Roadha Mihaaru
ހުއްދަ ނެތި ފެއާތައް ބާއްވައިގެން ނުވާނެ: ޑީއެޗްއީ

ހުއްދަ ނެތި ފެއާތައް ބާއްވައިގެން ނުވާނެ: ހަޔާ އެޑިއުކޭޝަން

09 ޖެނުއަރީ 2018

ތައުލީމީ ފެއާތަކާއި ތަމްރީން ޕްރޮގްރާމްތައް ބާއްވާއިރު ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) ގެ ހުއްދަ ނަގަން ޖެހޭނެ ކަމަށް އެ ޑިޕާޓްމަންޓުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތައުލީމީ ފެއާތަކާއި ތަމްރީން ޕްރޮގްރާމްތައް ބާއްވާއިރު ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) ގެ ހުއްދަ ނަގަން ޖެހޭނެ ކަމަށް އެ ޑިޕާޓްމަންޓުން މިއަދު ބުނެފި އެވެ.

ޑީއެޗްއީ އިން ކުރި އިއުލާނުގައި ބުނީ ތައުލީމާ ގުޅުންހުރި ފެއާތައް ބައެއް ފަރާތްތަކުން ހުއްދަ ނުނަގާ ބާއްވަމުން އަންނަ ކަމަށެވެ.

އެ ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ފެއާތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގާއިރު ހުއްދަ ނެގުމަކީ ކުރިން ވެސް އޮންނަ އުސޫލު ކަމަށެވެ. އެކަމަކު ބޭރުގެ ފަރާތްތަކާ ގުޅިގެން ފެއާތައް ބާއްވާއިރު، ހުއްދަ ނުނަގާ ކަމުގެ ޝަކުވާ ލިބޭކަން ފާހަގަކުރެއްވި އެވެ.

"ކުރިން ވެސް އޮންނަނީ، ފެއާތައް ބާއްވާއިރު ހުއްދަ ނަގަންޖެހޭ ކަމަށް. އެކަމަކު މިފަހަކަށް އައިސް، އެކަމުގެ ހުއްދަ ނުލިބި ފެއާތައް މި ބާއްވަނީ،" ނަޒީރު ވިދާޅުވި އެވެ.

އެހެންވެ ކުރިއަށް އޮތް ތަނުގައި އެފަދަ ފެއާތަކާއި ޕްރޮގްރާމްތައް ބާއްވާއިރު ހުއްދަ ނަގަން ވަނީ އެދިފަ އެވެ.