10 ޑިސެމްބަރ 2017
ވޯލްޑް ބޭންކާއެކު އެޑިއުކޭޝަން މިނިސްޓްރީން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއެއް ފަށަން ނިންމައިފި އެވެ.
ވޯލްޑް ބޭންކާއެކު އެޑިއުކޭޝަން މިނިސްޓްރީން 10 މިލިއަން ޑޮލަރު (154 މިލިއަން ރުފިޔާ)ގެ ބޮޑު މަޝްރޫއެއް ފަށަން ނިންމައިފި އެވެ.
އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާނީ މަތީ ތައުލީމު ދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ ބޮޑު މަސައްކަތެއް ކަމަށެވެ.
އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މި މަޝްރޫއު ފަށަން ހަމަޖައްސާފައިވާ ކަމަށް ނަޒީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވޯލްޑް ބޭންކާއެކު ހިންގާ މި މަޝްރޫއުން ރާއްޖޭގެ މަތީ ތައުލީމު ދޭ ތަންތަނުގެ ފެންވަރު މަތި ކުރުމަށް ގިނަ ޕްލޭންތަކެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އެ ކަންތައްތައް އަދި ފައިނަލެއް ނުކުރެ އެވެ.
ނަޒީރު ވިދާޅުވި ގޮތުގައި 10 މިލިއަން ޑޮލަރުގެ މަޝްރޫއުން ޒުވާނުން ބިނާކުރުމާއި ވަޒީފާތަކަށް ނެރުމަށް ހާއްސަ އިސްކަމެއް ދޭނެ އެވެ. އެގޮތުން ރާއްޖޭގައި މިހާރު ހިންގާ މަޝްރޫއުތަކަށް ޒުވާނުން ތަމްރީނު ކުރާނެ ކަން ވެސް ފާހަގަކުރެއްވި އެވެ.
"ޒުވާނުންނަށް ވަޒީފާ ނުލިބިފައި އެބަތިބި. ވަޒީފާ ދޭން ބޭނުންވާ މީހުންނަށް، ޒުވާނުންގެ ކިބައިގައި ހުންނަން ބޭނުންވާ ކަންތައްތަކެއް ނުހުރޭ. އެހެންވެ ޒުވާނުންގެ ކިބައިގައި ހުރި ހުނަރު ތަރައްގީ ކޮށްދިނުން ބޭނުމަކީ،" ނަޒީރު ވިދާޅުވި އެވެ.
އެޑިއުކޭޝަނުން މިހާރު ވެސް އަންނަނީ ވޯލްޑް ބޭންްކާއެކު ސްކޫލު ތައުލީމު ތަރައްގީ ކުރުމާ ބެހޭ މަޝްރޫއެއް ހިންގަމުންނެވެ. ސްކޫލު ތައުލީމަށް ގެންނަން ޖެހޭ ބަދަލުތަކާއި އިންފްރަސްޓްރަކްޗާ އަށް ގެންނަންޖެހޭ ބަދަލުތައް، އެ މަޝްރޫއުން ކުރިއަށްގެންދާނެ ކަމަށް ބުންޏެވެ.
މަތީ ތައުލީމު ދޭ ތަންތަނުގެ ފެންވަރު މަތިކުރަން އެޑިއުކޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެ އެވެ. އެގޮތުން މިިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވަނީ މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭން ލޯންޗުކޮށްފަ އެވެ.
އެ ޕްލޭނުގައި ވާ ގޮތުން މައިގަނޑު ފަސް ކަމެއް ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި މަތީ ތައުލީމުގެ ކޮލިޓީ މަތިކުރުުމާއި މަތީ ތައުލީމު ހިންގުމާ ގުޅޭ ކަންކަން ހަރުދަނާކުރުން ހިމެނެ އެވެ.
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ
އަންނަހަފުތާގައި ހުރިހާ ދަރިވަރުން ޓެބްލެޓް ބޭނުންކުރާނެ
މަތީ ތައުލީމު ލޯނަށް ކުރިމަތިލާން ހުޅުވާލައިފި
މެލޭޝިޔާ ސަރުކާރުން ދޭ 250 ސްކޮލަޝިޕަށް ހުޅުވާލައިފި
ފަސް މާއްދާއިން ފާސްވި އަދަދު 77 ޕަސެންޓަށް
2050 ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލަނީ
ހައިއެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލީ 41 ދަރިވަރުން
ލޯނު ލިބޭ ދަރިވަރުންގެ ލިސްޓު އާއްމުކޮށްފި
މަތީ ތައުލީމުގެ ލޯނަށް ކުރިމަތިލާން ހުޅުވާލައިފި
މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި