14 ޑިސެމްބަރ 2017
މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވާސިޓީން ރާއްޖެއަށް ދިން 100 އަށް ވުރެ ގިނަ ސްކޮލަޝިޕަށް ކުރިމަތިލުމަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވާސިޓީން ރާއްޖެއަށް ދިން 100 އަށް ވުރެ ގިނަ ސްކޮލަޝިޕަށް ކުރިމަތިލުމަށް މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ޑިގްރީ އަދި މާސްޓާސް އަށް ކިޔެވުމަށް ލިމްކޮކްވިންގް އިން 128 ސްކޮލަޝިޕް ދީފައިވާ ކަމަށެވެ. އެހެންވެ މި މަހުގެ ނިޔަލަށް އެ ފުރުސަތަށް ކުރިމަތިލާން ވަނީ މުއްދަތު ދީފަ އެވެ. އެއީ ޑިގްރީގެ 80 ފުރުސަތާއި މާސްޓާސް ޑިގްރީއަށް 48 ފުރުސަތެވެ.
ލިމްކޮކްވިންގުން ރާއްޖެއަށް ދީފައިވަނީ 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ސްކޮލަޝިޕެކެވެ. އެގޮތުން ޑިގްރީގެ ފުރަތަމަ އަހަރުގެ ކޯސް ފީ އިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންްޓް ލިބޭއިރު ބާކީ އަހަރުތަކުގައި، 3 CGPA އަށް ވުރެ ދަށްނުވާނަމަ ކޯސް ފީގެ 30 ޕަސެންޓު ހިލޭ ވާނެ އެވެ.
މާސްޓާސް ޑިގްރީ ކޯސްތަކަށް މުޅި ކޯހުގެ ފީގެ 50 ޕަސެންޓު ހިލޭ ވާނެ އެވެ. އެހެނިހެން ހުރިހާ ހަރަދެއް ހަމަޖައްސަން ޖެހޭނީ އަމިއްލައަށެވެ.
3CGPA އަށްވުރެ ދަށްވެއްޖެނަމަ، ސްކޮލަޝިޕްގެ ގޮތުގައި ލިބޭ ކޯސް ފީގެ 30 ޕަސެންޓު ހިލޭ ނުލިބޭނެ އެވެ. އަދި ޑީއެޗްއީ މެދުވެރިކޮށް ހަމަޖައްސައިދޭ ލޯނު ވެސް ނުލިބޭނެ އެވެ. ހުރިހާ ހަރަދެއް ކުރަން ޖެހޭނީ އަމިއްލަ އަށެވެ.
މި ސްކޮލަޝިޕްގެ ދަށުން އަމިއްލައަށް ކުރަންޖެހޭ ހަަރަދުތައް ހަމަޖެއްސުމަށް އެދޭނަމަ، ޑީއެޗްއީ މެދުވެރިވެގެން ބޭންކުން ލޯނު ހަމަޖައްސައިދެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
ސްކޮލަޝިޕްތަކަށް ހޮވޭ ދަރިވަރުންގެ ކިޔެވުން ފަށަން ހަމަޖައްސާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އަދި ފެބުރުއަރީ ގަ އެވެ. އެހެންކަމުން ފޯމު ހުށަހަޅަމުންދާ ވަރަކަށް ފޯމުތައް ޕްރޮސެސްކުރާނެ ކަމަށް ޑީއެޗްއީ އިން ބުންޏެވެ.
ލިމްކޮކްވިންގު ސްކޮލަޝިޕުން ކިޔެވޭ ދާއިރާތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް މެނޭޖްމަންޓް، މީޑިއާ އަދި ފެޝަންއާ ގުޅުންހުރި ދާއިރާތައް ހިމެނެ އެވެ.
މަތީ ތައުލީމް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އަންނަ ހަފުތާގައި 2050 ސްކޮލަޝިޕް އިއުލާނު ކުރަން ވަނީ ނިންމައިފަ އެވެ.
މެލޭޝިޔާ ސަރުކާރުން ދޭ 250 ސްކޮލަޝިޕަށް ހުޅުވާލައިފި
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ
މަތީ ތައުލީމުގެ ސްކޮލަޝިޕް 857 ދަރިވަރަކަށް
މެލޭޝިޔާގެ 250 ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
މެލޭޝިޔާ އިން ރާއްޖެ އަށް 500 ސްކޮލަޝިޕް ދީފި
ސްކޮލަޝިޕް ހޯދަން 4 ޔުނިވަސިޓީއަކާއެކު ސޮއިކޮށްފި
2050 ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި
2050 ސްކޮލަޝިޕަށް ފުރުސަތު ހުޅުވާލަނީ
މަތީ ތައުލީމުގެ ފުރަތަމަ މާސްޓަ ޕްލޭން ލޯންޗުކޮށްފި
މަތީ ތައުލީމުގެ ލޯނަށް ކުރިމަތިލާން ހުޅުވާލައިފި