއްގެ ޕްރޮޖެކްޓްގައި ވެންގާ އިންޑިއާ އަށް
ހޯލް އޮފް ފޭމް: ފުރަތަމަ ކޯޗުންނަކީ ފާގީ އާއި ވެންގާ
ދެ އަހަރުން ވޯލްޑް ކަޕް ބާއްވަން ސަޕޯޓަރުން ބޭނުންވޭ
"ވޯލްޑް ކަޕް ދެ އަހަރުން އެއް އަހަރު ބާއްވަން ފެނޭ"
ފުޓްބޯޅަ ގަވާއިދަށް ވެންގާ ހަތަރު ބަދަލެއް ހުށަހަޅަނީ
ވެންގާ އަށް އާސެނަލުން މަގާމެއް ދެނީ
އާސެނަލްގެ ހާލަތާ މެދު ވެންގާ ހިތާމަކުރަނީ
ވެންގާ ފީފާގެ އިސް މަގާމަކަށް
ހަޒާޑަށް ރޮނާލްޑޯގެ މަގާމު ފޫނުބެއްދޭނެ: ވެންގާ
ކޯޗިން އަށް އެނބުރި އަންނަން ވެންގާ ބޭނުންވެއްޖެ