12 އޯގަސްޓް 2018
މެލޭޝިއާ ސަރުކާރުން ރާއްޖެ އަށް ދިން ސްކޮލަޝިޕްތަކުގެ ތެރެއިން 250 ޖާގަ އަށް ކުރިމަތިލުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން އިއްޔެ ހުޅުވާލައިފި އެވެ.
މެލޭޝިއާ ސަރުކާރުން ރާއްޖެ އަށް ދިން ސްކޮލަޝިޕްތަކުގެ ތެރެއިން 250 ޖާގަ އަށް ކުރިމަތިލުމުގެ ފުރުސަތު ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން އިއްޔެ ހުޅުވާލައިފި އެވެ.
މިއީ އެ ގައުމުގެ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެޑިއުކޭޝަން ގްލޯބަލް ސާވިސަސް (އީއެމްޖީއެސް) އިން މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް ދިން 500 ސްކޮލަޝިޕްގެ ދަށުން ހުޅުވައިލި ފުރުސަތެކެވެ.
މި ސްކޮލަޝިޕްގައި ކިޔެވުމަށް މިދިޔަ ފެބްރުއަރީ މަހު ވެސް 250 ފުރުސަތު ހުޅުވައިލި އެވެ. އެގޮތުން، އިއްޔެ މި ހުޅުވައިލީ ބާކީ ހުރި 250 ފުރުސަތަށެވެ.
މި ބުރުގައި މި ހުޅުވައިލީ ޑިޕްލޮމާގެ 10 ފުރުސަތާއި ޑިގްރީ އަށް 190 ފުރުސަތު އަދި މާސްޓާސް ޑިގްރީ އަށް ކިޔެވުމަށް 50 ޖާގަ އެވެ. މިއީ ޓިއުޝަން ފީ އިން 50 ޕަސެންޓް ޑިސްކައުންޓް ލިބޭ ސްކޮލަޝިޕްތަކެކެވެ.
ޑިޕްލޮމާ އަށް ކިޔެވޭނީ އެއާކްރާފްޓް އިންޖީނިއަރިން އެކަންޏެވެ. އެކަމަކު ޑިގްރީ އަދި މާސްޓާސް ޑިގްރީ އަށް ކިޔެވުމަށް ގިނަ ދާއިރާތަކެއް ކަނޑައަޅާފައިވާއިރު، އެ އިން ކޮންމެ ދާއިރާއަކުން ވެސް ދަރިވަރުންނަށް ކިޔެވޭނެ އެވެ.
މެލޭޝިއާގެ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ 17 ޔުނިވާސިޓީއަކުން ކިޔެވޭ މި ފުރުސަތުތަކަށް އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭނެ އެވެ.
ޑީއެޗްއީ ހިންގުމާ ހަވާލުވެ ހުންނެވި، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު ހުޅުވައިލި ފުރުސަތަށް ވެސް 250 ދަރިވަރުން ކުރިމަތިލި ކަމަށެވެ. އޭގެ ތެރެއިން ބައެއް ދަރިވަރުން މިހާރު ކިޔަވަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވި ގޮތުގައި، ސްކޮލަޝިޕްތަކަށް ކުރިމަތިލުމަށް ޑީއެޗްއީ އަށް ދިއުމުގެ ބަދަލުގައި އެކަމަށް ހާއްސަ ޕޯޓަލްއަކުން ފޯމު ހުށަހެޅޭނެ އެވެ.
Student Portal
މަތީ ތައުލީމުގެ އެކި ފުރުސަތުތަކަށް ކުރިމަތިލުމަށް ހާއްސަކޮށްފައިވާ ސްޓޫޑެންޓް ޕޯޓަލްގެ ލިންކް
ދަރިވަރުގެ އަމިއްލަ އީމެއިލް އަދި ޕާސްވޯޑް ބޭނުންކޮށްގެން ލޮގިން ވުމަށް ފަހު، ސެޓްފިކެޓްތަކާ އެކު ސްކޮލަޝިޕަށް ކުރިމަތިލެވޭނެ އެވެ. ލިޔެކިޔުމެއް މަދުވެއްޖެ ނަމަ އެ ކަން އަންގައިދޭން މެސެޖެއް ލިބޭނެ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.
"ސްޓޫޑެންޓް ޕޯޓަލް މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެން ވެސް ސްކޮލަޝިޕަށް ކުރިމަތިލެވޭނެ. މިސާލަކަށް ގޭގައި އިންޓަނެޓް ލިބެން ނެތިއްޔާ ވެލާނާގެ ދެވަނަ ފަންގިފިލާގައި ހާއްސަ ކޮށްފައިވާ ސްޓޫޑެންޓް ލައުންޖުން ވެސް ސްކޮލަޝިޕަށް ކުރިމަތިލެވޭނެ،" ނަޒީރު ވިދާޅުވި އެވެ. "ފޯމު ހުށަހެޅުމާ އެކު ސްކޮލަޝިޕްތަކުގެ މައުލޫމާތު ދަރިވަރުންނަށް ލިބެމުން އަންނާނެ."
މެލޭޝިޔާ އިން ރާއްޖެ އަށް 500 ސްކޮލަޝިޕް ދީފި
މަތީ ތައުލީމު ލޯނަށް ކުރިމަތިލާން ހުޅުވާލައިފި
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ
މެލޭޝިޔާގެ 250 ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
2050 ސްކޮލަޝިޕުން ކިޔެވޭ ދާއިރާތައް ކަނޑައަޅައިފި
2050 ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
ލިމްކޮކް ޔުނިވާސިޓީގެ ސްކޮލަޝިޕްތަކަށް ހުޅުވާލައިފި
2050 ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލަނީ
އެޑިއުކޭޝަނުން 10 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަނީ
މައި ކޮލެޖުން ވޮކޭޝަނަލް ޕްރޮގްރާމްތައް ފަށަނީ