14 އޯގަސްޓް 2018
މަތީ ތައުލީމަށް ކިޔަވަން ސަރުކާރުން ދޫކުރާ ލޯނުގެ 600 ފުރުސަތަށް ކުރިމަތިލާން ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން ރޭ ހުޅުވާލައިފި އެވެ.
މަތީ ތައުލީމަށް ކިޔަވަން ސަރުކާރުން ދޫކުރާ ލޯނުގެ 600 ފުރުސަތަށް ކުރިމަތިލާން ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން ރޭ ހުޅުވާލައިފި އެވެ.
އެ ޑިޕާޓްމަންޓުން ކުރި އިއުލާނެއްގައި ބުނީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނާއި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް، އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ލޯނަށް ކުރިމަތިލެވޭނެ ކަމަށެވެ.
މިހާރު ހުޅުވާލާފައިވާ ފުރުސަތުގެ ތެރެއިން މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ދެނީ 100 ޖާގަ އެވެ. ޑިޕްލޮމާ އިން ފެށިގެން ޕީއެޗްޑީއަށް އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ހުޅުވާލާފައިވަނީ 500 ފުރުސަތެވެ.
މީގެ ކުރިން، ރާއްޖޭގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް، ކޯހުގެ ބޮޑު ބައި ނިންމި ކަމުގައި ވިއަސް ލޯނުގެ ތެރެއިން ދެނީ 70،000ރ އެވެ. ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރެއް ނަމަ އެ އަދަދު އެއް ލައްކަ ރުފިޔާ އަށް ބޮޑުކޮށްދެ އެވެ.
ނަމަވެސް އަލަށް ގެނައި ބަދަލާ އެކު، ދުނިޔޭގެ ކޮންމެ ތަނެއްގައި ކިޔަވަމުން އައި ކަމަށް ވިއަސް، ކޯހުގެ 50 ޕަސެންޓް ނިންމާފައިވާ ނަމަ ލޯނުގެ ތެރެއިން އެ ކޯހެއްގެ ފީގެ 50 ޕަސެންޓް ދެއްކޭނެ އެވެ. އެކަމަކު މި ފުރުސަތު ލިބޭނީ ޑިގްރީން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔަވަމުން އަންނަ ދަރިވަރުންނަށެވެ.
ލޯނުގެ ފުރުސަތަށް ކުރިމަތިލާން ޖެހޭނީ، ލޯނާއި ސްކޮލަޝިޕްތަކަށް ކުރިމަތިލާން ހާއްސަ ކޮށްފައިވާ ޕޯޓަލަކުންނެވެ. ދަރިވަރުގެ އަމިއްލަ އީމެއިލް އަދި ޕާސްވޯޑް ބޭނުންކޮށްގެން ސްޓޫޑެންޓް ޕޯޓަލަށް ލޮގިން ވުމަށް ފަހު، ސެޓްފިކެޓްތަކާ އެކު ލޯނަށް ކުރިމަތިލެވޭނެ އެވެ. އަދި އެ ލޯނާ ގުޅޭ މައުލޫމާތުތައް ދަރިވަރުންނަށް ލިބެމުން އަންނާނެ އެވެ. މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ކޮންމެ އަހަރަކު ވެސް ދެ ފަހަރަށް ލޯނަށް ހުޅުވާލަ އެވެ. މިއީ މި އަހަރު ހުޅުވާލި ދެ ވަނަ ފުރުސަތެވެ. މިދިޔަ މާޗު މަހު ސަރުކާރުން ވަނީ މަތީ ތައުލީމް ލޯނުގެ 560 ފުރުސަތަށް ހުޅުވާލައިފަ އެވެ.
ސަރުކާރުން މަތީ ތައުލީމަށް މިހާތަނަށް 5،000 އަށް ވުރެ ގިނަ ފުރުސަތު ވަނީ ތަނަވަސްކޮށްފަ އެވެ.
Student Portal
ސްޓޫޑެންޓް ޕޯޓަލް
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ
މެލޭޝިޔާ ސަރުކާރުން ދޭ 250 ސްކޮލަޝިޕަށް ހުޅުވާލައިފި
ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ފަށައިފި
އެޑިއުކޭޝަނުން 10 މިލިއަން ޑޮލަރުގެ މަޝްރޫއެއް ފަށަނީ
ލޯނު ލިބޭ ދަރިވަރުންގެ ލިސްޓު އާއްމުކޮށްފި
މަތީ ތައުލީމުގެ ލޯނު 400 އަށް ވުރެ ގިނަ ކުދިންނަށް
މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ތިން މާއްދާއިން ފާސްވިޔަސް 11،12 އިން ޖާގަ ލިބޭނެ
ސްޓޫޑެންޓް ލޯނު ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްފި
ލޯނުގެ އިތުރު ބުރެއް މި އަހަރު އިއުލާނު ނުކުރެވިދާނެ